ވިލިގިލީގައި 50 ހައުސިން ޔުނިޓް އަޅަން ބަޔަކާ ހަވާލުކޮށްފި

Facebook
Twitter
WhatsApp
Wy0TkRmWIzl816fScCGRj6yQPhVCz5JZwNhmzM6r

ގއ. ވިލިނިގިލީގައި 50 ހައުސިން ޔުނިޓް އެޅުމަށް ދޮންބޭޒް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފި އެވެ.

ޕްލޭނިން މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ޑިރެކްޓާ ޖެނަރަލް އަހްމަދު ވިޝާން ނަސީމު އެވެ. ދޮންބޭޒްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ހެޑް އޮފް އޮޕަރޭޝަން އަލީ ހަމްދޫނެވެ.

ތިން ކޮޓަރީގެ މި ހައުސިން މަޝްރޫގައި ހިމެނޭ ހައުސިން ޔުނިޓެއްގައި 700 އަކަފޫޓް ހުރެއެވެ. އަދި މި ހައުސިން ޔުނިޓްތަކުގައި  ތިން ފާހާނާ، ސިޓިންރޫމް، ބަދިގެ، ކާގެ، ބެލްކަނި، ލޯންޑަރީ އަދި ސްޓޯ ރޫމެއް ވެސް ހިމެނެ އެވެ.


48.2 މިލިއަން ރުފިޔާގެ މި މަޝްރޫއު އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 270 ދުވަހުގެ ތެރޭ ނިންމާ ގޮތަށެވެ.

މި މޝްރޫއަކީ މިއަހަރަށް ފާސްކޮށްފައިވާ ދައުލަތުގެ ޕީއެސްއައިޕީ ބަޖެޓުގެ ތެރެއިން ހަރަދުކޮށްގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މަޝްރޫއެކެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ މި ހައުސިން ޔުނިޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ހިތްފަސޭހަ މާހައުލެއް ގާއިމުކުރުމަށްޓަކައި ޔުނިޓްތައް ވަށައިގެން އަލި ކުރެވޭނެ ކަމަށާއި އަދި މުނިފޫހިފިލުވާލުމަށް ޕާކަކާއި ވެހިކަލް ޕާކް ކުރާނެ ސަރަހައްދެއް ވެސް ގާއިމުކުރާނެ ކަމަށް ޕްލޭނިން މިނިސްޓްރީން މައުލޫމާތު ދީފައިވެ އެވެ.

One Response

  1. 3 ކޮޓަރީގެ 50 ގެ ނޫނީ އެޕާރޓްމެންޓް ނޫނީ ހައުސިންގ ޔުނިޓް ރާއްޖެތެރޭގެ ރަށެއްގައި މި އަޅާދެނީ ވިޔަފާރިއުސޫލުން 48.2 މިލިއަން ރުފިޔާއާށެވެ. ގެ އެއްގެ އަގަކީ ގާތްގަނޑަކަށް އެއް މިލިއަން ރުފިޔާއެވެ. ހުޅުމާލޭގައި ވިޔަފާރި އުސޫލުން އަޅާފައިހުރި މި ފެންވަރުގެ ހައުސިންގ ޔުނިޓެއް ވިއްކެނީ ވަގުތުން ފައިސާ ދައްކާނަމަ 2.5 އާއި 3.5 މިލިއަން ރުފިޔާގެ އަގަކަށެވެ. ވިސްނާ ވިސްނާވެސް މިވާގޮތެއް ނުވިސްނުނެވެ. މިއީ މަގޭ ވިސްނުމުގާހުރި އުނިކަމަކަށް ވެދާނެއެވެ. އަޅޭ ރަނގަޅު ވިސްނުންހުރި ބޭފުޅަކު މަށަށްވެސް އޮޅުންފިލުވާދީބަލާށެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް