އާންމުންނަށް ހުޅުވާލި 100 ކޯޓާގެ ގުރުއަތުލުން އަންނަ ހޯމަގައި

Loading

Facebook
Twitter
WhatsApp

މިއަހަރު ހައްޖަށް މީހުންގެންދިއުމަށް ރާއްޖެއަށް ލިބުނު ކޯޓާތަކުގެ ތެރެއިން އާންމުންނަށް ހުޅުވައިލި 100 ކޯޓާއަށް އެދުނު ފަރާތްތަކުގެ ގުރުއަތުލުން އަންނަ ހޯމަ ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ.

 
މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ހައްޖުވެރިން ގެންދިއުމަށް ދިވެހި ރާއްޖެއަށް ލިބިފައިވާ 453 ކޯޓާ ސަރުކާރުން ދީފައިވަނީ ހަމައެކަނި މޯލްޑިވްސް ހައްޖު ކޯޕަރޭޝަނަށެވެ.

އޭގެ ތެރެއިން 352 ޖާގަ ޚާއްސަކޮށްފައިވަނީ ހައްޖަށް ދާން ހައްޖު ކޯޕަރޭޝަންގެ ކިއުގައި މިވަގުތު ތިބި މީހުންނަށެވެ. ބާކީ 100 ޖާގަ ހާއްސަކޮށްފައިވަނީ އާންމުނަށެވެ. މި ޖާގައަށް އެދި ހުށަހެޅުމުގެ މުއްދަތު މިދިޔަ ހޯމަ ދުވަހު ހުޅުވާލާފައިވާއިރު މި މުއްދަތު މިއަދު ހަވީރު 6:00 ހަމަވާނެއެވެ.
ހައްޖުކޯޕަރޭޝަނުން ބުނީ އާންމުންނަށް ހުޅުވާލި ޖާގައަށް އެދޭ ފަރާތްތަކުގެ ގުރުއަތުނެގުން އޮންނާނީ އަންނަ ހޯމަ ދުވަހުގެ މެނދުރު 14:30 އިން 17:00 އަށް ކަމަށެވެ. އަދި މި ގުރުއަތުނެގުން ދައުލަތުގެ މީޑިއާ ޕީއެސްއެމް ނިއުސްއިން ލައިވްކޮށް ދައްކާނެ ކަމަށް ވެސް ހައްޖުކޯޕަރޭޝަނުން ބުނެއެވެ.

އާއްމުންނަށް ހުޅުވާލި 100 ކޯޓާގައި ހައްޖަށް ގެންދިއުމަށް ނަގާ އަގަކީ 76960 ރުފިޔާއެވެ. މިއީ ކުރިން ނަގަމުންދިޔަ އަގަށްވުރެ ބޮޑު އަގެކެވެ.

 މި ކޯޓާގައި ޙައްޖަށް ދިއުމަށް ގުރުއަތުން ހޮވުނުކަން އަންގާ ތާރީހުން ފެށިގެން 3 ދުވަހުގެ ތެރޭގައި ފައިސާ ދައްކަން ޖެހެއެވެ.

މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއަށް މަދު އަދަދެއްގެ ކޯޓާލިބިފައިވާއިރު، ސަޢުދީން އާއްމުކޮށްފައިވާ ލިސްޓަށް ބަލާއިރު މިއަހަރު އެންމެ ގިނައިން ކޯޓާ ދޫކޮށްފައިވަނީ އިންޑޮނޭޝިއާއަށެވެ. އެ ގޮތުން އެޤައުމަށް 100051 (އެއްލައްކަ ފަންސާސް އެކެއް) ކޯޓާ ވަނީ ދީފައެވެ. ޕާކިސްތާނަށް 81،132 ކޯޓާ ދީފައިވެއެވެ. އިންޑިއާއަށް 79،237 ކޯޓާ ދީފައިވާއިރު ބަންގްލަދޭޝްއަށް ލިބިފައިވަނީ 57،585 ކޯޓާއެވެ. އަދި ދެން އެންމެ ގިނައިން ކޯޓާ ލިބިފައިވާ ނައިޖީރިއާއަށް ދީފައިވަނީ 43،008 ކޯޓާއެވެ

މިއަހަރުގެ ޙައްޖުގެ ބައިވެރިން ވާންޖެހޭނީ ކޯވިޑް ވެކްސިން ފުރިހަމަކޮށްފައިވާ، 65 އަހަރުން ދަށުގެ މީހުންނަށެވެ. އަދި ސަޢުދީން ބޭރުން އަންނަ ޙާއްޖާޖީން އެތެރެވުމުގައި ނެގެޓިވް ޕީ.ސީ.އާރު ޓެސްޓެއް ހުށަހަޅަންޖެހޭނެއެވެ. މިއަހަރުގެ ޙައްޖުގެ އަޅުކަން ފެށޭނެކަމަށް ކަލަންޑަރުގައިވާ ތާރީޚަކީ ޖުލައިމަހުގެ 8 ވަނަ ދުވަހެވެ

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް