42 ކިލޯގެ މަސްތުވާތަކެތި އެތެރެ ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުން ދޫކޮށްލައިފ

Loading

Facebook
Twitter
WhatsApp

ރާއްޖެއަށް 42 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި ދެ މީހުން ދޫކޮށްލައިފިއެވެ.

މަސްތުވާތަކެތީގެ މި މިމައްސަލައިގެ ހައްޔަރުކޮށްފައިވަނީ ކ. މާލެ، ދަފްތަރު އަހްމަދު ހުސައިނާއި މއ. ނޫރުއް، އަބްދުއްލާ ނަޝީދު އެވެ.
އަބްދުއްލާ ނަޝީދު، އެ މައްސަލައިގައި ހައްޔަރުކުރީ މާޗް 24 ވަނަ ދުވަހުގެ ރޭ ފުލުހުން ހިންގި އޮޕަރޭޝަނުގަ އެވެ. އެ އޮޕަރޭޝަނުގައި އަތުލައިގަތް 42 ކިލޯގެ ހެރޮއިން ފެނުނީ މ. ލަވްނެސްޓް ގޭގެ ތަޅުމުގެ ދަށުގައި ފޮރުވާފައި ހުއްޓަ އެވެ.

ފުލުހުން ކޯޓުގައި ބުނެފައިވާ ގޮތުން ނަޝީދުގެ އަތުން ވަނީ ގިނަ އަދަދެއްގެ ފައިސާ ފެނިފަ އެވެ. އަދި ގިނަ އަދަދެއްގެ ހެކިވެސް ފުލުހުން ކޯޓުގައި ހުށަހަޅާފައިވެއެވެ.

ފުލުހުން ތުހުމަތުކުރާގޮތުގައި އަހުމަދު ހުސައިނަކީ އެންމެ އިސް މީހާ އެވެ. އޭނާ އަކީ ނިމިގެން ދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އިދިކޮޅު ޕީއެންސީގެ ޓިކެޓްގައި އަލިފުށި ދާއިރާ އަށް ވާދަކުރެއްވި ކެންޑިޑޭޓެކެވެ.

ނަޝީދަކީ މަސްތުވާތަކެތީގެ މައްސަލައެއްގައި 2006 ވަނަ އަހަރު އުމުރަށް ޖަލަށްލާފައިވާ މީހެކެވެ.

މި މައްސަލައާއި ގުޅިގެން އެ މީހުން ދޫކޮށްލާފައިވާ ކަން ފުލުހުން ޔަގީންކޮށްދެ އެވެ. ނަމަވެސް އިތުރު ތަފްސީލް ހިއްސާކޮށްފައެއް ނުވެ އެވެ.

Loading

One Response

  1. ތިވާނީ މަސްތުވާ ތަކެއްޗަށް ހުޅުވަލި ދޮރު އެއްކޮށް ބަންދުކުރަން އެޅި މުހިންމު ފިޔަވަޅަކަށް.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް