ނަބީހު އަށް ސައުދީގެ އިސްލާމިކް އެފެއާޒްގެ ބޭފުޅުންގެ ތައުރީފު

Loading

Facebook
Twitter
WhatsApp

ސައުދި އަރަބިއްޔާގައި ”ކިންގް އަބްދުލްއަޒީޒް އިންޓަނޭޝަނަލް ކޮމްޕެޓިޝަން އޮފް ދަ ހޮލީ ގުރުއާން“ގެ ނަމުގައި ކުރިއަށްދާ މުބާރާތުގެ ފައިނަލަށް ދިޔަ ރާއްޖޭގެ އަލްހާފިޒް އަޙްމަދު ނަބީހު ކިޔެވުމުގެ އަޑު އިވިފަ ސައުދީގެ އިސްލާމިކް އެފެއާޒްގެ ބޭފުޅުންގެ ތައުރީފު ކޮށްފިއެވެ.

ނަބީހުގެ އާއިލާއިން ބުނީ ނަބީހުގެ ގުރުއާން ކިޔެވުމާއި ބަންގި ގޮވުން އަޑު އެހުމަށްފަހު ސައުދީގެ އިސްލާމިކް އެފެއާޒް މިނިސްޓްރީގެ ބޭފުޅުން އޭނާ އަށް ވަރަށް ބޮޑަށް ތައުރީފްކޮށް ހިތްވަރުދީފައިވާ ކަމަށެވެ.

ނަބީހުގެ އާއިލާއިން ބުނީ ނަބީހު ކިޔަވާ އަޑު އިވުމުން ސައުދީގެ އިސްލާމިކް މިނިސްޓްރީ ބޭފުޅުން އޭނާ އާއި ވަކިން ބައްދަލު ކުރި ކަމަށާ އަދި އޭނާ ލައްވާ ބަންގި ވެސް ގޮވިކަމަށެވެ. އޭނާގެ ކިޔެވުން ރިކޯޑް ކޮށްފައިވާ ކަމަށް ވެސް އާއިލާއން ބުނެއެވެ.

މުބާތުގައި ނަބީހު ވަނީ ފައިނަލްބުރުގައި ވެސް ކިޔަވާފައެވެ. އަދި އެ ބުރުގެ ނަތީޖާ ފާޅެއް ނުކުރެއެވެ.

ސައޫދީގައި ބާއްވާ މި ގުރުއާން މުބާރާތަކީ ދުނިޔޭގައި ވެސް ބާއްވާ އެންމެ ބޮޑު ގުރުއާން މުބާރާތެވެ. މި މުބާރާތުގައު 153 ގައުމަކުން ބައިވެރިވެފައިވާއިރު ރާއްޖެއިން މިމުބާރާތުގައި ރާއްޖެ ތަމްސީލް ކުރީ އަހްމަދު ނަބީހް އާއި މުހައްމަދު ޔޫޝައު ބިން ޒަމްޒަމް އެވެ.  ދެ ކުދިންވެސް މުބާރާތުގައި ކިޔަވާފައިވާއިރު ފައިނަލް ބުރަށް ހޮވުނީ ނަބީހު އެކަންޏެވެ.

ނަބީހުއަކީ ސިވިއާ އޯޓިޒަމް ހުރުމުގެ ސަބަބުން ރަގަޅަށް ވާހަކަ ދެއްކޭ ކުއްޖަކަށް ނުވިނަމަވެސް އޭނާ އަކީ ރާއްޖެ ފަޚުރުވެރިކަން ހޯދައި ދެމުން އަންނަ ކުއްޖެކެވެ.  ނަބީހު ވަނީ ޔޫއޭއީގައި ކުރިއަށްދިޔަ މި އަހަރުގެ ދުބާއީ އިންޓަނޭޝަނަލް ގުރުއާން މުބާރާތުގައި ވެސް ބައިވެރިވެ ފައިނަލްގައި ވެސް ވާދަކޮށްފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް