ސްރީލަންކާގެ ރައީސް އަދިވެސް އިސްތިއުފާގެ ސިޓީ ހުށަހަޅުއްވާފައެއް ނުވޭ

Loading

Facebook
Twitter
WhatsApp


ސްރީލަންކާގެ ރައީސް، ގޮޓަބަޔާ ރާޖަޕަކްސާ އަދިވެސް މަގާމުން އިސްތިއުފާދެއްވާފައި ނުވާކަމަށް އެގައުމުގެ ޕާލިމެންޓްގެ ސްޕީކާ، މަހިންޑާ ޔަޕާ އަބޭވަރްޑެނާ ވިދާޅުވެއްޖެއެވެ. 

މީގެ ކުރިން އެމަނިކުފާނު ހުންނެވީ އިއްޔެ އިސްތިއުފާގެ ސިޓީ ދެއްވަވާ ގޮތަށް ކަމަށްވެސް އޭނާ ބުނުއްވިއެވެ. ނަމަވެސް ގޮޓަބަޔާ އިއްޔެ ހެނދުނު ރާއްޖެއަށް ވަޑަިއގެންފައި ވަނީ އިސްތިއުފާގެ ސިޓީ ހުށަޅުއްވުމަކާ ނުލައެވެ. 

ގޮޓަބަޔާ ރާޖަޕަކްސާ ރާއްޖެ ވަޑައިގެންފައިވަނީ ސިންގަޕޫރަށް ދަތުރުކުރެއްވުމަށެވެ. އަދި ސިންގަޕޫރަށް ވަޑައިގެންނެވުމުން އެމަނިކުފާނު އިސްތިއުފާ ދެއްވަވާނެކަމަށް ވިދާޅުވެފައިވާކަމަށް އެ ގައުމުގެ މީޑިޔާތަކުން ރިޕޯޓުކުރެއެވެ. 

އެމަނިކުފާނު ރާއްޖެއިން ސިންގަޕޫރަށް ފުރާވަޑައިގެންފައި ވާކަން ނުވަތަ ނޫންކަން އަދި ރަސްމީކޮށް ހާމަވެފައެއް ނުވެއެވެ. ބޭރުގެ މީޑިޔާ ތަކުން ރިޕޯޓުކުރާ ގޮތުގައި ގޮޓްބަޔާ ރާޖަޕަކްސާއަށް ރާއްޖެއިން ފުރާވަޑައި ނުގެންނެވުނީ ސެކިއުރިޓީ މައްސަލަތަކެއް ކުރިމަތިވެ އެމަނިކުފާނު ފުރާވަޑައިގަންނަވަން އޮތް ޕްރައިވެޓް މަތިންދާ ބޯޓުގެ ދަތުރު ލަސްވުމުންނެވެ.

Loading

One Response

  1. ސަންދާނު ތަންކޮޅެއް ފަހަތުގައި. މުހިންމު ޚަބަރުތައް ލަސްކުރީމާ ކަމަކު ނުދާނެ. ސްރީލަންކާގެ ރައީސް އިއްޔެ ސިންގަޕޯރު އެއަރޕޯރޓުގައި ވިޔަފާރި ކުރެއްވި ފޮޓޯތަކެއްވެސް މީޑިއާގައި އޮތީ ޢާންމު ވެފާ

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް