ބޯޓިން އެވޯޑަށް ކުރިމަތި ލުމުގެ ފުރުސަތު  ހުޅުވާލައިފި

Loading

Facebook
Twitter
WhatsApp

މިއަހަރުގެ މޯލްޑިވްސް ބޯޓިން އެވޯޑަށް ކުރިމަތި ލުމުގެ ފުރުސަތު އިއްޔެއިން ފެށިގެން ހުޅުވާލައިފިއެވެ.

ނޭޝަނަލް ބޯޓިން އެސޯސިއޭޝަނުން އިމްތިޒާމްކޮށްގެން ބާއްވާ ބޯޓިން އެވޯޑަކީ ޓޫރިޒަމް ދާއިރާގައި ބޭނުންކުރާ ޔޮޓް، ސަފާރީ އަދި ޑައިވިން ދޯނި ފަދަ އުޅަނދުތަކަށް ދޭ ހާއްސަ އެވޯޑެކެވެ. އަމިއްލަ ގޮތުންނާއި އަދި އެހެން ފަރާތްތަކަށް ހުށަހެޅޭ މި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ 15 އާއި ހަމައަށް ވަނީ ހުޅުވާލާފައެވެ.

ބޯޓިން އެސޯސިއޭޝަނުން ބުނީ މި އެވޯޑް ދިނުމުގެ ބޭނުމަކީ ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި ހިދުމަތް ދިނުމަށް ބޭނުންކުރާ އުޅަނދުފަހަރުގެ ހިދުމަތުގެ ފެންވަރުމަތި ކުރުމަށް ބާރު އެޅުމާއި އެކަމުގެ އަގުވަޒަންކޮށް، ހިތްވަރު ދިނުމެވެ.

ބޯޓިން އެސޯސިއޭޝަނުން ބުނީ މި އަހަރުގެ އެވޯޑް ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު މަހުކަމަށާ މިއަހަރުގެ ބޯޓިން އެވޯޑްސްގައި ތަފާތު 29 ދާއިރާއަކުން އެވޯޑް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.  މީގެތެރޭގައި އަމިއްލަގޮތުންނާއި އަދި ކުންފުނިތަކުގެ ބައިންވެސް އެވޯޑްތައް ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެ އެސޯސިއޭޝަނުން ބުނެއެވެ.

ބޯޓިން އެވޯޑަކީ މި އެވޯޑަކީ 2014ވަނަ އަހަރުން ފެށިގެން ދެމުންއަންނަ އެވޯޑެކެވެ. ނަމަވެސް ކޮވިޑް-19 އާއި ގުޅިގެން ފާއިތުވި 2 އަހަރުވެސް މި އެވޯޑް ހަފްލާ ބޭއްވިފައެއް ނުވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް