ތެލުގެ ބިލްތަކަށް ފައިސާ ނުދެއްކޭތީ ޕޮލިސް ވެހިކަލްތަކަށް ތެޔޮދިނުން ހުއްޓާލައިފި

Facebook
Twitter
WhatsApp
37A5C22C-593F-4C16-87B7-ECB0EBA57DC2

 

އައްޑޫގައި ވައްކަމާ މާރާމާރީ އިތުރުވުމާ ގުޅިގެން ފުލުހުން އެތަންތަނަށް އެޓެންޑުވުމަށް ބޭނުންކުރާ ޕޮލިސް ވެހިކަލް ތަކަށް ތެޔޮ ނުލިބި މަސައްކަތަށް ހުރަސް އެޅިއްޖެ އެވެ.

    ސިޓީ ފިއުލް އިން ބުނިގޮތުގައި ޕޮލިސް ވެހިކަލް ތަކަށް ތެޔޮދިނުން ހުއްޓާލީ 2020 ފެށިގެން ޕޮލިހުންގެ ވެހިކަލްތަކަށް އެޅުނު ތެލުގެ އަގަށް ދައްކަން ޖެހޭ -/579000 ފަސްލައްކަ ހަތްދިހަ ނުވަހާސް ރުފިޔާ ތަކުރާރުކޮށް އެދުމުންވެސް ނުދައްކަވާތީ ކަމުގައެވެ.

     އައްޑޫގައި މިދުވަސްވަރު ކުށްކުރުން ގިނަވުމާ އަދި  އައްޑޫ އަތޮޅުގެ 2 ރަށެއް ފިޔަވާ އެހެން ރަށްތަށް ގުޅާ ލެވިފައި އޮތުމުގެ ސަބަބުން ގިނައެއްގަމު އުޅަނދު ބޭނުން ކުރަން ޖެހިފައި ވެއެވެ. 

ކަން މިހެން ހުރިނަމަވެސް ދައުލަތުގެ ދަރަނި ސަރުކާރުން އަތްނުފޯރާ ފަށަށްޖެހިފައި ވަނިކޮށް ގައުމުގެ ދާޚިލީކަންކަން ބަލަހައްޓާ ފަރާތްތަކަށް އެކަމުގެ އަސަރު ފޯރާ ގައުމުގެ ދާޚިލީ ރައްކާތެރިކަމާ އެތެރޭގެ މަސްލަޙަތު ހިމާޔަށް ކުރަން ފުހުންކުރާ މަސައްކަތަށް ހުރަސް އެޅިގެން ދާނެކަމާއިމިދު ޝައްކެއްނެތެވެ.

      ވެހިކަލް ތަކަށް އަޅާފައިވާ ތެލުގެ އަގު ފުލުހުން ނުދައްކާއިރު އައްޑޫ ފުލުހުންގެ ކެއިންބުއިމުގެ ޚަރަދަށްވެސް ފުލުހުންގެ މުއައްސަސާ ވަނީ ދަރާފައެވެ.

      މިހާރަކަށް އައިސް ވަރަށްގިނަ ދިވެހިކުންފުނިތަކުން ޚިދުމަތްހޯދައި އަދި މަސައްކަތް ކުރުވާފައި ސަރުކާރުން ފައިސާނުދޭ މައްސަލަ މިވަނީ ޢާންމުވެފައެވެ. އެގޮތުން ޔޫތުމިނިސްޓްރީވެސް ރެކޯޑް ހަދާފައިވެއެވެ.

މިހާރު ގައުމުން މި ފެންނަނީ މީގެ ކުރިން ގައުމުން ފެނުނު މަންޒަރު ތަކެއް ނޫނެވެ. ނިމިދިޔަ ސަރުކާރުން ވެސް ދައުލަތް ދަރުވާލިއަޑު ވަރަށް ބާރުވެގެން ދިޔައެވެ. އެހެނަސް ސަރުކާރުގެ ޢިމާރާތްތަކުން ކަރަންޓާ ފެން ކަނޑާލާ ހިސާބަށް ދިޔަ އަޑެއް ނާހަމުއެވެ. އަދި ފުލުހުންގެ ވެހިކަލް ތަކަށް ބަރާބަރަށް ތެޔޮ އަޅައެވެ. ޚިދުމަތް ހޯދުމަށްފަހު އަގުވެސް ނުދައްކާ ޝަކުވާތައް އަޑެއްނާހަމުއެވެ.

    ނަމަވެސް މިސަރުކާރު ޚަރަދުބޮޑުވެ ވައްކަން ގިނަވެ ޒިންމާނަގާނެ މީހަކު ނޭންގި މިފެންނަނީ މުޅީން އާ މަންޒަރު ތަކެކެވެ. އަޅުގަނޑު ސަރުކާރުގެ އަގުވައްޓާލަން ލިޔެލާ އިބާރާތްކޮޅެއްކަމަށް ނުދެތުން ވަރަށް އެދެމެވެ. ނޫސްވެރިންގެ ފަރާތުން ލިބޭ މަޢުލޫމާތުތައް ބަލައިގަނެ ސަރުކާރުން ރައްޔަތުންނަށް ދޭންޖެހޭ ނުވަތަ ދޭން ބުނެފައިވާ ޚިދުމަތްތައް ފޯރުކޮށްދޭން ޖެހެއެވެ. އަޅުގަނޑުވެސް ވޯޓުދީގެން ގެނެވުނު އެމްޑީޕީގެ ސަރުކާރަކަށްވާތީ ގައުމުގެ މަސްލަޙަތާ ކަރާމާތް ގެއްލޭ ފަދަ ކަންކަން ހިނގަމުން ދާތަން ދެކެން ބޭނުން ނުވާތީ އަޑުއިއްވާލީއެވެ. 

     ސަރުކާރުން ކުރާ އިސްރާފް ވަރަށް ބޮޑުކަން ގައުމަށް ވަމުން މިދާގޮތުން އެނގޭހާވެއެވެ. ދައުލަތުގެ ޚަޒާނާގައި ހުރިފައިސާ ހުސްވަނީއެވެ.ކޮންކްރީޓް ޖަންތައްޔަކަށް ގްރޭޓަރ މާލޭ އޭރިއާ ހަދައި ކޮންމެ ދެރަށެއްދޭތެރޭ ބުރިޖްއަޅައި އެ ބޮޑުމަޝްރޫޢުތަކުން ކަޓްނަގައި ބަޔަކު އަތްނުފޯރާ ވަރަށް މުއްސަދިވެ މެޖޯރެޓީ ރައްޔަތުން އަނގަޔާއި އަތާ ދިމާނުވާ ހާލުޖެހުމުން އެގެނެވުނީ ތަރައްގީއެއް ނޫނެވެ.

ރައްޔިތުންގެ މާލީޙާލަތުވެސް ދުވަހެއް ދުވަހެއް މިދަނީ ނިކަމެތި ވަމުންނެވެ. ތަކެތީގެ އަގު ތިންގުނައަށް އުފުލިއްޖެއެވެ.  އެހެންވުމުގެ ސަބަބުން ވައްކަން ކުރުމާއި މާރާމާރީ ގައުމުގައި އިތުރުވަމުންދާ މައިގަނޑު ސަބަބަކީ ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތު ދަށްވަމުން ދާތީކަމުގައި ނުވޭތޯއެވެ؟

 ބޭނުން ނުވާވަރަށް ގިނަ ސިޔާސީ މަގާމުތައް އުފައްދާ ބޭނުންނެތް އެތަކެއް އިސްރާފު ކުރުމުގެ ސަބަބުން    ސަރުކާރުގެ ޚަރަދުތައް ބޮޑުވުމާއިގައުމުގެ ޙާލަތަށް ނުބައްލަވާ އަދިވެސް ގައުމު “ތަރައްގީ” ކުރަން އުޅުމަކީ ދައުލަތް އިނދަ ޖެހޭނެ ކަމެއްކަން މިދަނީ އެނގެމުންނެވެ. ފުރަތަމަ ރަ ގަޅަށް ފެން ބޯށެވެ. އިތުރަށް ފެން ލިބިއްޖެނަމަ ގައި ދޮވެލާނީއެވެ. ބޯން ހުރި ފެންފޮދުން ފެންވަރަން އުޅުމަކީ ބުއްދިވެރި ގޮތެއް ނޫނެވެ. ރައްޔިތުން ރަނގަޅަށް ކައިބޮއި ބަނޑު ފުރާލެވޭވަރު ޚަޒާނާގައި ހުއްޓާ ރައްޔިތުންގެ ޒަރޫރީ އަދި އަސާސީ ހައްގުތަކަށް ހުރަސް އެޅިގެން ދާވަރުގެ ބޭކާރު ޚަރަދު ސަރުކާރުން ކުރަން ހެޔޮވާނެ ހެއްޔެވެ.

    ވައްކަން ކުރާމީހުން ބަނޑު ބިންމަތީގައި ޖެއްސުމުގެ ބަދަލުގައި ވައްކުރީ ކީއްވެތޯ ބައްލަވާ އެސަބަބު ހޯއްދެވުމަށްފަހު އެކަން ކަން ރަނގަޅު ކުރެއްވުމަށް ސަރުކާރަށް ގޮވާލަމެވެ. ވެންޓިލޭޓަރުތަކުގެ ވައްކަމާއި އެމްއެމްޕީއާރސީ ގެ އަދި ކުރީ އެފްޕީއައިޑީގެ ބޮޑު ޚިޔާނާތްތައް ބަލައި ރިކަވަރީ ހައްދަވައި ރައްޔަތުންގެ އެފައިސާތަށް ރައްޔަތުންގެ ޚަޒާނާއަށް ވައްދައިދޭށެވެ.

   ކުރީސަރުކާރުގެ މަތިބަރުކަމާއި އޭ ކިޔާފަ ވެރިކަމަށް އައުމަށްފަހު ދައުލަތުގެ ޙަރަދުތައް ކުރިއަށްވުރެވެސް ބޮޑުކޮށް ދެކޮޅު ޖެހޭ ވަރަށް ވުރެ އެތަކެއްގުނަ އިތުރުކުރުމުގެ ނަތީޖާ މިދަނީ ވަރަށް ހިތިކޮށް ފެންނަމުންނެވެ.

    އިހަށް ދުވަހަކު ސަރުކާރުގެ ޢިމާރާތަކުން ކަރަންޓބިލްތަކަށް ފައިސާ ނުދައްކާތީ  ކަރަންޓް ކަނޑާލިވާހަކަ އިވިގެން ދިޔައެވެ. މިއަދު ގައުމުގެދާޚިލީ ހަމަޖެހުން ދެމެހެއްޓުމުގެ ގާނޫނީ ޒިންމާ އަދާކުރަން ޙަވާލު ވެފައި ވާ ފުލުހުންނަށް ފެޓްރޯލް ކޮޅެއް ނުލިބޭވަރަށް ދަރަނިވެރިވުމަކީ ލަދުވެތިކަަމެކެވެ.  އަދި ޢާންމު ރައްޔަތުން ކުރާ ވިޔާފާރިއަށް މަދަދެއް ނުދެވޭތަނުގައި އެމީހުންގެ ވިޔާފާރި ހުއްޓުމަކަށް ގެނައުން އެއީ ސަރުކާރަކުން ކޮށްގެންވާނޭކަމެއް ނޫނެވެ. 

ދައުލަތް ހިންގުމަށް ސަރުކާރަށް ދެވިފައިވާ ބަޖެޓު ކޮންމެހެން ކުރަންޖެހޭ ޚަރަދު ނޫން ޚަރަދުތައްކޮށް މިދުވަސްވަރު ބަޖެޓް ހުސްކޮށްލުމަކީ ވަރަށް ބޮޑު ޚިޔާނާތެކެވެ. ދައުލަތުގެ ޕޮލިސްފަދަ މުއްސަސާތަކުގެ ވެހިކަލްތަކަށް ތެޔޮ އެޅޭނެ ފެންވަރަށް ދަރަނިވެރިވެ ޢާމްރައްޔަތުންލައްވާ މަސައްކަތް ކުރުވާ ތަކެތި ހޯދުވާފައި ފައިސާނުދިނުމަކީ ލަދުވެތި ޢަމަލެކެވެ. ވިޔާފާރިވެރިޔާ އޭނާގެ ވިޔާފާރި ކުރަން ބޭނުންވާތީ ކުރެޑިޓަށް މުދަލާއި ތަކެތި ދޫކުރިނަމަވެސް ސަރުކާރަކުން އޭގެ ނާޖާއިޒް ފައިދާ މިވަރަށް ނަގާކަށް ނުވާނޫންތޯއެވެ؟ މިފަދަ ވާހަކަ ޚަބަރުތަކުން އިވިގެން އެދިޔައީ ރައްޔިތުންގެ ސަލާމަތާ ކަރާމަތާ މެދު ރައްޔިތުން ކަން ބޮޑުވާނެ މިންވަރަކަން ކަށަވަރެވެ.

  މިޖަހަނީ  ގައުމު ބަންގުރޫޓް ވަމުންދާ ރަނގަބީލު ހެއްޔެވެ. ނޫ ނީ ބަނގުރޫޓްވީ ހެއްޔެވެ؟ ގައިމުވެސް އެތަކެއް ފަހަރަކު ފައިސާ ޖަހައި ރުފިޔާގެ އަގު މިވަނީ ވެއްޓިފައެވެ. ލިބޭ މިންވަރު ނިކަން ދެނެގެން ވި ބޭނުންތައް ބަހާލައިގެން ތަރައްގީ ކުރިއަށް ގެންދާނަމަ ފަޟީހަތެއް ނުވީހެވެ. ނުލިބޭ މިންވަރަށް ޚަރަދު ކުރަން ވިސްނަވާނަމަ ރައްޔަތުންނަށް ލިބޭ ކެހި ވަރަށް ބޮޑުވެދާނެއެވެ.

     ފުރަތަމަ ގައުމީ މަސް ލަޙަތަށް ވިސްނަވާށެވެ. އެންމެ މަސްދޯންޏެއް އޮންނަ ރަށެއްގެ ބަނދަރު ޒަމާނީ ފެންވަރަށް ހެދުމުގެ ބަދަލުގައި އެފައިސާއެރަށު ރައްޔިތުންނަށް ބަހާލިނަމަ އެމީހުން ދަރަނިވެފައިވާ ކަރަންޓް ބިާއި ފެންބިލާއި ސްކޫލްފީން ސަލާމަތްވެ ރައްޔިތުން މާއުފާވީހެވެ. މިކަހަލަ ބޭކާރު ޚަރަދު ކޮށް ކޮށް ގައުމުގެ މުސްތަގްބަލް ވީރާނާ ކޮށްލުމަކީ އަނިޔާވެރި ޢަމަލެކެވެ. އަދިވެސް ސިޔާސީ މަގާމުތައް ދަނީ ގިނަކުރަމުންނެވެ. ތިންމީހުނަށް ކުރެވޭ ކަމެއް ކުރަން މިސަރުކާރުން 20 މީހުން ބޭނުންވާކަމީ ހިންގާ ބޮޑު ޖަރީމާއެކެވެ.

      ފުލުހުންގެ ވެހިކަލް ތަކަށް ބޭނުން ވަގުތެއްގައި ތެޔޮ އެޅެން ޖެހޭނެއެވެ. އަދި ފުލުހުންގެ ބަޖެޓް ބަލަހައްޓަވާ ފަރާތުގެ އިޙުމާލު މިކަމުގައި އޮތީތޯވެސް ބަލަންޖެހޭނެއެވެ. މިހާތަނަށް ފުލުހުންގެ މުވައްސަސާއަށް ކަނޑައަޅާ ބަޖެޓުން ވެހިކަލްތަކަށް ތެޔޮ ނޭޅިގެން އުޅޭވާހަކަ މިގައުމުގައި އަޑުއަހާފައެއް ނެތެވެ.     އެހެނަސް މިހާރު މިވާގޮތް ރައްޔިތުންނަށް ސާފުވާން އެބަޖެހެއެވެ. އެގޮތަކީ  ރައްޔިތުންނަކީ ގައުމުގެ ވެރީންކަމަށް ވާތީއެވެ.

3 Responses

  1. ތިއަ ސިޓީ ފިއުލް ނޫނީ ތެއޮ ވިއްކާތަނެއް ނެތީތަ ޕޮލިހުނެގެ މަސައްކަތް ހުއްޓެނީ

  2. ފަހަލަ ސައީދަކީ ގައުމުގައި ހުރި މައްސަލަތަކަށް ވަކި ފަރާތަކަށް ނުޖެހި އަލި އަޅުވާލެވޭ ފެންވަރުގެ ލިއުންތެރިއެކެވެ. ހިތްވަރު ކުރައްވާށެވެ. ގިނަ ކަންތައް އަދި ޚާއްސަކޮށް ބޮޑެތި ކަންތައް ހަމަޔަކަށް އެޅުވޭނީ އުނދަގޫ ތަކެއް އުފުލައިގެންކަން ގަބޫލުކުރައްވަން ޖެހޭނެއެވެ. ހިތްވަރު އެލުވާލައި އިސްދަށަށް ޖައްސުވަން ހުރަސްތަކެއް ކުރިމަތި ކުރުވާނެއެވެ.

  3. ސިޓީ ފިއުލް އިން ނާޅަދިނީމާ އެހެންތާކުން އެޅިޔަސް އެތަނަށްވެސް ފައިސާ ނުދީ އެދޭފަރާތުގެ ވިޔާފާރި ހުށްޓޭވަރަށް ދަރަނިވެރި ކުރުވާކަން ނުވާނެދޯއެވެ. ވިޔާފާރިއެއް ކުރުމަށް ސަޕޯޓެއްނުދެވޭ ތަނުގައި މިހެން ހަދާކަށް ނުވާނެދޯއެވެ. ފައިސާ ޖަހައިގެންވެސް އެދަރަނިތައް ޚަލާސްކުރުން ރަނގަޅެވެ. އެހެނަށް އިތުރު 100 ބޭނުންނެތް ވަޒީފާ އުފައްދައި ތިމާޕާޓީއަށް މެމްބަރުން ހޯދަދޭނެ ނުވަތަ ޔޭސް މަ ސާރ ކިޔާނެ ބައިގަޑަކަށް ވަޒީފާދީ މުސާރަ ދޭން ހިތައް ތަދެއްވެސްނުވޭތޯއެވެ. ކޮބާތަ 2018ގައި ބޮޑު ޝެއިޚު އިލްޔާސް އާއި ފައިސަލް ނަސީމު އޭރު މާކެޓްކުރި ސޯލިޙު ރައީސް. ނަމުން ސޯލިޙު ކަމުންވެސް ސޯލިޙުވާނޭ ގައިމު ވަރަށް މާކެޓީން ކުރިއެވެ. މިހާރު އެވެރިންވެސް ބޮދައިފިއެވެ. ނުނީ އިންޑިއާގެ ދޮލަނގުން ރަނގަޅަށް ކެއީއެވެ. ހެޔޮވާނީ ކިހިނެއްތޯއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ އަޕްޑޭޓް