ބޭރުގެ ބައެއް ފަލަ ސުރުޚީތައް  

Facebook
Twitter
WhatsApp
E80D21FA-1962-4DA6-91BD-367B055A53A1

އިންޑިއާއި ރަޝިޔާގެ ވިޔަފާރިއަށް އިތުރު މަގެއް ހުޅުވެނީ

އީރާނުގެ ތެރެއިން އިންޑިއާއާއި ރަޝިޔާ ގުޅުވައިދޭ އިންޓަރނޭޝަނަލް ޓްރާންސްޕޯރޓް ކޮރިޑޯރ އެއްކޮށް ހުޅުވާލުން އަވަސްކުރުމަށްޓަކައި މި ޖުލައިމަހުގެ 5 ވަނަދުވަހު އިންޑިއާ އާއި އީރާނާ ދެމެދު މަޝްވަރާތައް ބާއްވައިފިއެވެ. މި މަގު ހުޅުވުމުން އިންޑިއާއާއި ރަޝިޔާއާއި ދެމެދު ކުރެވޭ ވިޔަފާރިތައް އަގުހެޔޮވެ އެތައް ގުނައަކަށް އިތުރު ވެގެންދާނެއެވެ.އަލަށް މި ހުޅުވޭ ޓްރާންސްޕޯރޓް ނެޓްވޯރްކްގެ ވަސީލަތުން ކަނޑާއި އެއްގަމާއި އަދި ރޭލުގެ މަގުން އެ ދެގައުމު ގުޅުވާލަ ދޭނެއެވެ. ރަޝިޔާ އަށް އިންޑިއާގެ ވިޔަފާރި 2021 ވަނަ އަހަރު އުޅުނީ 13 ބިލިއަން ޑޮލަރުގައެވެ. ނަމަވެސް ރަޝިޔާ އާއި ޔޫކްރެއިންގެ ކުރިމަތިލުންތަކާ ގުޅިގެން މިހާރު އެ އަދަދު ދެގުނައަށް އަރައިފިއެވެ.                                                   

މިނެޓްވޯރކްގެ ވަސީލަތުން ސެންޓްރަލް އޭޝިއާގެ އަރމޭނިއާ އާއި އަޒަރބާއިޖާން އަދި ޖޯރޖިއާފަދަ އެތައްގައުމަކަށްވެސް ފައިދާ ކުރާނެއެވެ. އަދި ނަސީބުރަނގަޅުކަމުން މި ނެޓްވޯރކުން މަގު ތަނަވަސްވެގެންދާ ސެންޓްރަލް އޭސިއާގެ 18 ގައުމަކީ ހުޅަނގުގެ ދުއްތުރާތަކުގެ ކަޅު ލޯ އަމާޒުވެފައިވާ ގައުމުތަކެއް ނޫނެވެ. އަދި ހަމައެފަދައިން ސްއޭޒްކެނެލަށް ބާރުފޯރުވާގޮތަށް ހުޅަނގުގެ ނުފޫޒުވެސް ފެތުރިފައެއް ނެތެވެ. އީރާނަކީ ޕާކިސްތާނުގެތެރެއަށް ނުވަދެ އަފްގާނިސްތާނާއި އަދި ސެންޓްރަލް އޭޝިއާގެ ގައުމުތައް ގުޅުވައިދިނުމުގައި އެންމެ މުހިންމު މަންޒިލެވެ.

ޗައިނާގެ ހަތިޔާރުތަކުގެ ދުވެލި މާބޮޑަށް ބާރުކަމަށް ޕެންޓަގަންގެ އިންޒާރު

މިދިޔަ ޖޫންމަހު ސޭންޑިއާގޯގައި ވާހަކަދައްކަމުން ޑެޕިއުޓީ އެސިސްޓެންޓް ސެކެރެޓަރީ އޮފް އެއަރފޯސް މޭޖަރ ޖެނެރަލް ކެމަރޫން ހޯލްޓް އިންޒާރު ދެއްވާފައިވަނީ އެމެރިކާގެ ހަގުރާމަމަތީ ފަހުގެ ހަތިޔާރުތަކަށްވުރެން ޗައިނާގެ ހަތިޔާރުތަކުގެ ދުވެލި 5 ގުނަ ބާރު ކަމުގައެވެ. މިފަދަ ހަތިޔާރުތަކުގެ އަގަށް ބަލާއިރުވެސް ޗައިނާއިން ޚަރަދުކުރާ ކޮންމެ ޑޮލަރަކަށް އަހަރެމެން ވިހި ޑޮލަރު ޚަރަދު ކުރަންޖެހެއެވެ. އެހެންކަމުން އަހަރެމެންގެ އަގުތައް ދަށްކޮށް ދުވެލި ބާރުކުރެވޭ ގޮތެއް ނުހޯދިއްޖެނަމަ ދެން އަހަރެމެންނަށް ޖެހޭނީ ނާކާމިޔާބަށް ކުރިމަތިލާށެވެ.

ދެކުނުޗައިނާ ކަނޑުގެ ބައެއް ސަރަހައްދުތަކަށް އެމީހުންގެ ބާރު ފޯރުވަމުން ދިއުމާއި އަދި އެމީހުންގެ ކަނޑުސިފައިންގެ ލަޝްކަރު އަހަރެންނަށްވުރެން ބޮޑުވުމުގެ ސަބަބުން އެމީހުންގެ މަގްސަދަކީ ޕެސިފިކް ކަނޑުންވެސް އަހަރެމެންނަށް ޖާގަ ނެތިކޮށް ބޭރުކޮށްލުމެވެ.                                                       

އެމެރިކާގެ އެއަރފޯސް އަށް ބޭނުންވާ ހަތިޔާރާއި އޮޕަރޭޝަނަލް ސަޕޯރޓް ފޯރުކޮށްދިނުން މޭޖަރ ޖެނެރަލް ހޯލްޓް ގެ މަސްއުލިއްޔަތުތަކުގެ ތެރޭގައި ހިމެނެއެވެ. މައުލޫމާތު އެނގޭ މީހަކު ހާމަކުރިގޮތުގައި އެމެރިކާގެ ދިފާއީ އިންޑަސްޓްރީއަކީ އެތައް ބައިވަރު ސިޔާސީ ބޭފުޅުންނަށް ބައިއެޅޭ ތަނަކަށްވާތީ މިގޮތަށް އުފެދޭ ސުވާލުތަކާމެދު މާބޮޑު ފަރުވާލެއް ނުބެހެއްޓޭނެއެވެ.                                                

އެމެރިކާއާއި އިސްރާއީލުން ގުޅިގެން އަރަބިގައުމުތަކުގެ ދިފާއީ އެއްބަސްވުމަކަށް ކޮއްޕުން

އީރާނުގެ ޑްރޯން އަދި މިސައިލް ޙަމަލާތަކުން ރައްކާތެރިވުމަށް މަގުއަމާންކޮށްދޭނެ ދިފާޢީ އެއްބަސްވުމެއް އެމެރިކާއާއި އިސްރާއީލާއެކު ގާއިމުކުރުމަށް އެ ދެގައުމުން އަރަބިގައުމުތައް ކޮއްޕަމުން އެބަގެންދެއެވެ.މި ޖުލައިމަހުގެ 13 އިން 16 އަށް ސައޫދީ އެރޭބިޔާ އަށާއި ފަލަސްތީނުގެ ސަރަހައްދުތަކަށް ރައީސް ބައިދަން ކުރައްވާ ދަތުރުގައި އިސްރާއީލުގެ ޓެކްނޯލޮޖީ ބޭނުންކޮށްގެން ގާއިމްކުރަން ރާވަމުންގެންދާ މި ކޮއްޕުމާއި ބެހޭގޮތުން އިތުރަށް ވާހަކަދައްކަންވެސް ވަނީ ހަމަޖެހިފައެވެ.

އީރާނުގެ ނިއުކްލިއަރ މަސްއަލާގައި މެދުއިރުމަތީގައިވެސް ނުތަނަވަސްކަން އުފެދިފައިވާ މިވަގުތު އިސްރާއީލަށާއި ސައޫދީ އެރޭބިޔާ އާއި ޔުނައިޓެޑް އެރެބް އެމިރެޓްސް އަދި އިރާގުގެ ބައެއް ސަރަހައްދުތަކަށް އަމާޒުވަމުންދާ މިސައިލުގެ ޙަމަލާތަކުގައި އެގައުމުތަކުން އިނގިލި ދިއްކުރަނީ އިރާނުގެ މަދަދުލިބެމުންދާ ހަނގުރާމަ ވެރިންނަށެވެ.

މިވާހަކަތައް ދެކެވެމުންދާއިރު ބައެއް އަރަބިގައުމުތަކުން އިސްރާއީލާއެކު އެއްވެސް ގުޅުމެއް ބާއްވަން ބޭނުންނުވާކަމަށް ބުނެ ގެންދަނީ އިދިކޮޅު ހަދަމުންނެވެ. އޭގެތެރޭގައި ތުރުކީ އާއި ކުވެއިތާއި ގަތަރު އަދި އިރާގްވެސް ހިމެނެއެވެ. އެފަދަ ގައުމުތަކުން ބުނަމުން ގެންދަނީ އަހަރެމެން ބޭނުންވެގެން މިއުޅެނީ މައްސަލަޖެހިގެން އުޅޭ ނައު ފައްތާލަންނޫންކަމަށާއި އަދި ކިއެއްތަ ކަނޑުވެފައިތި ބިމީހުން ނަވަށްނަގައިގެން ހިކިފަސްތަނަކަށް ބަދަރުކުރެވޭތޯ ކަމުގައެވެ.                                            

ފެންމަތިވެގެންއުޅޭ ވާހަކަތަކާމެދު އެމިރޭޓްސް އިން ބުނެފައިވަނީ ސަރަހައްދީ އެފަދަ އެއްބަސްވުމެއްގައި ބައިވެރިވުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމުގައެވެ. އިރާގުގެ ސީނިއަރ އޮފިޝަލަކު ވިދާޅުވެފައިވަނީ އިސްރާއީލާ އެއްބައިވެ އަދި  އިރާނާއި އިދިކޮޅު އެއްވެސް އެއްބަސްވުމެއްގެ ވާހަކަ އަޑުއަހަންވެސް ބޭނުން ނުވާކަމަށާއި އެހެންވީމާ އެއީ ދައްކަން ބޭނުންވާ ވާހަކައެއްވެސް ނޫންކަމުގައެވެ. ސައޫދީ އެރޭބިޔާއާއި އެމިރޭޓްސް ވެސް އީރާނުގެ ގުޅުން އިތުރަށް ގޯސްވާކަށް މިހާރަކު ބޭނުމެއް ނުވެއެވެ.                                                         

އިސްރާއީލުގެ އެންމެބޮޑޮ ކާމިޔާބީއަކަށްވާނީ ސަޢޫދީ އެރޭބިޔާއާއިއެކު ގުޅުންގާއިމުކުރުމެވެ. އެހެންނަމަވެސް ފަލަސްތީނުގެ އަމިއްލަ ދައުލަތެއް އުފެދި އަދި އެގައުމުގެ ވެރިކަންކުރާ ރަށަކީ އިރުމަތީ ޖެރޫސަލަމް ކަމަށް ހަމަޖެހުމުގެ ކުރިން އިސްރާއީލާއެކު ސަޢޫދީ އެރޭބިޔާއިން އެއްވެސް ގުޅުމެއް ގާއިމު ނުކުރާނެކަމަށް ސަޢޫދީ އެރޭބިޔާ ތަކުރާރުކޮށް ބުނަމުން ގެންދެއެވެ.

ރަޝިޔާ އާއި ޔުކްރެއިންގެ ކުރިމަތިލުން

ރަޝިޔާ އާއި ޔުކްރެއިންގެ ކުރިމަތިލުން ތަކުގައި ރަޝިޔާގެ ހުށައެޅުންތައް އަވަހަށް ގަބޫލުކުރަން ރައީސް ޕުޓިން ޔޫކްރެއިނަށް އިންޒާރު ދެއްވައިފިއެވެ. ރަޝިޔާގެ ޕާރލަމެންޓުގައި މިދިޔަ ބުރާސްފަތިދުވަހު ވާހަދަ ދައްކަމުން ރައީސް ޕުޓިން ވިދާޅުވީ ޔޫކްރެއިންގެ އާންމު ރައްޔިތުންނާއިމެދު ހަމްދަރުދީ ވާކަމަށާއި ހަމައެއާއެކު ރަޝިޔާއިން އަދި މިހާތަނަށް ހަނގުރާމައެއް ނުފަށާކަމާއި މަސްރަހު ހަނގުރާމައަކަށް ބަދަލުވެއްޖެނަމަ ދެން ސުލްހައިގެ ވާހަތަކަށްވެސް ބައިވަރު ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭނެކަމުގައެވެ. އަދި ހުޅަނގުގެ ގައުމުތަކުން ބޭނުންވަނީ ޔޫކްރެއިންގެ އެންމެ ފަހު މީހާއަށް ދާންދެން މި ކުރިމަތިލުންތައް ދިގު ދެންމުމަށްކަމުގައެވެ.             

ޕާރލަމެންޓުގައި ރައީސް ގެ ވާހަކަ ކުރިއަށް ގެންދަވަމުން މަލާމާތުގެ ރާގަކަށް ވިދާޅުވީ ޔޫކްރެއިނުން ރަޝިޔާ ބަލިކުރަން ބޭނުންވާ ވާހަކަވެސް އަޑު އިވޭ ކަމަށާއި އަޅޭ ނިކަން އެކަންކޮށް ދައްކާބަލާށެވެ.               

މިހަފްތާގެ ކުރީކޮޅުގައި ޑޮންބަސް އެކުލެވިގެންވާ ލުހަންސާއި ޑޮނެސްކުގެ ތެރެއިން ލުހާންސް މިހާރު އޮތީ ރަޝިޔާގެ ބާރުގެ ދަށަށް ގެނެވިފައި ކަމާއި ދެން ރަޝިޔާގެ އަމާޒަކީ ޑޮނެސްކް ހިފުންކަމުގައި ރަޝިޔާގެ މިލިޓްރީން ވަނީ ހާމަކޮށްފައެވެ.                                               

One Response

  1. މިއީ ވަރަށް ފައްކާގޮތެއް ޚަބަރުތައް ގެނެސްދޭން. ސުރުޚީތަކެއްގެ ގޮތުގައި އޮތަސް ޚަބަރުވެސް ރީތިކޮށް އޮޅުންފިލާ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް