ވަގަށް އެތެރެކުރި ރަންތައް ދައުލަތަށް ނެގުމަށް ހުކުމްކޮށްފު

Loading

Facebook
Twitter
WhatsApp

އިންޑިއާ މީހަކު ރާއްޖެއަށް ވަގަށް އެތެރެކުރި ރަންތައް ދައުލަތަށް ނެގުމަށް ހުކުމްކޮށްފިއެވެ.

މި ރަންތައް އަތުލައިގަތީ ޖުލައި 19 ގައި ރާއްޖެ އައި އިންޑިއާ ރައްޔިތެއްކަމަށް ވާ އަކްޝޭގެ ކުމާރު ނަމަކިޔާ މީހެއްގެ އަމަލުތައް ހުރިގޮތުން އޭނާ އާއި މެދު ޝައްކު އުފެދި ބެލި ބެލުމުންނެވެ.
އެމީހާ ވަނީ ދެ ބްލެޓް ރަން ދިރުވާލައިގެން ރާއްޖެއަށް އެތެރެކުރުމަށް މަސައްކަތްކޮށްފައެވެ.


މި މައްސަލައާއި ގުޅިގެން ކްރިމިނަލް ކޯޓުން އިއްޔެވަނީ އަކްޝޭ 60،000ރ. އިން ޖޫރިމަނާކޮށް އޭނާ އެތެރެކުރި ރަންތައް ދައުލަތަށް ނަގަން ހުކުމް ކޮށްފައެވެ.


އަދި އެ ފައިސާ 18 ސެޕްޓެމްބަރު 2022 އިން ފެށިގެން 5 ދުވަސް ތެރޭގައި ދެއްކުމަށް އަމުރުކޮށްފައިވެއެވެ.

ރަންތައް ދައުލަތަށް ނަގާފައި ވަނީ ކަސްޓަމް ގާނޫނުގެ 97 ވަނަ މާއްދާގެ (ރ) އަށް ހަވާލާދީނުމަށް ފަހު އެވެ.
ކަސްޓަމް ގާނޫނުގެ ދަށުން އަކްޝޭ ކުމާރަށް އުފުލާފައިވާ ދައުވާއަށް އޭނާ އިއުތިރާފްވެފައިވާއިރު، އެ ކުށުގެ އަދަބަކީ ހަމާއި ދެ އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ. ނުވަތަ 10،000ރ. އާއި 240،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.


އޭގެފަހުން ތަހުގީގު މަރުހަލާގައި ކުށަށް އިއުތިރާފްވެ، އެ އިއުތިރާފް ޝަރީއަތުގައިވެސް އޭނާ ދަމަހެއްޓުމާއި ގުޅިގެން އިއުތިރާފްގެ އެއްބަސް ވުމާއެކު އެންމެ ކުޑަ އަދަބު އޭނާގެ މައްޗަށް އިއްވީއެވެ.



Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް