ބެންކޮކް އެއާވޭސް ދަތުރުތައް ފަށަނީ

Loading

Facebook
Twitter
WhatsApp

ކޮވިޑާއި ގުޅިގެން ހުއްޓާލައިފައިވާ ބެންކޮކް އެއާވޭސްގެ ދަތުރުތައް އަލުން ރާއްޖެއަށް ފެށުމަށް ނިންމައިފި އެވެ.

ކޮވިޑާއި ގުޅިގެން މާޗް 2020ގައި ބެންކޮކް އެއާވޭސް ދަތުރުތައް ހުއްޓާލިއިރު ރާއްޖޭގެ މީހުންގެ އާންމުކޮށް ދަތުރުކުރާ ތައިލެންޑްގެ ބެންކޮކަށް ހަފްތާ އަކު ހަތަރު ދަތުރު ސީދާ ދަތުރުގެ ގޮތުގައި ދިޔައީ ކުރަމުންނެވެ. އަދި އަލުން ދަތުރުތައް ފަށާއިރުވެސް ކޮންމެ ހަފްތާއެއްގެ އާދިއްތަ، ހޯމަ ބުދަ އަދި ހުކުރު ދުވަހު ދަތުރު ޝެޑިއުލް ވަނީ ކޮށްފައެވެ.


ބެންކޮކް އެއާވޭސްގެ ދަތުރުތައް ބެންކޮކްގެ ސުވަނަބަމީ އިންޓަނޭޝަނަލް އެއާޕޯޓުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އަލުން ފެށުމަށް ހަމަޖައްސާފައިވަނީ އަންނަ މަހުގެ 22 ވަނަ ދުވަހު އެވެ.
ބެންކޮކް އެއާވޭސް ދަތުރުތައް ފެށުމަށް ތައްޔާރުވެފައިވާއިރު ތައި އެއާ އޭޝިއާ އިން ވެސް ގެންދަނީ ރާއްޖެއާއި ބެންކޮކާ ދެމެދު ޑިސެމްބަރު 22 އިން ފެށިގެން ދަތުރުތައް ކުރަމުންނެވެ. މިދަތުރުތައް ކުރަނީ ހަފްތާ އަކު ދެ ދުވަހު އެވެ.


Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް