ކީރިތި ރަސޫލާއަށް ފުރައްސާރަކުރިކުރުން ޝަހީމް ކުއްވެރިކުރައްވައިފި

Loading

Facebook
Twitter
WhatsApp

ކީރިތި ރަސޫލާ އަށް ފުރައްސާރަކޮށް އިންޑިއާގވެރިކަންކަން ކުރާ ބީޖޭޕީގެ ތަރުޖަމާނު އެ ގައުމުގެ ޓީވީއެއްގައި ދެއްކި ވާހަކަތައް ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ، ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ކުށްވެރިކުރައްވައިފިއެވެ.

ޝަހީމް ވިދާޅުވީ އިންޑިއާގެ ވެރިކަންކުރާ ޕާޓީގެ ތަރުޖަމާނު އިސްލާމްދީނުގެ މަތިވެރި ނަބިއްފުރައްސާރަކުރި ކުރުން އެންމެ މަތީ ދަރަޖައިގައި ކުށްވެރިކުރާކަމަށެވެ. އަދި މިފަދަ ޢަމަލުތަކަކީ ބަލައިގަނެވޭނެ ކަންކަމެއް ނޫންކަމަށް ޝަހީމް ވިދާޅުވިއެވެ.

ތަރުޖަމާނު ދެއްކި ވާހަކަތަކާއި ގުޅިގެން ޝަހީމް ކުރެއްވި ޓްވީޓެއްގައި ވަނީ އިންޑިއާއަށް މިނިވަންކަން ހޯއްދަވައިދެއްވި އަދި އިންޑީއާގެ އެންމެ ވަރުގަދަ އެއްސަޚްސިއްޔަތު މަހާތުމާ ގާންދީ ކީރިތި ރަސޫލާއަށް ނިސްބަތްކޮށް ދައްކަވާފައިހުރި ހެޔޮ ބަސްފުޅުތަކެއް ހިއްސާކުރައްވަމުން ޝަހީމް ވިދާޅުވީ އިންޑިއާގެ އަދުގެ ޖީލު އެއިން މިސާލު ނަންގަވަން ޖެހޭ ކަމަށެވެ.

ބީޖޭޕީގެ ތަރުޖަމާނު ރަސޫލާއަށް ފުރައްސާރަކޮށް ދެއްކި ވާހަކަތަކާއި ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުން އެކަމާ ނުރުހުން ފާޅުކުރަމުންއަންނައިރު މި ވާހަކަތަކާ ގުޅިގެން އިންޑިއާގެ މުދާ ބޮއިކޮޓުކުރަން ގޮވައިލާ ސޯޝަލް މީޑީއާގައި ކެމްޕެއިންނެއްވެސް ވަނީ ފަށާފައެވެ. އެހެނިހެން ގައުމުތަކުގެ އިތުރުން އިންޑިއާގެ މުސްލިމުން ވެސް އަންނަނީ އެވާހަކަތަކާ ގުޅިގެން ނުރުހުން ފާޅުކުރަމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް