މާފުށީ ޖަލު ހިމެނޭ ސަރަހައްދުގައި މޫދުކުޅިވަޅު ކުޅުން މަނާ ކޮށްފި
ގެސްޓް ހައުސް ވިޔަފާރީގައި އެއްވަނައިގައި އޮތް މާފުށީގެ ޖަލު ހިމެނޭ ސަރަހައްދުގައި މޫދުކުޅިވަރު ކުޅުން މަނާކޮށްފި އެވެ. މާފުށީ ކައުންސިލުން ނެރުނު ނޫސްބަޔާނެއްގައި ވާގޮތުން މާފުށީ ޖަލު ސަރަހއްދުގައި ގިނަ ކުޅިވަރުތަކެއް ވަނީ މަނާކޮށްފައެވެ. ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައިވަނީ މިއަދުން ފެށިގެން މާފުށީ ޖަލު ހިމެނޭ ސަރަހައްދުގައި ޕެރަސެއިލިންގއާއި ޑްރޯން އެރުވުމުގެ އިތުރުން، މާފުށި ޖަލުގެ އައްސޭރިފަށް ހިމެނޭ ސަރަހައްދުން ޖެޓްސްކީ ފަދަ މޫދު ކުޅިވަރުތައް ބޭއްވުމަކީ މަނާކަމެއްކަމަށެވެ. މާފުށީ ކައުންސިލުން ބުނީ ޖަލު ސަރަހައްދުގައި […]
ކީރިތި ރަސޫލާއަށް ފުރައްސާރަކުރިކުރުން ޝަހީމް ކުއްވެރިކުރައްވައިފި
ކީރިތި ރަސޫލާ އަށް ފުރައްސާރަކޮށް އިންޑިއާގވެރިކަންކަން ކުރާ ބީޖޭޕީގެ ތަރުޖަމާނު އެ ގައުމުގެ ޓީވީއެއްގައި ދެއްކި ވާހަކަތައް ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ، ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ކުށްވެރިކުރައްވައިފިއެވެ. ޝަހީމް ވިދާޅުވީ އިންޑިއާގެ ވެރިކަންކުރާ ޕާޓީގެ ތަރުޖަމާނު އިސްލާމްދީނުގެ މަތިވެރި ނަބިއްފުރައްސާރަކުރި ކުރުން އެންމެ މަތީ ދަރަޖައިގައި ކުށްވެރިކުރާކަމަށެވެ. އަދި މިފަދަ ޢަމަލުތަކަކީ ބަލައިގަނެވޭނެ ކަންކަމެއް ނޫންކަމަށް ޝަހީމް ވިދާޅުވިއެވެ. ތަރުޖަމާނު ދެއްކި ވާހަކަތަކާއި ގުޅިގެން ޝަހީމް ކުރެއްވި ޓްވީޓެއްގައި […]
އެމެރިކާއިން އިންޑިޔާއަށް ފާޑުކިޔައި ނެރުނު ރިޕޯޓަކަށް އެ ގައުމުން ރައްދުދީފި
އިންޑިޔާގައި ދީނީ މިނިވަންކަން ނޯންނަކަމަށާއި އެ ގައުމުގެ ސިޔާސީ ބައެއް ލީޑަރުން ދީނީ މިނިވަންކަމަށް ހުރަސްއަޅާކަމަށް ބުނެ ވޮޝިންގްޓަންގެ އަހަރީ ރިޕޯޓުގައި ވަނީ އެ ގައުމަށް ފާޑުކިޔާފައެވެ. މިގޮތުން އިންޑިޔާގައި ދިރިއުޅެމުންދާ މުސްލިމުންނާއި ނަސޯރާއިންނަށް އެކި ވަރުވަރުގެ އުނދަގޫތައް ކުރަމުންދާ ކަމަށާއި ސަރުކާރުން މިކަންކަން ހުއްޓުވުމުގެ ބަދަލުގައި އެކަންކަމަށް ތަރުހީބުދެމުން ދާކަން މި ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އިންޑިޔާއިން ވަނީ މިކަމަށް ރައްދުދީ ބަޔާނެއް ނެރެފައެވެ. އިންޑިޔާއިން ނެރުނު ބަޔާނުގައި މި ރިޕޯޓަކީ ވަރަށް ޒާތީ އަދި މައުލޫމާތު […]
ވިލިގިލީގައި 50 ހައުސިން ޔުނިޓް އަޅަން ބަޔަކާ ހަވާލުކޮށްފި
ގއ. ވިލިނިގިލީގައި 50 ހައުސިން ޔުނިޓް އެޅުމަށް ދޮންބޭޒް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފި އެވެ. ޕްލޭނިން މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ޑިރެކްޓާ ޖެނަރަލް އަހްމަދު ވިޝާން ނަސީމު އެވެ. ދޮންބޭޒްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ހެޑް އޮފް އޮޕަރޭޝަން އަލީ ހަމްދޫނެވެ. ތިން ކޮޓަރީގެ މި ހައުސިން މަޝްރޫގައި ހިމެނޭ ހައުސިން ޔުނިޓެއްގައި 700 އަކަފޫޓް ހުރެއެވެ. އަދި މި ހައުސިން ޔުނިޓްތަކުގައި ތިން ފާހާނާ، […]
އާންމުންނަށް ހުޅުވާލި 100 ކޯޓާގެ ގުރުއަތުލުން އަންނަ ހޯމަގައި
މިއަހަރު ހައްޖަށް މީހުންގެންދިއުމަށް ރާއްޖެއަށް ލިބުނު ކޯޓާތަކުގެ ތެރެއިން އާންމުންނަށް ހުޅުވައިލި 100 ކޯޓާއަށް އެދުނު ފަރާތްތަކުގެ ގުރުއަތުލުން އަންނަ ހޯމަ ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ. މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ހައްޖުވެރިން ގެންދިއުމަށް ދިވެހި ރާއްޖެއަށް ލިބިފައިވާ 453 ކޯޓާ ސަރުކާރުން ދީފައިވަނީ ހަމައެކަނި މޯލްޑިވްސް ހައްޖު ކޯޕަރޭޝަނަށެވެ. އޭގެ ތެރެއިން 352 ޖާގަ ޚާއްސަކޮށްފައިވަނީ ހައްޖަށް ދާން ހައްޖު ކޯޕަރޭޝަންގެ ކިއުގައި މިވަގުތު ތިބި މީހުންނަށެވެ. ބާކީ 100 ޖާގަ ހާއްސަކޮށްފައިވަނީ އާންމުނަށެވެ. […]
މެންބަރުން ހަމަނުވާ ސިޔާސީ ޕާޓީތައް އުވާލާނެކަމުގެ އިންޒާރެއް
ގާނޫނުގައި ބަޔާންކޮށްފައިވާ އަދަދަށް ޕާޓީގެ މެމްބަރުން ހަމަނުވާ ސިޔާސީ ޕާޓީތައް އުވާލާނެ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ. އިލެކްޝަން ކޮމިޝަނުން ބުނީ ގާނޫނުގައި ބުނާ 3000 މެންބަރުން ހަމަނުވާ ސިޔާސީ ޕާޓީތައް މިމަހުގެ 14ގެ ފަހުން އުވާލެވޭނެ ކަމަށެވެ.މެންބަރުންގެ އަދަދު ގާނޫނުގައި ބުނާ އަދަދަށްވުރެ މަދުވުމާއި ގުޅިގެން އިލެކްޝަން ކޮމިޝަނުން ވަނީ ހަތަރު ޕާޓީއަކަށް ނޯޓިސް ފޮނުވާފައެވެ. އިލެކްޝަނުން ބުނީ އެ ހަތަރު ޕާޓީ އަކީ 3000 މެންބަރުންގެ ސޮއާ އެކު ރަޖިސްޓްރީ ކުރުމަށް ފަހު ޕާޓީން […]
42 ކިލޯގެ މަސްތުވާތަކެތި އެތެރެ ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުން ދޫކޮށްލައިފ
ރާއްޖެއަށް 42 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި ދެ މީހުން ދޫކޮށްލައިފިއެވެ. މަސްތުވާތަކެތީގެ މި މިމައްސަލައިގެ ހައްޔަރުކޮށްފައިވަނީ ކ. މާލެ، ދަފްތަރު އަހްމަދު ހުސައިނާއި މއ. ނޫރުއް، އަބްދުއްލާ ނަޝީދު އެވެ.އަބްދުއްލާ ނަޝީދު، އެ މައްސަލައިގައި ހައްޔަރުކުރީ މާޗް 24 ވަނަ ދުވަހުގެ ރޭ ފުލުހުން ހިންގި އޮޕަރޭޝަނުގަ އެވެ. އެ އޮޕަރޭޝަނުގައި އަތުލައިގަތް 42 ކިލޯގެ ހެރޮއިން ފެނުނީ މ. ލަވްނެސްޓް ގޭގެ ތަޅުމުގެ ދަށުގައި ފޮރުވާފައި ހުއްޓަ އެވެ. ފުލުހުން […]
އައްޑޫ މާރާމާރީ: ޒަހަމްވި ޒުވާނާ މަރުވެއްޖެ
އައްޑޫ ސިޓީ ފޭދޫގައި ރޭ ފަތިހު ހިންގި މާރާމާރީގައި ބޮޑެތި ޒަހަމްތަކެއް ކޮށްފައިވާ ޒުވާނާއަށް ފަރުވާ ދެމުންދަނިކޮށް މަރުވެއްޖެ އެވެ. މި މާރާމާރީއާއި ގުޅިގެން މަރުވެފައިވަނީ ފޭދޫ ސޮލިޑް، މުހައްމަދު ޒަޔާން މޫސާ، 21 އެވެ. އޭނާ މަރުވީ ލިބުނު އަނިޔާތަކަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުން ދެނިކޮށް މިއަދު ހެނދުނުގައެވެ. ހޮސްޕިޓަލުން ބުނީ އޭނާގެ ބުރަކަށީގައި ވަރަށް ފުން އަދި އަދި ބޮޑެތި ޒަހަމްތަކެއް ހުރިކަމަށާ އޭގެ ސަބަބުން އޭނާގެ މެޔަށްވެސް ޒަހަމްތަކުގެ […]
ތެލުގެ ބިލްތަކަށް ފައިސާ ނުދެއްކޭތީ ޕޮލިސް ވެހިކަލްތަކަށް ތެޔޮދިނުން ހުއްޓާލައިފި
އައްޑޫގައި ވައްކަމާ މާރާމާރީ އިތުރުވުމާ ގުޅިގެން ފުލުހުން އެތަންތަނަށް އެޓެންޑުވުމަށް ބޭނުންކުރާ ޕޮލިސް ވެހިކަލް ތަކަށް ތެޔޮ ނުލިބި މަސައްކަތަށް ހުރަސް އެޅިއްޖެ އެވެ. ސިޓީ ފިއުލް އިން ބުނިގޮތުގައި ޕޮލިސް ވެހިކަލް ތަކަށް ތެޔޮދިނުން ހުއްޓާލީ 2020 ފެށިގެން ޕޮލިހުންގެ ވެހިކަލްތަކަށް އެޅުނު ތެލުގެ އަގަށް ދައްކަން ޖެހޭ -/579000 ފަސްލައްކަ ހަތްދިހަ ނުވަހާސް ރުފިޔާ ތަކުރާރުކޮށް އެދުމުންވެސް ނުދައްކަވާތީ ކަމުގައެވެ. އައްޑޫގައި މިދުވަސްވަރު ކުށްކުރުން ގިނަވުމާ އަދި އައްޑޫ އަތޮޅުގެ 2 ރަށެއް ފިޔަވާ އެހެން ރަށްތަށް ގުޅާ ލެވިފައި އޮތުމުގެ ސަބަބުން ގިނައެއްގަމު އުޅަނދު ބޭނުން ކުރަން ޖެހިފައި […]
މެކްސިކޯގައި އީ ސިނގިރޭޓް ބޭނުންކުރުން މަނާކޮށްފި
މެކްސިކޯގައި އީ ސިނގިރޭޓު ބޭނުން ކުރުން މަނާކޮށްފިއެވެ. އެކަން މަނާކުރީ ނެރުނު ރިޔާސީ ގަރާރަކުންނެވެ. އީ ސިނގިރޭޓުގެ އިތުރަށް ވެޕިން ޑިވައިޒްތައް ބޭނުންކުރުން ވެސް މިހާރު ވަނީ މަނާކުރެވިފައެވެ. މެކްސިކޯގެ ރައީސް އަންދުރޭ މެނުއެލް ވިދާޅުވީ އީ ސިނގިރޭޓަކީ ދުންފަތުން ލިބޭ ގެއްލުން ނުލިބޭނޭކަމަށް ބުނެ ސިނގިރޭޓުގެ ބަދަލުގައި ބޭނުންކޮށް އުޅޭ އެއްޗެއްކަމަށާއި އެ ވާހަކައަކީ ކަނޑައެޅިގެން ދޮގެއްކަމަށެވެ. މެކްސިކޯގެ ރައީސް ވިދާޅުވީ ވެޕިން ޑިވައިސްބޭނުންކުރުމުގެ އިތުރަށް އެއިން ނިކުންނަ ދުމަކީ ވެސް ސިއްހަތަށް ވަރަށް ބޮޑަށް ގެއްލުން […]