ސްކޫލްތަކުގެ ގޭޓްތައް ތަޅުލައިފައި ބެހެއްޓުމަށް އަންގައިފި
ސްކޫލުތަކުގައި ކިޔަވައިދެމުންދާ ވަގުތުތަކުގައި ގޭޓްތައް ތަޅުލާފައި ބެހެއްޓުމަށް އެޑިޔުކޭޝަން މިނިސްޓްރީ ސްކޫލްތަކަށް އަންގައިފި އެވެ. އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް އެންގި އެންގުމުގައި ބުނެފައިވަނީ ސްކޫލުތަކަކީ ދަރިވަރުންނާއި މުވައްޒަފުންނަށް އަބަދުވެސް ރައްކާތެރި ތަނަކަށް ހެދުމަށް މިނިސްޓްރީން މަސައްކަތް ކުރަމުންދާ ކަމަށެވެ. ސްކޫލްތަކަށް ގޭޓް ތަޅުލާފައި ބެހެއްޓުމަށް އެންގުމުގެ އިތުރުން ވެސް ވަނީ ސަލާމަތީ ކަންކަން ވަރުގަދަކުރުމަށް އިތުރުކަންކަން ކުރުމަށްވެސް އެޑިއުކޭޝަނުން ވަނީ ސްކޫލްތަކަށް އަންގާފައެވެ. އެގޮތުން ކިޔަވައިދޭ ވަގުތުތަކުގައި ސްކޫލް ގޭޓުގައި ސެކިއުރިޓީ ބެލެހެއްޓުމާއި ސެޝަންތައް ފެށޭ ވަގުތު […]
ތެލުން ސަބްސިޑީ އަށް ހޭދަކުރާ މިންވަރު އިތުރުކުރަން ގޮވާލައިފި
ސަރުކާރުން ތެލުގެ ސަބްސިޑީއަށް ހޭދަކުރާ އަދަދު އިތުރުކުރުމަށް ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) އިން ގޮވާލައިފި އެވެ. ބީކޭއެމްޔޫއިން ބުނީ ތެލަށް ކުރާ ހަރަދު ބޮޑުވުމުގެ ސަބަބުން މަސްވެރިކަމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުން އަންނަކަމަށެވެ. އެ ޔޫނިއަނުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ މަހައްފުރަން ބިރު ބޮޑުވެއްޖެ ކަމަށާ މަސްވެރިންނަކީ ސިޔާސީ އައްޑަނައަކަށް ނުހަދާ މަސްވެރިންނަށް އަޅަލުން މުހިންމުކަމަށެވެ. “ ތެލުގެ އަގު އިންތިހާއަށް އުފުލިއްޖެ. ދޯނިފަހަރު މަހައްފުރަން ބިރުބޮޑުވެއްޖެ. މަސްވެރިންނަކީ ސިޔާސީ އައްޑަނައަކަށް ނުހައްދަވާ މި […]
ތިނަދޫގައި މަސްބަންދުކުރާ ކާރުޚާނާއެއް އަޅަން ބަޔަކާ ހަވާލުކޮށްފި
ގދ.ތިނަދޫގައި ދަޅުމަސް ބަންދުކުރެވޭ ކާރުޚާނާއެއް އެޅުމަށް އަޒްރޯވާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ. ތިނަދޫ ކައުންސިލުން ބުނީ މި ކާރުޚާނާއަކީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކައުންސިލްތަކަށް ލިބޭ ބާރާއެކު، ޕްރައިވެޓް ސެކްޓަރ ކުރިއެރުވުމަށް އެހީވުމަށް ކުރިއަށްގެންދާ މަޝްރޫއުގެ ބައެއް ކަމަށެވެ. ތިނަދޫ ކައުންސިލުން މައުލޫމާތު ދޭގޮތުގައި 25 ޓަނުގެ މަސް ޕްރޮސެސްކުރެވޭނެ ކެޕޭސިޓީގެ މި ކާރުޚާނާ ހިންގާނީވެސް އެތަން އަޅަން ހަވާލުކުރި އަޒްރޯވާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުންނެވެ. ކައުންސިލުން ބުނީ މި ފެކްޓްރީގައި 1500 ޓަނުގެ މަސް […]
ހަވަރު ތިނަދޫން މީހުން ބޭލި ކާރިސާ-1
ހަވަރު ތިނަދޫން މީހުން ބޭލި ކާރިސާއަކީ ދުނިޔޭގެ އެއްވެސް ސަރުކާރަކުން ހިންގާފައި ނުވާފަދަ އަނިޔާވެރި ޖަރީމާއެކެވެ. 1962 ވަނަ އަހަރު ހަވަރު ތިނަދޫ އިން އެރަށުގެ 4800 ރައްޔިތުން ރަށުން ބޭލުވި ބޭލުމަކީ އިން ސާނިޔަތުގެ ކުޑަވަރުވެސް ނެތް އަނިޔާވއިން ފުރިގެންވާ ބިރު ވެރި ޖަރީމާއެކެވެ. ކުޑަކުދީންނާ މުސްކުޅީންނާ ކިރުދޭ ކުދީންނާ ކުޑަކުދީންގެ އިތުރުން ވިހަން ބަނޑުގައި ރިހި ރިހި ތިބި އަންހެނުން ނާ ފަތަން ނުދަންނަ މީހުނާ ތިބި އިރު އެންމެހައި ރައްޔިތުން އާމާން ދީފައި […]
ޔޫކްރެއިން އާއި ރަޝިޔާގެ ހަނގުރާމަ ޔޫރަޕް އަދި އެމެރިކާ ދެކޭގޮތް
1940 ގެ އަހަރުތަކުގައި ޖަރުމަނުގެ ލަޝްކަރުތައް ހުއްޓުވުމުގެ ބާރެއް ޔޫރަޕްގެ ގައުމުތަކަށް ލިބިފައެއްނެތެވެ. އޮސްޓްރިއާ ޕޮލޭންޑް ޑެންމާރކް ނޯރވޭ ދަ ނެދަރލޭންޑްސް ބެލްޖިއަމް ލަގްޒެމްބާރގް އަދި ފަރަންސޭސިވިލާތް އޮތީ ޖަރުމަނުންގެ ބާރުގެ ދަށުގައެވެ. އިނގިރޭސިވިލާތުގެ ކުރިމަތީގައިއޮތީ ގޮތްނޭގޭ ވަރަށް އަދިރި ދުވަސްތަކެކެވެ. ”ޑިމޮކްރެސީ ވަޅުލެވިއްޖެއެވެ. “ މިއީ ފަރަންސޭސި ވިލާތް ޖަރމަނުންގެ އަތްމައްޗަށް ވެއްޓެމުން ދިޔައިރު އެދުވަސްވަރުގެ ޙާލަތު އެމެރިކާގެ ރައީސް ފްރޭންކްލިން ޑީ. ރޫޒްވެލްޓަށް ބަޔާންކޮށް ދިނުމަށްޓަކައި އިނގިރޭސިވިލާތުގައި ހުންނެވި އެމެރިކާގެ ސަފީރު ޖޯސެފް ކެނެޑީ ބޭނުންކުރެއްވި އިބާރާތެވެ. ވިންސްޓަން ޗާރޗިލް ކަހަލަ ވަރުގަދަ […]
ހައިސްޕީޑް ފެރީން ޓިކެޓްނެގުމަށް ހާއްސަ އެޕެއް ތައާރަފްކޮށްފި
ހައި ސްޕީޑް ފެރީ ނިޒާމަކުން ރާއްޖެ ގުޅާލުމަށް ފަރުމާކޮށްފައިވާ “އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް” މަޝްރޫއުގެ ދަށުން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް)ގެ ދަތުރުތަކަށް ޓިކެޓު ނެގުމަށް ހާއްސަގެން ވެބްސައިޓަކާއި އެޕްލިކޭޝަނެއް ތައާރަފްކޮށްފިއެވެ. ޕްލޭނިން މިނިސްޓްރީން ބުނީ މި އެޕްލިކޭޝަން އެޕަލް ސްޓޯރުންނާއިގޫގުލް ޕްލޭ ސްޓޯރުން މިހާރު ޑައުންލޯޑު ކުރެވޭނެ ކަމަށާ މި އެޕް މެދުވެރިކޮށް ޓިކެޓްގަނެވޭނެކަމަށެވެ. އަދި މީގެ އިތުރުން ޓިކެޓް ނެގުމަށް ހާއްސަ ވެބްސައިޓެއްވެސް ތައާރަފްކޮށްފައިވާކަމަށް ޕްލޭނިން މިނިސްޓްރީން ބުނެއެވެ. […]
ބެންކޮކް އެއާވޭސް ދަތުރުތައް ފަށަނީ
ކޮވިޑާއި ގުޅިގެން ހުއްޓާލައިފައިވާ ބެންކޮކް އެއާވޭސްގެ ދަތުރުތައް އަލުން ރާއްޖެއަށް ފެށުމަށް ނިންމައިފި އެވެ. ކޮވިޑާއި ގުޅިގެން މާޗް 2020ގައި ބެންކޮކް އެއާވޭސް ދަތުރުތައް ހުއްޓާލިއިރު ރާއްޖޭގެ މީހުންގެ އާންމުކޮށް ދަތުރުކުރާ ތައިލެންޑްގެ ބެންކޮކަށް ހަފްތާ އަކު ހަތަރު ދަތުރު ސީދާ ދަތުރުގެ ގޮތުގައި ދިޔައީ ކުރަމުންނެވެ. އަދި އަލުން ދަތުރުތައް ފަށާއިރުވެސް ކޮންމެ ހަފްތާއެއްގެ އާދިއްތަ، ހޯމަ ބުދަ އަދި ހުކުރު ދުވަހު ދަތުރު ޝެޑިއުލް ވަނީ ކޮށްފައެވެ. ބެންކޮކް އެއާވޭސްގެ ދަތުރުތައް ބެންކޮކްގެ ސުވަނަބަމީ […]
ބޯޓިން އެވޯޑަށް ކުރިމަތި ލުމުގެ ފުރުސަތު  ހުޅުވާލައިފި
މިއަހަރުގެ މޯލްޑިވްސް ބޯޓިން އެވޯޑަށް ކުރިމަތި ލުމުގެ ފުރުސަތު އިއްޔެއިން ފެށިގެން ހުޅުވާލައިފިއެވެ. ނޭޝަނަލް ބޯޓިން އެސޯސިއޭޝަނުން އިމްތިޒާމްކޮށްގެން ބާއްވާ ބޯޓިން އެވޯޑަކީ ޓޫރިޒަމް ދާއިރާގައި ބޭނުންކުރާ ޔޮޓް، ސަފާރީ އަދި ޑައިވިން ދޯނި ފަދަ އުޅަނދުތަކަށް ދޭ ހާއްސަ އެވޯޑެކެވެ. އަމިއްލަ ގޮތުންނާއި އަދި އެހެން ފަރާތްތަކަށް ހުށަހެޅޭ މި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ 15 އާއި ހަމައަށް ވަނީ ހުޅުވާލާފައެވެ. ބޯޓިން އެސޯސިއޭޝަނުން ބުނީ މި އެވޯޑް ދިނުމުގެ ބޭނުމަކީ ރާއްޖޭގެ […]
ޒަމާނަށް ހޭނުލާ ތިބެގެން އަމާނެއް ލިބި ނެތޭ ދާކަށް….
”އިންޑިއާ އައުޓް“ ނުވަތަ އިންޑިއާ މިލިޓަރީ އައުޓް ރާއްޖޭގެ ގިނަ ރައްޔިތުން ގޮވަމުން ގެންދިއުމާ ދޭތެރޭ މިހާރު ފުންކޮށް ވިސްނާލަން ޖެހެއެވެ. އެހެނީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙުގެ ގަރާރަކުން ”އިންޑިއާ އައުޓް“ ގޮވުން މިވަނީ ބޮޑު ޖިނާޢީ ކުށަކަށް ހަދައި ފުލުހުންނާއި ސިފައިން ލައްވައި އެފަދަ ލިޔުމެއް ގެންގުޅޭނަމަ މަގުމަތީން ބަނޑުމުސާރައަށް ބައްދައިގެން ނަމަވެސް އެފަދަ އެއްޗެއް އަތުލާން ފަށާފައެވެ. ގައުމުގެ ގިނަ ބަޔަކު ގަބޫލު ކުރާގޮތުގައި އަދި އިދިކޮޅު ކޯލިޝަނުންވެސް ބުނަމުން ގެންދަނީ މިއީ ރައީސް ޞާލިޙު ދިވެހި ރާއްޖޭގެ ގާނޫނީ ހުރިހާ އިމެއްގެ ބޭރުން ކުރައްވާ ކަމެއްކަމަށެވެ. ކުރީގެ ރައީސް […]
އީރާނުގެ ނިއުކްލިއާ ސަރަހައްދުތަކުގާ ހަރުކޮށްފާވައިވާ 27 ކެމެރާއެއް އިރާނުން ނަގައިފި
އ.ދ ގެ ނިއުކްލިއާ ހަތިޔާރުތަކާ ބެހޭ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި އިރާނުގެ ނިއުކްލިއާ ސަރަހައްދުތަކުގާ ބަހައްޓާފައިވާ ސާވޭލަންސް ކެމެރާތައް އިރާނުން ވަނީ ނަގަންފައްޓާފައެވެ. އ.ދން ބުނެފައިވާ ގޮތުގައި މީގެ ސަބަބުން 2015ގައި ހެދިފައިވާ ނިއުކްލިއާ ހަތިޔާރު އުފެއްދުމާ ބެހޭ އެއްބަސްވުން އާ ކުރުމަށް ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހިދާނެއެވެ. ބައިނަލްއަގުވާމީ އެޓޮމިކް އެނާޖީ އޭޖަންސީގެ ޑައިރެކްޓަރު ކަމަށްވާ ރަފާލް ގްރޮއްސީ ވިއެނާގައި ކުއްލި ގޮތަކަށް ބޭއްވި ނޫސްބައްދަލުވުމެއްގައި އޭނާ ވަނީ ކެމެރާތައް އިރާނުން ނެގުމަކީ ނިއުކްލިއާ ހަތިޔާރާ […]