ބޮޑު ހިޔާނާތުގެ ލިސްޓު އާއްމުކުރަން ބުނުމަކީ އިންތިހާބުތައް ކާމިޔާބުކުރަން އެމްޑީޕީގެ ސްލޯގަންއަކަށް ހަދައިފި: އާދަމް ޝަރީފް

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) މެދުވެރިކޮށް ޓޫރިޒަމަށް ރަށްތައް ދޫކުރުމުގައި ހިންގި ކޮރަޕްޝަނާއި ގުޅޭ ސައްހަ ލިސްޓެއް އާއްމުކުރާނެ ކަމަށް އެމްޑީޕީން ބުނަނީ އިންތިހާބުތައް ކާމިޔާބުކުރަން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ. ކުރީގެ ޑިފެންސް މިނިސްޓަރުކަންވެސް ކުރެއްވި އާދަމް ޝަރީފް ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މި ސަރުކާރުގައި ކޮރަޕްޝަންވީ ގިނަ ކަމަށާއި ގެއްލުނު ފައިސާވެސް މި ސަރުކާރަށް ހޯދިފައިނުވާ ކަމަށެވެ. އާދަމް ޝަރީފް […]
ރިލްވާނު ގެއްލުވާލި މައްސަލައިގެ ތަހުގީގަށް އިސޫ މަރު ކޮމިޝަނަށް ހާޒިރުކޮށްފި

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުވާލި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އިސްމާއީލް އަބްދުލްރަހީމް އާދަމް (އިސޫ) މަރު ކޮމިޝަނަށް ހާޒިރުކޮށްފިއެވެ. އިސޫ މާލެ ގެނެސް މަރު ކޮމިޝަނަށް ހާޒިރުކޮށްފައިވަނީ އިއްޔެ މެންދުރުފަހުގެ ވަގުތެއްގައެވެ. މި މައްސަލައިގައި އިސޫ އާއެކު އިތުރު ދެމީހަކު ހައްޔަރުކޮށްފައިވެއެވެ. އެއީ މއ. ފާގަފިލާގެ، އަހުމަދު އިސްމާއިލް (ބުރު އަހަނދު)، 39އ އާއި މާލެ ދަފްތަރު، އަހްމަދު މުއާޒު (ގަޓު މުއާ) 40 އ އެވެ. އެ ތިން މީހުން ހައްޔަރު ކުރުމާއި […]
ސްރީލަންކާގެ ރައީސް އަދިވެސް އިސްތިއުފާގެ ސިޓީ ހުށަހަޅުއްވާފައެއް ނުވޭ

ސްރީލަންކާގެ ރައީސް، ގޮޓަބަޔާ ރާޖަޕަކްސާ އަދިވެސް މަގާމުން އިސްތިއުފާދެއްވާފައި ނުވާކަމަށް އެގައުމުގެ ޕާލިމެންޓްގެ ސްޕީކާ، މަހިންޑާ ޔަޕާ އަބޭވަރްޑެނާ ވިދާޅުވެއްޖެއެވެ. މީގެ ކުރިން އެމަނިކުފާނު ހުންނެވީ އިއްޔެ އިސްތިއުފާގެ ސިޓީ ދެއްވަވާ ގޮތަށް ކަމަށްވެސް އޭނާ ބުނުއްވިއެވެ. ނަމަވެސް ގޮޓަބަޔާ އިއްޔެ ހެނދުނު ރާއްޖެއަށް ވަޑަިއގެންފައި ވަނީ އިސްތިއުފާގެ ސިޓީ ހުށަޅުއްވުމަކާ ނުލައެވެ. ގޮޓަބަޔާ ރާޖަޕަކްސާ ރާއްޖެ ވަޑައިގެންފައިވަނީ ސިންގަޕޫރަށް ދަތުރުކުރެއްވުމަށެވެ. އަދި ސިންގަޕޫރަށް ވަޑައިގެންނެވުމުން އެމަނިކުފާނު އިސްތިއުފާ ދެއްވަވާނެކަމަށް ވިދާޅުވެފައިވާކަމަށް އެ ގައުމުގެ މީޑިޔާތަކުން ރިޕޯޓުކުރެއެވެ. […]
ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު އަވަހާރަކޮށްލެވުނީ ފުލުހުންގެ އިހުމާލުގެ ސަބަބުން ކަމަށް ތުހުމަތުކޮށްފި

ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު، ޝިންޒޯ އަބޭ މަރާލި މައްސަލައިގައި ފުލުހުންގެ އިހުމާލު ވަރަށް ބޮޑޫކަމަށް އެ ގައުމުގެ މިހާރުގެ ބޮޑުވަޒީރު، ފުމިއޯ ކިޝިޑާ ތުހުމަތުކުރައްވައިފިއެވެ. އަދި ފުލުހުންގެ ސެކިއުރިޓީ އެކަށީގެންވާ މިންވަރަށް ވުރެ ހަރުދަނާކަން ކުޑަކަމަށް ނިޝިޑާގެ ވާހަފުޅުގައި ފާހަގަކުރެއްވިއެވެ. ނިޝިޑާ ވިދާޅުވި ގޮތުގައި އަވަހާރަވި ކުރީގެ ބޮޑުވަޒީރުގެ މައްސަލަ ނެޝަނަލް ޕަބްލިކް ސޭފްޓީ ކޮމިޝަނުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ. އަދި މިކަމާ ގުޅިގެން ފިޔަވަޅު އަޅަންޖެހޭ މީހުންނާ މެދު ފިޔަވަޅު އެޅުން ލަސްނުކުރައްވާނެކަމަށްވެސް އޭނާ […]
ގޮތަބަޔާ ސިންގަޕޫރަށް ވަޑައިގެންފި

ސްރީލަންކާގެ ހާލަތު ބޮއްސުންލައިގެން ދިޔުމުން އަމިއްލަ ގައުމުން ފިއްލަވައިގެން ރާއްޖެ ވަޑައިގެންނެވި ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ، ޕްރައިވެޓް ޖެޓެއްގައި މިއަދު ސިންގަޕޫރަށް ވަޑައިގެންފިއެވެ. ގޮތަބަޔާ އާއި އަނބިކަނބަލުން އަދި ދެ ބޮޑީގާޑުން ލަންކާގެ އެއާފޯސް މަތިންދާބޯޓެއްގައި ރާއްޖެ ވަޑައިގަންނެވީ އިއްޔެ ރޭ ދަންވަރުގެ ވަގުތެއްގައެވެ. އެމަނިކުފާނު ރާއްޖެ ވަޑައިގެންނެވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މަދަދާއެކުގައެވެ. ރާއްޖެ ވަޑައިގެން، ގޮތަބަޔާ ހުންނެވީ އިތާފުށި ރިސޯޓުގައެވެ. ރޭގެ ވަގުތެއްގައި ގޮތަބަޔާ […]
ރައީސް ބައިޑަންގެ ސަޢޫދީ ދަތުރުފުޅަށް އަވަސް ކަޅިއެއް

އެމެރިކާގެ ރައީސް ބައިޑެން މިއަންނަ ހުކުރުދުވަހު ސަޢޫދީ އެރޭބިއާ އަށް ކުރަށްވާ ދަތުރުފުޅަކީ ސިޔާސީގޮތުން ހުރަސްތަކެއް ހުރި އަދި ވަރަށްކަށިގިނަ ލޮޖިސްޓިކް ސުވާލުތަކަކަށް ފުރުސަތު ހުޅުވިގެންދާނެދަތުރެކެވެ. މީގެ ތެރެއިން އެއް ސުވާލަކީ ރައީސް ބައިޑެން ސަޢޫދީ ޢަރަބިއާގެ ވަލީއަޙްދު މުޙައްމަދާ ބައްދަލުކޮށް ސަލާން ކުރައްވަން ޖެހޭނެ ހެއްޔެވެ؟ އެމެރިކާގެ ރައީސުން ގައުމުތަކަށް ވަޑައިގަތުމަކީ އާދައިގެ ކަމެއް ނޫނެވެ. އިށީނުމުގެ އިންތިޒާމް ތަކާއި ކެމެރާތައް ބަހައްޓަންޖެހޭ ތަންތަނާއި ކޮޓަރިކޮޅަށް ވަޑައިގަތުމަށް ހިންގަވާނެ ގޮތްވެސް އެތައް ހަފްތާއެއްގެ ކުރިން ހުންނަންޖެހެނީ އިންތިޒާމް ކުރެވިފައެވެ. 2018 ވަނައަހަރު ވޯޝިންގްޓަން ޕޯސްޓުގެ ޖާނަލިސްޓް ޖަމާލް ޚަޝޯގީ މަރާލި މައްސަލައަށް އިޝާރާތް ކުރައްވައި ސައޫދީ އެރޭބިޔާގެ […]
ފަނާކުރަނިވި ބޮޑު ހަތް ފާފައާއި ދުރުހެލިވުން- 3

https://sandhaanu.today/22095/ އާއި ގުޅޭ…. ތިންވަނަ ފާފަ: ޙައްޤަކާ ނުލައި މީހަކު މެރުމުގެ ފާފަ މި ފާފަ ހިމެނެނީ ކުފުރަށްފަހު އެންމެ ބޮޑެތި ފާފަތަކުގެ ތެރެއިން އެއްފާފަ ކަމުގައެވެ. ސަބަބަކީ މާތްﷲ އަށް ލިބިގެންވާ ޙައްޤަކަށް ވެފައި އަދި އެއީ ޖަމާޢަތާއި މުޖްތަމަޢުގެ ޙައްޤަކަށް ވެސް ވީތިއެވެ. وَلَا تَقْتُلُوا النَّفْسَ الَّتِي حَرَّمَ اللَّهُ إِلَّا بِالْحَقِّ وَمَنْ قُتِلَ مَظْلُومًافَقَدْ جَعَلْنَا لِوَلِيِّهِ سُلْطَانًا فَلَا يُسْرِفْ فِي الْقَتْلِ إِنَّهُ كَانَمَنْصُورًا ﴿٣٣﴾الإسراء 33. އަދި ތިޔަބައިމީހުން، اللَّه حرمةތެރިކުރައްވާފައިވާ نفس އެއް حق އަކާ ލައިގެންމެނުވީ ނުމަރާށެވެ! އަދި އަނިޔާގެގޮތުގައި، މަރައިލެވޭމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހާގެ ولى ވެރިޔާއަށް، ތިމަންރަސްކަލާނގެ ބާރެއް ދެއްވީމެވެ. ފަހެ، قتل ކުރުމުގައި އޭނާ إسراف ނުކުރާހުށިކަމެވެ! ހަމަކަށަވަރުން، އެ ولىވެރިޔާއަކީ، نصر ލިބިގެންވާ މީހެއް ކަމުގައިވިއެވެ. ޙުރުމަތް ތެރިވެގެންވާ ނަފްސެއް ޙައްޤަކާ […]
ރަންވީރު، ޝާހުއާއި ސަލްމާނުގެ އަވައްޓެރިއަކަށް ވެއްޖެ

އިންޑިއާގެ މަޝްހޫރު ފިލްމީ ”ތަރިއެއް“ ކަމުގައިވާ ރަންވީރު ސިންގް ”ސާގަރު ރޭޝަމް“ ނަމަކަށް ކިޔާ އިމާރާތެއްގެ 16، 17، 18، 19 ވަނަ ބުރި ގަނެފިއެވެ. އެ އިމާރާތުގައި ތިބޭއިރު ވަރަށް ރީއްޗަށް ކަނޑުގެ މަންޒަރުތައް ފެނެއެވެ. އެފަދަ އިމާރާތެއް ގަންނަން ރަންވީރު މަސައްކަތް ކުރަމުންދާތާ ލައްކަދުވަސް ވެއްޖެއެވެ. ”ސާގަރު ރޭޝަމް“ އިމާރާތުގެ 4 ބުރި ރަންވީރު ގަތުމުން އޭނާއަކީ މިހާރު ސަލްމާން ޚާނާއި ޝާހު ރުޚް ޚާންގެ އަވައްޓެރިއެކެވެ. ޝާހު ރުޚު ޚާންގެ ގެ ”މިންނަތު“ އާއި ސަލްމާން ޚާންގެ ގެ ”ގެލެކްސީ އެޕާޓްމަންޓްސް“ ހުންނަނީ […]
ރަޝިއާއިން ޔޫކްރޭންގެ ހަނގުރާމަމަތީ 3 ބޯޓު ވައްޓާލައިފި

ޔޫކްރޭނުގެ ހަނގުރާމަމަތީ 3 މަތިންދާ ބޯޓު ވައްޓާލައިފިކަމަށް ރަޝިއާއިން ބުނެފިއެވެ. ރަޝިއާގެ ދިފާއީ ވުޒާރާއިން ބުނި ގޮތުގައި 3 މަތިންދާ ބޯޓު ވެސް ވައްޓާލާފައި ވަނީ ޔޫކްރޭނުގެ އިރުމަތީ ސަރަހައްދުންނެވެ. ރަޝިއާގެ ހަމަލާތަކުގެ އަމާޒަކަށްވެގެން ވެއްޓުނު 3 ބޯޓުގެ ތެރެއިން 2 ބޯޓަކީ 24 އާއި 25 އެސްޔޫގެ 2 ބޯޓެވެ. ތިންވަނަ ބޯޓަކީ މިގް 29ގެ ބޯޓެކެވެ. ޔޫކްރޭނާ ދެކޮޅަށް ފެބުރުއަރީ މަހުގެ 24 ވަނަ ދުވަހު ރަޝިއާއިން ފެށި ހަނގުރާމައިގައި ރަޝިއާއިން ދަނީ ބޮޑެތި ކާމިޔާބީތަކެއް […]
އީރާނުން ރަޝިޔާއަށް ހަނގުރާމަމަތީ ޑްރޯންތަކެއް ފޮނުވަނީ

ރަޝިޔާއާއި ޔޫކްރެއިންގެ ހަނގުރާމައިގައި ރަޝިޔާއަށް ބޭނުންވާ އެތައް ސަތޭކަ ހަނގުރާމަމަތީ ޑްރޯން އީރާނުން ވަރަށް އަވަހަށް ފޮނުވަން އުޅޭ ކަމަށް އެމެރިކާއިން ބުނެފިއެވެ. ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ ޖޭކް ސުލައިވަން ހާމަކުރިގޮތުގައި އަދި މިހާތަނަށް އެ ޑްރޯންތައް ރަޝިޔާއަށް ފޮނުވާދިފިކަން ކަށަވަރު ނުވިޔަސް އީރާނުން އެ އުޅަނދުތައް ފޮނުވަން މަސައްކަތް ކުރާ ކަމުގެ މައުލޫމާތު އޮތީ ލިބިފައިކަމަށް އޭނާ ބުނެއެވެ. އަދި މިމަހުގެ ތެރޭގައި އެ އުޅަނދުތައް ބޭނުންކުރާނެ ގޮތުގެ ތަމްރީނު ދިނުމަށް އީރާނުން ތައްޔާރުވަމުން ގެންދާކަން ވެސް އޮތީ އެނގިފައިކަމަށް އޭނާ ހާމަކުރިއެވެ. އީރާނުން […]