ތިނަދޫގައި މަސްބަންދުކުރާ ކާރުޚާނާއެއް އަޅަން ބަޔަކާ ހަވާލުކޮށްފި

Loading

Facebook
Twitter
WhatsApp

ގދ.ތިނަދޫގައި ދަޅުމަސް ބަންދުކުރެވޭ ކާރުޚާނާއެއް އެޅުމަށް އަޒްރޯވާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ.

ތިނަދޫ ކައުންސިލުން ބުނީ މި ކާރުޚާނާއަކީ  ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކައުންސިލްތަކަށް ލިބޭ ބާރާއެކު، ޕްރައިވެޓް ސެކްޓަރ ކުރިއެރުވުމަށް އެހީވުމަށް ކުރިއަށްގެންދާ މަޝްރޫއުގެ ބައެއް ކަމަށެވެ.

ތިނަދޫ ކައުންސިލުން މައުލޫމާތު ދޭގޮތުގައި  25 ޓަނުގެ މަސް ޕްރޮސެސްކުރެވޭނެ ކެޕޭސިޓީގެ މި ކާރުޚާނާ ހިންގާނީވެސް އެތަން އަޅަން ހަވާލުކުރި އަޒްރޯވާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުންނެވެ. ކައުންސިލުން ބުނީ މި ފެކްޓްރީގައި 1500 ޓަނުގެ މަސް ފިނިކުރާ ނިޒާމެއް ވެސް ގާއިމުކުރެވޭނެކަމަށެވެ.

200 ލިއަން ރުފިޔާގެ މި ޕްރޮޖެކްޓް ހިންގުމަށް 230000 އަކަފޫޓުގެ ބިމެއް ރަށުގެ އިންޑަސްޓްރިއަލް ޒޯނުންވަނީ ކަނޑައަޅާފައެވެ.  

ތިނަދޫގައި މަސްފެކްޓްރީއެއް ގާއިމުކުރުމަށް ބަޔަކާ ހަވާލުކޮށްފައިވާއިރު އެ އަތޮޅު ފަރެސްމާތޮޑާގައި ވެސް މަސްފެކްޓްރީއެއް ގާއިމުކުރުމަށް އެރަށުމަސްވެރިން އިސްނަގައިގެން ދެކުނު ތިން އަތޮޅުގެ މަސްވެރިން ހިމެނޭހެން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް