ފުލުހުންގެ ތަކެއްޗަށް ގެއްލުންދީ ރޯކޮށްލާނެކަމުގެ އިންޒާރު ދިން ބަޔަކު ހައްޔަރުކޮށްފި

Loading

Facebook
Twitter
WhatsApp

ފުލުހުންގެ ތަކެއްޗަށް ގެއްލުންދީ ރޯކޮށްލާނެކަމުގެ އިންޒާރު ދިން ބަޔަކު އައްޑޫސިޓީން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ފުލުހުންގެ ތަކެއްޗަށް ގެއްލުންދީ ރޯކޮށްލާނެ ކަމަށް ބުނެ އިންޒާރު ދިން ދެ މީހަކު އައްޑޫ ސިޓީ ހިތަދޫން ހައްޔަރުކޮށްފައިވާ ކަމަށާ އެ މީހުން ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.


ފުލުހުން ބުނި ގޮތުގައި ފުލުހުންނަށް އިންޒާރުދީފައިވަނީ ހިތަދޫގައި އިއްޔެގެ ވަގުތެއްގައި ލައިސަންސް ނެތި ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯވ ކުރުމުންނެވެ.


މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 21 އަހަރުގެ ދިވެހި ފިރިހެނަކާއި، 22 އަހަރުގެ ދިވެހި ފިރިހެނެއްކަމަށް ފުލުހުން ބުނެއެވެ.

ފުލުހުންނަށް އިންޒާރު ދިނުމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފައިވާއިރު ފަހަކަށް އައިސް ފުލުހުންނަށް އަމާޒުކޮށް ހަމަލާތަށް ދިނުމާއި އިންޒާރުތައް ދިނުންއަންނަނީ ގިނަވަމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް