https://sandhaanu.today/22095/ އާއި ގުޅޭ….
ތިންވަނަ ފާފަ: ޙައްޤަކާ ނުލައި މީހަކު މެރުމުގެ ފާފަ
މި ފާފަ ހިމެނެނީ ކުފުރަށްފަހު އެންމެ ބޮޑެތި ފާފަތަކުގެ ތެރެއިން އެއްފާފަ ކަމުގައެވެ. ސަބަބަކީ މާތްﷲ އަށް ލިބިގެންވާ ޙައްޤަކަށް ވެފައި އަދި އެއީ ޖަމާޢަތާއި މުޖްތަމަޢުގެ ޙައްޤަކަށް ވެސް ވީތިއެވެ.
وَلَا تَقْتُلُوا النَّفْسَ الَّتِي حَرَّمَ اللَّهُ إِلَّا بِالْحَقِّ وَمَنْ قُتِلَ مَظْلُومًافَقَدْ جَعَلْنَا لِوَلِيِّهِ سُلْطَانًا فَلَا يُسْرِفْ فِي الْقَتْلِ إِنَّهُ كَانَمَنْصُورًا ﴿٣٣﴾الإسراء 33. އަދި ތިޔަބައިމީހުން، اللَّه حرمةތެރިކުރައްވާފައިވާ نفس އެއް حق އަކާ ލައިގެންމެނުވީ ނުމަރާށެވެ! އަދި އަނިޔާގެގޮތުގައި، މަރައިލެވޭމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހާގެ ولى ވެރިޔާއަށް، ތިމަންރަސްކަލާނގެ ބާރެއް ދެއްވީމެވެ. ފަހެ، قتل ކުރުމުގައި އޭނާ إسراف ނުކުރާހުށިކަމެވެ! ހަމަކަށަވަރުން، އެ ولىވެރިޔާއަކީ، نصر ލިބިގެންވާ މީހެއް ކަމުގައިވިއެވެ.
ޙުރުމަތް ތެރިވެގެންވާ ނަފްސެއް ޙައްޤަކާ ނުލައި މަރާމީހާއާއިބެހޭގޮތުން ކީރިތި ޤުރްއާނުގައި ވަޢީދުގެ ބަސްފުޅު އައިސްފައިވެއެވެ. وَمَنْ يَقْتُلْمُؤْمِنًا مُتَعَمِّدًا فَجَزَاؤُهُ جَهَنَّمُ خَالِدًا فِيهَا وَغَضِبَ اللَّهُ عَلَيْهِ وَلَعَنَهُوَأَعَدَّ لَهُ عَذَابًا عَظِيمًا ﴿٩٣﴾ النساء 93. އަދި، قصد ގައި مؤمنއަކު މަރާމީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ ޖަޒާއަކީ ނަރަކަޔެވެ. އެތާނގައި ދެމިހުންނަނިވި ގޮތުގައެވެ. އަދި، اللَّه، އެމީހާގެ މައްޗަށް ކޯފާލައްވައި لعنة ލެއްވިއެވެ. އަދި، ބޮޑުވެގެންވާ عذاب އެމީހާއަށް ތައްޔާރު ކުރެއްވިއެވެ.
ތިން ޙާލަތެއްގައި މެނުވީ ﷲ ޙުރުމަތް ތެރިކުރެއްވި ފުރާނައެއް ޤަތުލުކޮށްގެން ނުވާނެއެވެ.
عَنْ عَبْدِ اللَّهِ، قَالَ: قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: ” لاَيَحِلُّ دَمُ امْرِئٍ مُسْلِمٍ، يَشْهَدُ أَنْ لاَ إِلَهَ إِلَّا اللَّهُ وَأَنِّي رَسُولُاللَّهِ، إِلَّا بِإِحْدَى ثَلاَثٍ: النَّفْسُ بِالنَّفْسِ، وَالثَّيِّبُ الزَّانِي، وَالمَارِقُمِنَ الدِّينِ التَّارِكُ لِلْجَمَاعَةِ ” صحيح البخاري (9/ 5)މާނައީ:ތިން ޙާލަތެއްގައި މެނުވީ ޝަހާދަތުގެ ދެކަލިމަ ކިޔާގެން ހުރި މުސްލިމެއްގެ ލޭ ހުއްދަވެގެނެއް ނުވެއެވެ. ޤަޞްދުގައި މީހަކު މެރިމީހާ،އަދި މީހަކާ އިނދެގެން ހުރެ ޒިނޭކުޅާމީހާ،އަދި ދީނުން ބޭރުވިމީހާއާއި އަދި މުސްލިމުންގެ ޖަމާޢަތް ދޫކުޅަމީހާއެވެ.
ޤަޞްދުގައި މީހަކު މެރިމީހާގެ ޙުކުމާއި އަދި ކައްފާރާ:
1. ޙައްޤަކާއި ނުލައި މީހަކު މެރުމަކީ ބޮޑެތި ފާފަތުކުގެ ތެރެއިން ބޮޑު އެއްފާފަ.
(وَمَنْ يَقْتُلْ مُؤْمِناً مُتَعَمِّداً فَجَزَاؤُهُ جَهَنَّمُ خَالِداً فِيهَا وَغَضِبَ اللَّهُعَلَيْهِ وَلَعَنَهُ وَأَعَدَّ لَهُ عَذَاباً عَظِيماً) [النساء:93]. އަދި، قصدގައި مؤمن އަކު މަރާމީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ ޖަޒާއަކީ ނަރަކަޔެވެ. އެތާނގައި ދެމިހުންނަނިވި ގޮތުގައެވެ. އަދި، اللَّه، އެމީހާގެ މައްޗަށް ކޯފާލައްވައި لعنة ލެއްވިއެވެ. އަދި، ބޮޑުވެގެންވާ عذابއެމީހާއަށް ތައްޔާރު ކުރެއްވިއެވެ.وروى مسلم في صحيحه عن جابربن عبد الله رضي الله عنهما أن رسول الله صلى الله عليهوسلم قال في حجة الوداع: ” إِنَّ دِمَاءَكُمْ وَأَمْوَالَكُمْ عَلَيْكُمْحَرَامٌ كَحُرْمَةِ يَوْمِكُمْ هَذَا فِي شَهْرِكُمْ هَذَا فِي بَلَدِكُمْ هَذَا”. ޖާބިރުގެފާނު ވިދާޅުވިއެވެ. ކީރތި ރަސޫލާ(ޞ)ވަދާޢީ ޙައްޖުގައި ޙަދީޘްކުރެއްވިއެވެ.ހަމަކަށަވަރުން ތިޔަބައިމީހުންގެ ފުރާނައާއި،މުދަލަކީ ޙުރުމަތްތެރި ރައްކާތެރި އެއްޗެކެވެ. އެއީ މިދުވަހާ(ޢަރަފާތް ދުވަސް)މި މައްސަރާއި (ޙައްޖުމަސް) މިރަށް (މައްކާ)ޙުރުމަތް ތެރިކުރެވިގެންނެވެ.
2.ޤާތިލު އެކަމަށް ތައުބާވެއްޖެނަމަ އޭނާގެ ކިބައިން ތައުބާ ޤަބޫލުވެވުން
قال الله تعالى: (وَالَّذِينَ لا يَدْعُونَ مَعَ اللَّهِ إِلَهاً آخَرَ وَلا يَقْتُلُونَالنَّفْسَ الَّتِي حَرَّمَ اللَّهُ إِلَّا بِالْحَقِّ وَلا يَزْنُونَ وَمَنْ يَفْعَلْ ذَلِكَ يَلْقَأَثَاماً يُضَاعَفْ لَهُ الْعَذَابُ يَوْمَ الْقِيَامَةِ وَيَخْلُدْ فِيهِ مُهَاناً إِلَّا مَنْتَابَ وَآمَنَ وَعَمِلَ عَمَلاً صَالِحاً فَأُولَئِكَ يُبَدِّلُ اللَّهُ سَيِّئَاتِهِمْحَسَنَاتٍ وَكَانَ اللَّهُ غَفُوراً رَحِيماً) [الفرقان:68-69-70].އެއުރެންނީ اللَّه އާއެކު އެހެން إله އަކަށް ގޮވައި ނަހަދާމީހުންނެވެ. އަދި اللَّه، حرمة ތެރި ކުރައްވާފައިވާ نفس އެއް، حق ގޮތުންނޫނީ، ނުމަރާ މީހުންނެވެ. އަދި ޒިނޭނުކުރާ މީހުންނެވެ. އެއިން ކަމެއްކޮށްފިމީހާ (އެކަމުގެ) عقوبات އާ ބައްދަލުކުރާނެތެވެ. އެމީހަކަށް قيامة ދުވަހުން عذاب ގިނަގުނަކުރައްވާހުށްޓެވެ. އަދި އިހާނެތިކަން ލިބިގެންވާ حال އެ عذاب ގެ ތެރޭގައި، އެމީހަކު ދެމިހުންނާނެތެވެ. توبة ވެ، إيمان ވެ، ގިނަގިނައިން صالح عمل ކުޅަމީހަކު މެނުވީއެވެ. ފަހެ، އެއުރެންނާމެދު (ދަންނާށެވެ!) اللَّه، އެއުރެންގެ ނުބައިކަންތައް، ހެޔޮކަންތަކަށް ބަދަލުކުރައްވާނެތެވެ. ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ.
وفي الصحيحين عن أبي سعيد الخدري رضي الله عنه قال: قال رسول الله صلى الله عليه وسلم: ” أَنَّ رَجُلًا قَتَلَ تِسْعَةًوَتِسْعِينَ نَفْسًا فَجَعَلَ يَسْأَلُ هَلْ لَهُ مِنْ تَوْبَةٍ فَأَتَى رَاهِبًا فَسَأَلَهُفَقَالَ لَيْسَتْ لَكَ تَوْبَةٌ فَقَتَلَ الرَّاهِبَ ثُمَّ جَعَلَ يَسْأَلُ ثُمَّ خَرَجَ مِنْقَرْيَةٍ إِلَى قَرْيَةٍ فِيهَا قَوْمٌ صَالِحُونَ فَلَمَّا كَانَ فِي بَعْضِ الطَّرِيقِأَدْرَكَهُ الْمَوْتُ فَنَأَى بِصَدْرِهِ ثُمَّ مَاتَ فَاخْتَصَمَتْ فِيهِ مَلَائِكَةُالرَّحْمَةِ وَمَلَائِكَةُ الْعَذَابِ فَكَانَ إِلَى الْقَرْيَةِ الصَّالِحَةِ أَقْرَبَ مِنْهَابِشِبْرٍ فَجُعِلَ مِنْ أَهْلِهَا “. مسند الصحابة في الكتب التسعة(21/ 244)މާނައީ:ބަނީ އިސްރާއީލުންގެ ތެރޭއުޅުނު މީހަކު 99 މީހުންމެރިއެވެ. ރާހިބެއްގެ ގާތުގައި އެކަމުން އޭނާއަށް ތައުބާވެވިދާނެތޯ ސުވާލުކުރުމުން ތައުބާއެއް ނެތްކަމަށް ބުނުމުން އެ ރާހިބު މަރައިފިއެވެ.ދެން އެއަށްފަހު އެހެން ރާހިބެއްގެ ގާތަށް ގޮސް ސުވާލުކުރުމުން އެރާހިބު ހެޔޮލަފާ މީހުންއުޅޭ (މައްކާ) އަށް ދިއުމަށް އިރުޝާދިނެވެ. އެހެނދު އެރަށަށް ދިއުމުގެ މަގުމަތީ އެމީހާ އަޖަލުހަމަވިއެވެ. މަރުވިމީހާގެ ފުރާނައާމެދު ޢަމަލުކުރާނޭގޮތަކާމެދު ރަޙްމަތުގެ މަލާއިކަތުން (ސުވަރުގޭގެ މަލާއިކަތުން)ންނާއި، ޢަޛާބުގެ މަލާއިކަތުން(ނަރާކައިގެން މަލާއިކަތުން) މެދުގައި ދެބަސްވެ، ހެޔޮކަމުގެ ރަށާއި އަދި ނިކުށް ނުބައިކަމުގެ ރަށުގެ ދެމެދު ހުރި ދުރުމިން އެޅި އިރު ކައިވަތެއްގެ މިންވަރު ހެޔޮކަމުގެ ރަށާއި ގާތްވުމުން ސުވަރުގެ އަހްލުވެރި އެއްގެ ގޮތުގައި އޭނާ ވެގެންދިޔައެވެ.
އިސްވެދިޔަ ޙަދީޘުން ލިބޭ ތަރުބަވީ ފިލާވަޅުތައް:
1. ޙައްޤަކާ ނުލައި މީހުން މެރުމުގެ ފާފައަކީ އެންމެ ބޮޑެތިފާފައިގެ ތެރޭގައި ހިމެނޭ އެއްފާހަ އެއްކަން.
2. ކިތައްމެއް ގިނަ ފާފައެއް ކުރެވުނު ކަމުގައި ވިޔަސް އިޚްލާޞްތެރި ތައުބާއަކުން ތައުބާވެއްޖެނަމަ ﷲ އެ ތައުބާ ޤަބޫލު ކުރައްވާނޭކަން.
3. ކުށްތަކަށް އަރައިގަތުމުގެ އާދަ މީހާގެ ކިބާގައި އަށަގަތުމުގައި އެކުވެރިންނާ އަދި މާޙައުލުން ނުރަގަނޅު އަސަރު މީހާގެ އުޅުމަށް ފޯރުވާކަން.
4. ދީނީ ފަތުވާ ދިނުމުގައި ފަތުވާއަށް އެދިގެން އަންނަ މީހާގެ ޙާލަތަށް ބަލާފައި ނޫނީ ފަތުވާ ދިނުން ރަނގަޅު ނޫންކަން.
5. ރަނގަޅު ޞާލިޙު މީހުނާއިއެކީ އުޅުމުން މީހާގެ އުޅުމާއި ސުލޫކަށް އޭގެ ހެޔޮ އަސަރު ފޯރާނޭ ކަން.
6. ﷲ ގެ ރަޙްމަތުން އުއްމީދު ކަނޑައި ނުލައި އެކަލާނގެ ޙަޟްރަތަށް އުއްމީދު ކުރަންޖެހޭކަން.
7. ﷲގެ ރަޙްމަތް އެކަލާނގެ އަޅުންގެ މައްޗަށް ތަނަވަސްވެގެންވާ ކަން. އަދި އެކަލާނގެ މަޣްފިރަތަކީ ތަނަވަސް ވެގެންވާ އެއްޗެއްކަން.
ޙައްޤަކާ ނުލައި މީހަކު މެރިމީހާގެ ކައްފާރާއެއް ވޭތަ؟
ޤަތުލު ޢަމްދުގެ ކައްފާއަކީ:ތައުބާވުން.
ޤަތުލު ޝިބުހު ޢަމްދާއި އަދި ޝިބުހު ޢަމްދުގެ ކައްފާއަކީ:ދިޔަދިނުން އަދި އަޅަކު މިނިވަންކުރުން އެކަމަށް ކުޅަދާނަވެގެން ނުވާނަމަ،ވިދިވިދިގެން 2 މަސްދުވަހު ރޯދަ ހިފުން އަދި އެކަމަށް ކުޅަދާނަ ނުވާނަމަ،60 މިސްކީނުނަށް ކާންދިނުން. وَمَا كَانَ لِمُؤْمِنٍ أَنْ يَقْتُلَ مُؤْمِنًا إِلَّاخَطَأً وَمَنْ قَتَلَ مُؤْمِنًا خَطَأً فَتَحْرِيرُ رَقَبَةٍ مُؤْمِنَةٍ وَدِيَةٌ مُسَلَّمَةٌإِلَى أَهْلِهِ إِلَّا أَنْ يَصَّدَّقُوا [النساء:92]. ކުށަކުން، އޮޅިގެންމެނުވީ مؤمن އަކު މެރުމަކީ، مؤمن އަކަށް އޮތްކަމެއްނޫނެވެ. އަދި، ކުށަކުން އޮޅިގެން مؤمن އަކު މަރައިފިމީހާ (ދަންނާށެވެ!) ފަހެ، އޭނާއަށްހުރީ، مؤمن އަޅަކު މިނިވަންކުރުމާއި، އެ މަރުވިމީހާގެ أهل ވެރިންނާ حوالކުރެވޭގޮތުގައި، މަރުގެދިޔަ ދިނުމެވެ.
Sandhaanu was the most outspoken voice against the totalitarianism regime in the Maldives that suppressed the people’s democracy. Sandhaanu withstood against every adversity with determination. The regime could not silence the voice and avoid the first multi-party elections held in 2008, even though the entire team was subjected to life imprisonment. Sandhaanu stands for justice and equality in the society
Contact us: [email protected] | [email protected]
Phone/Whatsapp/Viber: +960 9559967