މެންބަރުން ހަމަނުވާ ސިޔާސީ ޕާޓީތައް އުވާލާނެކަމުގެ އިންޒާރެއް

Loading

Facebook
Twitter
WhatsApp

ގާނޫނުގައި ބަޔާންކޮށްފައިވާ އަދަދަށް ޕާޓީގެ މެމްބަރުން ހަމަނުވާ ސިޔާސީ ޕާޓީތައް އުވާލާނެ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަން ކޮމިޝަނުން ބުނީ ގާނޫނުގައި ބުނާ 3000 މެންބަރުން ހަމަނުވާ ސިޔާސީ ޕާޓީތައް މިމަހުގެ 14ގެ ފަހުން އުވާލެވޭނެ ކަމަށެވެ.
މެންބަރުންގެ އަދަދު ގާނޫނުގައި ބުނާ އަދަދަށްވުރެ މަދުވުމާއި ގުޅިގެން އިލެކްޝަން ކޮމިޝަނުން ވަނީ ހަތަރު ޕާޓީއަކަށް ނޯޓިސް ފޮނުވާފައެވެ. އިލެކްޝަނުން ބުނީ އެ ހަތަރު ޕާޓީ އަކީ 3000 މެންބަރުންގެ ސޮއާ އެކު ރަޖިސްޓްރީ ކުރުމަށް ފަހު ޕާޓީން މެންބަރުން މަދުވެފައިވާ ޕާޓީތައް ކަމަށެވެ. އެ ޕާޓީތަކަށް މި މަހުގެ 14 ގެ ކުރިން 3000 މެންބަރުން ހަމަކުރުމަށް ވެސް އިލެކްޝަނުންވަނީ އަންގާފައެވެ.


ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ބުނެފައިވާ ގޮތުގެ މަތީން 3000 މެންބަރުންގެ ސޮއެއާއިއެކުގައި ރެޖިސްޓްރީ ކުރި ނަމަވެސް އެކި ސަބަބުތަކާއި ހުރެ ޕާޓީން މެންބަރުން ވަކިވުމާއި ގުޅިގެން 4 ޕާޓީއެއްގެ މެންބަރުންގެ އަދަދު 3000 އަށް ވުރެ ދަށް ވުމާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ވަނީ ނޯޓިސް ފޮނުވާފައެވެ. ކޮމިޝަނުން ވަނީ މިމަހުގެ 14ގެ ކުރިން 3000 މީހުން ހަމަކުރުމަށް އެޕާޓީތަކަށް ނޯޓިސް ފޮނުވާފައެވެ.

ޤާނޫނުގައި ބުނާ އަދަދަށް މެމްބަރުން ހަމަނުވެގެން ނޯޓިސް ފޮނުވާފައިވަނީ ޑީއާރުޕީ އާއި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)، މޯލްޑިވްސް ލޭބަ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީ)، މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓިކްސް (އެމްޓީޑީ) އަށެވެ.

މުއްދަތު ހަމަނޖުވާ ޕާޓީތަކުން ވަނީ މެންބަރުން ހަމަކުރުމަށް އިލެކްޝަން ކޮމިޝަނުން ދީފައިވާ މުއްދަތު އިތުރު ކުރުމަށް އެކޮމިޝަނަށް އެދިފައެވެ. ނަމަވެސް އިލެކްޝަން ކޮމިޝަނުން ބުނީ މުއްދަތު އިތުރުކުރުމަށް ފުރުސަތު ދޭން ނުވިސްނާކަމަށެވެ.
ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި 11 ސިޔާސީ ޕާޓީއެއް އޮވެއެވެ. އެއީ  ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ)، ދިވެހިރައްޔިތުންގެ ޕާޓީ (ޑީ.އާރް.ޕީ)، ޢަދާލަތު ޕާޓީ (އޭ.ޕީ)، ޖުމްހޫރީ ޕާޓީ (ޖޭ.ޕީ)، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް)، މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމް.ޑީ.އޭ)، މޯލްޑިވްސް ތާރޑްވޭ ޑިމޮކްރެޓްސް (އެމް.ޓީ.ޑީ)، މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެމް.އެލް. އެސް.ޑީ.ޕީ)، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ)، މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމް.އާރް.އެމް) އިތުރުން މޯލްޑިވްސް ނެޝަނަލް ޕާޓީ(އެމް. އެން. ޕީ) އެވެ.

Loading

One Response

  1. ދިވެހިރައްޔިތުން ސިޔާސީ ޕާޓީ ބޭނުންނުވާކަން މިހާ ސާފުކޮށް އެނގޭއިރުވެސް ގަދަކަމުންވެސް ޕާޓީ ހަދައިގެން ޕާޓީއަށް މީހުން ވައްދަން ޖެހޭ ހެއްޔެވެ ؟

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް