ހައިސްޕީޑް ފެރީން ޓިކެޓްނެގުމަށް ހާއްސަ އެޕެއް ތައާރަފްކޮށްފި

Loading

Facebook
Twitter
WhatsApp

ހައި ސްޕީޑް ފެރީ ނިޒާމަކުން ރާއްޖެ ގުޅާލުމަށް ފަރުމާކޮށްފައިވާ “އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް” މަޝްރޫއުގެ ދަށުން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް)ގެ ދަތުރުތަކަށް ޓިކެޓު ނެގުމަށް ހާއްސަގެން ވެބްސައިޓަކާއި އެޕްލިކޭޝަނެއް ތައާރަފްކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ މި އެޕްލިކޭޝަން އެޕަލް ސްޓޯރުންނާއިގޫގުލް ޕްލޭ ސްޓޯރުން މިހާރު ޑައުންލޯޑު ކުރެވޭނެ ކަމަށާ މި އެޕް މެދުވެރިކޮށް ޓިކެޓްގަނެވޭނެކަމަށެވެ. އަދި މީގެ އިތުރުން ޓިކެޓް ނެގުމަށް ހާއްސަ ވެބްސައިޓެއްވެސް ތައާރަފްކޮށްފައިވާކަމަށް ޕްލޭނިން މިނިސްޓްރީން ބުނެއެވެ.

އާރުޓީއެލް ވެބްސައިޓް ބޭނުން ކުރާ އިރު ދަތުރު ކުރަން ބޭނުންވާ ރަށާއި ދަތުރު ކުރާ މީހުންގެ މައުލޫމާތު އޮންލައިންކޮށް ހުށަހެޅޭގޮތަށް ފަރުމާކޮށްފައިވާއިރު ފެރީގައި އިށީންނާނެ ގޮނޑިވެސް ވެބްސައިޓުން ހިޔާރު ކުރެވެން ހުރެއެވެ.

ޕްލޭނިން އިން ބުނީ ޓިކެޓް ގަތުމަށް ފައިސާ ދެއްކުމުން އީޓިކެޓެއް ފެންނަން ހުންނާނެކަމަށާ އަދި ޓިކެޓް އީމެއިލްގެ ޒަރިއްޔާއިން ވެސް ލިބޭނެ ކަމަށްވެސް މިނިސްޓްރން ބުނެއެވެ.

އެ މިނިސްޓްެރީން ބުނި ގޮތުގައި ދަތުރުކުރާ އިރު އީޓިކެޓްގެ ސްކްރީންޝޮޓެއް ނުވަތަ ޕްރިންޓްކޮށްފައިވާ ޓިކެޓެއް ވެސް ބަލައިގަންނާނެއެވެ.

އާރުޓީއެލް ފެރީގައި ދަތުރުކުރާ ކޮންމެ މީހަކާއެކު ތިން އަހަރުން ދަށުގެ ކުއްޖަަކަށް ހިލޭ ދަތުރުކުރެވޭނެއެވެ. އަދި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ވެސް ހިލޭ ދަތުރުކުރެވޭނެއެވެ.

އެމްޓީސީސީގެ ދަށުން ހިންގާ ހަލުވި ފެރީ ނިޒާމުގެ ފުރަތަމަ ފިޔަވަހީގެ ޒޯން އެކެއްގެ (ހއ، ހދ، ށ)ގެ އަތޮޅުތަކުގެ ތެރެއިން އެންމެ ފުރަތަމަ ޚިދުމަތް ފެށީ ހދ. އަތޮޅުގެ ރަށްތަކަށެވެ. އެގޮތުން މިދިޔަ މަހުގެ ދެ ވަނަ ދުވަހުން ފެށިގެން ހދ. އަތޮޅުގެ 13 ރަށް ހިމެނޭހެން ފަސް ރޫޓުގެ ދަތުރުތައް ވަނީ ފަށާފައެވެ. ސަރުކާރުން މިހާރުގެންދަނީ މި ނިޒާމް ރާއްޖޭގެ އެހެން އަތޮޅުތަކަށް ފޯރުކުރުމަށް ކުރަންޖެހޭ މަސައްކަތްތައްވެސް ކުރަމުންނެވެ.

Loading

One Response

  1. ރަގަޅުކަމެއް. ރައްޔަތުންނަށް ފަސޭހައިން ކަންތައްތައް ކޮށްދެވޭތޯ ބަލަންވާނެއެވެ. އެއީ ސަރުކާރެއް އޮތުމުގެ ބޭނުމަކީ. ކުރިއަށް ބާރަށް ކުރިއަށް.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް