ވިނަރެސް ފްލެޓްތަކަށް ކުރިމަތިލީ ނިސްބަތުން މަދު ފަރާތަކުން

Loading

Facebook
Twitter
WhatsApp

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ވިނަރެސް ފްލެޓްތައް ގަންނަން ހުޅުވާލި މުއްދަތު ހަމަވިއިރު މި ފްލެޓްތަކަށް ކުރިމަތިލާފައިވަނީ ނިސްބަތުން މަދު ފަރާތަކުންކަން ހާމަވެއްޖެއެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން މިއަދު ބުނީ ވިނަރެސް ފްލެޓަށް އެދުމުގެ ފުރުސަތު މިދިޔަ ބްރާސްފަތި ދުވަހު ހަމަވިއިރު ފްލެޓަށް އެދި ކުރިމަތިލާފައިވަނީ 1،413 މީހުން ކުރިމަތިލި ކަމަށެވެ.

ވިނަރެސް މަޝްރޫއުގައި 13 ބުރީގެ 10 ޓަވަރު ހިމެނޭއިރު އެތާގައި ހުންނަނީ ތިން ކޮޓަރީގެ 1،344 އެޕާޓްމަންޓް އެވެ. އެހެންކަމަށްވާއިރު ފްލެޓް ހިމެނޭ އަދަދަށްވުރެ ފްލެޓަށް އެދި ހުށަހެޅި މިންވަރު އިތުރުވީ އެންމެ 69 ފަރާތެކެވެ. އަދި އެފަރާތްތަކަކީ ވެސް ޝަރުތު ފުރިހަމަވާ ފަރާތްތަކެއްތޯ އަދި ކަށަވަރެއް ނުވެއެވެ. އެޗްޑީސީން ބުނި ގޮތުގައި 1413 ފަރާތަކަކީ ފްލެޓަށް އެދި ކުރިމަތިލީ ފަރާތްތައް ކަމަށާ އެ ފަރާތްތަކަށް ޝަރުތު ހަމަވޭތޯ ކަނޑައަޅާނީ ޕްލޭނިން މިނިސްޓްރީން ކަމަށެވެ.

އެ އެޕާޓްމަންޓްތަކުގެ 2.5 މިލިއަނާއި ތިން މިލިއަނާ ދެމެދުގައި ވާއިރު މި ފްލެޓްތައް އެ ފްލެޓްތައް ވިއްކަން މީގެ ކުރިން އެޗްޑީސީ އާއި ހައުސިން މިނިސްޓްރީން އެކި ތާރީހުތައް ދީފައިވެ އެވެ.

ހިޔާ ފްލެޓްތައް އާންމުންނަށް ވިއްކަން ހުޅުވާލުވުމުގެ ކުރިން އެޗްޑީސީން ވަނީ ސީލައިފް ގްލޯބަލް އިން ހުޅުމާލޭގައި ހަދަން ނިންމި އެޕާޓްމަންޓްތައް ގަތުމަށް ފައިސާ ދެއްކި މީހުންނާއި ހިޔާ އިން ފްލެޓް ލިބުނު މީހުންގެ ތެރެއިން ފްލެޓް ދޫކޮށްލައި ވިނަރެސް ފްލެޓަށް ބަދަލުވާން ބޭނުންވާ މީހުން އަދި ގުޅިފަޅުން ފްލެޓް ގަތް މީހުންނަށް ވިނަރެސް ގަތުމުގެ ފުރުސަތު ވެސް ދީފަ އެވެ.

އެޗްޑީސީން ކުރިން މައުލޫމާތު ދިން ގޮތުގައި އެ ކެޓަގަރީތަކުން 288 މީހުން ވިނަރެސް އެޕާޓްމަންޓް ގަތުމަށް ޝައުގުވެރިކަން ފާޅުކުރި އެވެ.

އެޗްޑީސީން ބުނީ ވިނަރެސް ފުލެޓަށް ކުރިމަތިލާ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތަށް ބެލުމަށްފަހު ސްކޯ ތަރުތީބުން ލިސްޓް ކުރެވޭނެ ކަމަށެވެ. އެއަށްފަހު އެޗްޑީސީއިން ލިސްޓް އޯޑަރަށް ޔުނިޓު ހިޔާރުކުރުމަށް ހުޅުވާލާނެ ކަމަށް ބުންޏެވެ. އަދި އެއަށްފަހު އެޗްޑީސީއިން ފައިނޭންޝިއަލް އެލިޖިބިލިޓީގެ އިވެލުއޭޝަންގެ މަސައްކަތް ކުރިއަށް ގެންގޮސް އެލިޖިބަލްވާ ފަރާތްތަކަށް ޔުނިޓް ހަވާލުކުރެވޭނެ ކަމަށް ބުންޏެވެ. އަދި ފައިނޭންޝިއަލް އެލިޖިބިލިޓީއިން ޝަރުތު ހަމަ ނުވާ ފަރާތްތަކުގެ ޔުނިޓްތައް ކެންސަލްކޮށް، ވެއިޓްލިސްޓްގައިވާ ފަރާތްތަކަށް ފުރުސަތު ދެވިގެންދާނެ ކަމަށް ވެސް ބުންޏެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް