އިޒްރޭލުގެ ކުރީގެ ބޮޑުވަޒީރު ސައުދީގެ އަމީރަށް ޝުކުރުއަދާކޮށްފި

އިޒްރޭލުގެ ކުރީގެ ބޮޑުވަޒީރު އަދި މިހާރު އެ ގައުމުގެ ސިޔާސީ ޕާޓީގެ ލީޑަރު ކަމުގައިވާ ބެންޖެމިން ނަތަންޔާހޫ، ސައުދީގެ އަމީރު، މުހަންމަދް ބުން ސަލްމާން އަށް ޝުކުރު އަދާކުރައްވައިފިއެވެ. ސައުދީގެ އަމީރަށް އޭނާ ޝުކުރު އަދާކޮށްފައިވަނީ އިޒްރޭލާއި އަރަބި ގައުމުތަކާ ދެމެދު ގުޅުން ބަދަހި ކުރުމުގެ މަގު ފަހިކޮށްދެމުން ގެންދާތީއެވެ. އިޒްރޭލުގެ ބޮޑޫވަޒީރުގެ މަގާމުގައި ކުރިން ހުންނެވި ނަތަންޔާހޫ މަގާމުން ވަކިވެފައިވަނީ މިދިޔަ އަހަރުއެވެ. ނަމަވެސް ދެވަނަ ދައުރަކަށް ކުރިމަތިލައި ހޮވިއްޖެ ނަމަ އަރަބި ގައުމުތަކާއެކު ގުޅުން […]
ދިވެހި ސަރުކާރުން ލަންކާގެ ރައްޔަތުންގެ އުންމީދުތަކުގައި ކޮޅުފައިން ޖަހައިފި

ރެއަކީ ދިވެހި ތާރީޚުގައި ކަޅުން ފަވާލެވޭނޭ ރެއެކެވެ. ލަންކާ ރައްޔަތުން އެތަކެއް މަސްދުވަސް ވަންދެން ޢަދުލު އިންސާފުހޯދުމަށް ކުރަމުންގެންދިޔަ މުޒާހަރާތަކުގެ އުންމީދީ ފޮނި ނަތީޖާ އާއި ހަމަށް ދެވިފައި ވަނިކޮށް ދިވެހި ރާއްޖެއިން އެގައުމުގެ ދާޚިލީ މިބޮޑު މައްސަލަތަކުގެ ތެރެއަށް ވަދެ ލަންކާ މީހުންގެ ފޮނި އުންމީދު ތަކުގައި ކޮޅުފައިން ޖަހައި އެގައުމުގެ ބޮޑުވަގު ގޯތާބާޔާގައުމުން ފިލުވައިދިން ރޭކަމަށް ވާތީއެވެ. ރައީސް ގޯތާ އަކީ އެގައުމުގެ އެންމެ ގިނަ މީހުންގެ މަގުބޫލު ލިބިގެން ރައީސް ކަމަށް އިސްކުރެވުނެ ރައީސްއެވެ. އަދި މީގެ ކުރިން އެގައުމު ރައްޔަތުންގެ ވަރަށް ލޯބިލިބިފައިވާ ވެރިއެކެވެ.ލަންކާއިން ވަކިވެ ގަންނަން ޖަފުނާ ސަރަަަހައްދުގައި ޓެމިލް އީލާމްގެ ނަމުގައި […]
ނިއުކްލިއަރ ގޮއްވާލުމެއް ފެށިއްޖެނަމަ ދުނިޔެއަށް ވާނީ ކިހެނެއްތަ؟

ނިއުކްލިއަރ ހަތިޔާރުގެ ވާހަކައަކީ އަޅުގަނޑުމެންނަށް އިވިއިވި ހުންނަ ވާހަކަތަކެކެވެ. ގިނަފަހަރަށް އެވާހަކަތައް އެއްކަންފަތުން ވަދެ އަނެއް ކަންފަތުން ބޭރުވެގެންދަނީ މަޖާ ހިނިގަނޑަކާ ވެސް އެކުގައެވެ. އޭގެ ނުރައްކާތެރި ކަމާމެދު ކުޑަކޮށްވެސް ވިސްނާލާކަށް ބޭނުމެއް ނުވާކަހަލައެވެ. އެކަމަކުވެސް އެކަމުގެ ނުރައްކާތެރިކަން އެނގޭ މީހުން، ސައެންސްވެރިން އެ ގެންދަނީ އެމީހުންގެ ޒިންމާ މުޅި އިންސާނިއްޔަތަށް ފޯރުކޮށްދެމުންނެވެ. ވިސްނާ ފިކުރުކޮށް އެފަދަ ޙާލަތަކުން ދުނިޔެއާއި އެތަނުގައި ދިރިއުޅޭ އެންމެހާ ދިރިހުރުންތައް ސަލާމަތްކޮށް ރައްކާތެރި ކުރުމަށްޓަކައި ވިހާވެސް ގިނަ މަގުތަކެއް ހޯދަން ޖެހޭ ކަމަށްބުނެ އާދޭސް ކުރަމުންނެވެ. […]
މާފަންނު ގެސްޓުހައުސަކުން އަލަމްގިރި ހައްޔަރުކޮށްފި

ގިނަ ބަޔަކާއެކު އެއް ޖިންސުން ގުޅުން ހިންގި ކަމަށް ބުނާ ބަންގްލަދޭޝްގެ އަލަމްގިރި ހައްޔަރުކޮށްފިއެވެ. އެނގިފައިވާ ގޮތުގައި އަލަމް ގިރި ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން މިއަދު މެންރުފަހު 15:00 ހާއިރު މާފަންނު ގެސްޓް ހައުސްއަކުންނެވެ. މިކަމާ ގުޅިގެން ފުލުހުން އަދި ވަކިއެއްޗެއް ބުނެފައެއް ނުވެއެވެ. އަލަމް ގިރިއާ އެކު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު އަދި ގާނޫނީ ވަކީލު އަހްމަދު ނާޒިމް އަބްދުއްސައްތާރު ކަމަށް ބެލެވޭ މީހަކާއި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް […]
އީރާނުން ބްރިކްސް ގުރޫޕް އާއި ގުޅެނީ

މުޅިދުނިޔޭގައިވެސް ދެވަނައަށް އެންމެ ގިނައިން ގޭސް ރިޒާވް ހުރި ގައުމު އީރާނުން ބްރިކްސް ގްރޫޕުގައި ބައިވެރިވުމަށް ހުށައަޅައިފިއެވެ. ބްރިކްސް އަކީ ހުޅަނގުގެ ގައުމުތަކަށް ބަރޯސާވުން ކުޑަކުރުމުގެ ބޭނުމުގައި ބެއިޖިން އާއި އަދި މޮސްކޯ އިސްނަގައިގެން އުފައްދަން މަސައްކަތްކުރާ ވަރުގަދަ އެހެން މާރކެޓެކެވެ. މިހާތަނަށް ބްރިކްސް ގްރޫޕްގެ ބައިވެރިންނަކީ ބްރެޒިލް ރަޝިޔާ އިންޑިއާ ޗައިނާ އަދި ސައުތު އެފްރިކާއެވެ. ބްރިކްސް އަކީ ގޯލްޑްމަން ސެކްސްގެ އިގްތިސާދީ މާހިރެއްކަމުގައިވާ ޖިމް އޯ ނީލް ބްރެޒިލް އާއި ރަޝިޔާ އާއި އިންޑިއާ އަދި ޗައިނާގެ […]
ސްރީލަންކާގެ ރައީސްގެ ގެކޮޅުން ނެގި ފައިސާ ފުލުހުން ހޯދައިފި

ސްރީލަންކާގެ ރައީސްގެ ގެކޮޅަށް މުޒާހަރާގެ ބައިވެރިން ވަދެ ނެގި ފައިސާ، އެމީހުން ފުލުހުންނާއި ހަވާލު ކޮށްފިއެވެ. މިކަމާ ގުޅިގެން ސްރީލަންކާގެ ފުލުހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މުޒާހަރާގެ ބައިވެރިން ވަނީ ޖުމްލަ 17،850،000 ސްރީލަންކާ ފައިސާގެ އަދަދެއް ފުލުހުންނާ ހަވާލުކޮށްފައެވެ. މުޒާހަރާގެ ބައިވެރިން މި ފައިސާ ހަވާލުކޮށްފައިވަނީ އެގަޑީގައި ހަރަކާތްތެިވަމުން ދިޔަ އޯއައިސީ ޕޮލިސް ސްޓޭޝަންގެ ފުލުހުންތަކަކަށެވެ. ފުލުުހުން ނެރެފައިވާ ބަޔާނުގަވާ ގޮތުގައި މި ފައިސާއަށް ހަދާނެ ގޮތަކާ ބެހޭ މައުލޫމާތު މާދަމާ އާންމުކުރާނެއެވެ. ގައުމުގެ […]
ޔާމީންގެ މެސެޖެއް, ބޯހަރުކަން އިސްކޮށްފި ނަމަ ރަނގަޅެއް ނުވާނެ!

ރައްޔިތުންގެ ބާރު ރަނގަޅަށް ދެނެގަތުމަށް ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، ދައުލަތުގެ ތަންފީޒީ އިދާރާތަށް ގޮވާލައްވައިފި އެވެ. އެމަނިކުފާނު މިކަމަށް ގޮވާލެއްވީ ދިވެހީންގެ އަވަށްޓެރި ސްރީލަންކާއިން މިއަދު ފެންނަމުންދާ ސިޔާސީ ހަމަނުޖެހުންތަކަށް އިޝާރާތް ކުރައްވާ މިއަދު ކުރެއްވި ޓުވީޓެއްގައެވެ. އެ ޓުވީޓުގައި ރައީސް ޔާމީން ވަނީ ރާއްޖޭގެ ހާލަތަކީ އުފެދި ބޮޑުވަމުން އަންނަ ހާލަތެއް ކަމަށް ވިދާޅުވެ، ބޯހަރުކޮށް އިސްކޮށްފިނަމަ ހާލަތު ރަނގަޅު ނުވާނެ ކަމަށް ވިދާޅުވިއެވެ. ”އަޅުގަނޑުމެންގެ ހާލަތަކީ އުފެދި […]
އިއްޒުއްދީން ސްކޫލް ހިންގާ އިމާރާތް ބޭނުންކުރުން ހުއްޓުވަން ހައި ކޯޓުން އަމުރެއް ނުދިން

އެމްއީއެސް ކުރިން ހިންގި އިމާރާތް ބޭނުންކުރުން ހުއްޓުވަން މަންދު ކޮލެޖު ހިންގަމުންދާ ކުންފުނި، މާލޭ ހައި ޕްރައިވެޓް ލިމިޓެޑުން އެދުނު އަމުރު ނެރެދެވެން ނެތް ކަމަށް ހައިކޯޓުން ނިންމައިފި އެވެ. އެމްއީއެސް އިމާރާތުގައި މަންދު ކޮލެޖު ހިންގަމުންދަނިކޮށް އެކޮލެޖާއެކު ހަދާފައިވާ އެއްބަސްވުން ވަނީ 2015 ވަނަ އަހަރުގެ ތެރޭގައި ބާތިލްކޮށްފައެވެ. އެ މައްސަލައިގައި މަންދު ކޮލެޖުން ވަނީ ގެއްލުމުގެ ބަދަލު ހޯދުމަށާއި އެ އިމާރާތް އަލުން ހޯދުމަށް ސިވިލް ކޯޓުގައި ދައުވާކޮށްފައެވެ. ހައިކޯޓާއި ސުޕްރީމް ކޯޓުން ވަނީ […]
ބޭރުގެ ބައެއް ފަލަ ސުރުޚީތައް

އިންޑިއާއި ރަޝިޔާގެ ވިޔަފާރިއަށް އިތުރު މަގެއް ހުޅުވެނީ އީރާނުގެ ތެރެއިން އިންޑިއާއާއި ރަޝިޔާ ގުޅުވައިދޭ އިންޓަރނޭޝަނަލް ޓްރާންސްޕޯރޓް ކޮރިޑޯރ އެއްކޮށް ހުޅުވާލުން އަވަސްކުރުމަށްޓަކައި މި ޖުލައިމަހުގެ 5 ވަނަދުވަހު އިންޑިއާ އާއި އީރާނާ ދެމެދު މަޝްވަރާތައް ބާއްވައިފިއެވެ. މި މަގު ހުޅުވުމުން އިންޑިއާއާއި ރަޝިޔާއާއި ދެމެދު ކުރެވޭ ވިޔަފާރިތައް އަގުހެޔޮވެ އެތައް ގުނައަކަށް އިތުރު ވެގެންދާނެއެވެ.އަލަށް މި ހުޅުވޭ ޓްރާންސްޕޯރޓް ނެޓްވޯރްކްގެ ވަސީލަތުން ކަނޑާއި އެއްގަމާއި އަދި ރޭލުގެ މަގުން އެ ދެގައުމު ގުޅުވާލަ ދޭނެއެވެ. ރަޝިޔާ އަށް އިންޑިއާގެ ވިޔަފާރި 2021 […]
ޔޫކްރެއިނުން ބައެއް ގައުމުތަކަށް ފޮނުވާފައިތިބި ސަފީރުން ގެންނަނީ

ޔޫކްރެއިންގެ ރައީސް އޮފީހުގެ ވެބްސައިޓްގައި ހާމަކޮށްފައިވާގޮތުން ޖަރުމަނާއި އަދި ބައެއް އެހެން ގައުމުތަކުގައި ތިއްބަވާ އެގައުމުގެ ސަފީރުން އަނބުރާ ގެނައުމަށް ނިންމައިފިއެވެ. އެބޭފުޅުން މަގާމުން ވަކިކުރި ސަބަބު ބަޔާންކޮށްފައި ނެތް ނަމަވެސް އޭގެ ތެރޭގައި ޖަރމަނާއިޗެކް ރިޕަބްލިކާއި އިންޑިއާއި ނޯރވޭ އަދި ހަންގޭރީގައި ތިއްބަވާ ސަފީރުން ހިމެނެއެވެ. އެބޭފުޅުންނަށް ދެން ހަމަޖައްސަވާނެ މަގާމަކާބެހޭ ގޮތުން އެއްވެސް އިޝާރާތެއް ކުރައްވާފައިނުވާއިރު 24 ފެބްރުއަރީގައި ރަޝިޔާއިން ޔޫކްރެއިނަށް އަރާގަތުމާގުޅިގެން ރައީސް ޒެލެންސްކީ ގެންދަވަނީ ބޭރުގައުމުތަކުން އިތުރު އެހީ ހޯއްދެވުމަށް އެ […]