ސްކޫލްތަކުގެ ގޭޓްތައް ތަޅުލައިފައި ބެހެއްޓުމަށް އަންގައިފި

Facebook
Twitter
WhatsApp
SNQAeTlvIuyYIPf

ސްކޫލުތަކުގައި ކިޔަވައިދެމުންދާ ވަގުތުތަކުގައި ގޭޓްތައް ތަޅުލާފައި ބެހެއްޓުމަށް އެޑިޔުކޭޝަން މިނިސްޓްރީ ސްކޫލްތަކަށް އަންގައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް އެންގި އެންގުމުގައި ބުނެފައިވަނީ ސްކޫލުތަކަކީ ދަރިވަރުންނާއި މުވައްޒަފުންނަށް އަބަދުވެސް ރައްކާތެރި ތަނަކަށް ހެދުމަށް މިނިސްޓްރީން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ސްކޫލްތަކަށް ގޭޓް ތަޅުލާފައި ބެހެއްޓުމަށް އެންގުމުގެ އިތުރުން ވެސް ވަނީ ސަލާމަތީ ކަންކަން ވަރުގަދަކުރުމަށް އިތުރުކަންކަން ކުރުމަށްވެސް އެޑިއުކޭޝަނުން ވަނީ ސްކޫލްތަކަށް އަންގާފައެވެ. އެގޮތުން ކިޔަވައިދޭ ވަގުތުތަކުގައި ސްކޫލް ގޭޓުގައި ސެކިއުރިޓީ ބެލެހެއްޓުމާއި ސެޝަންތައް ފެށޭ ވަގުތު ނޫން ހުރިހާ ވަގުތުތަކުވެސް ސްކޫލުތަކުގެ ގޭޓްތައް ތަޅުލާފައި ބެހެއްޓުމުގެ އިތުރުން ދަރިވަރުންނާއި މުވައްޒަފުން ސްކޫލުތަކަށް ވަދެ ނިކުމެ ހެދުމަށް ހާއްސަ އިންތިޒާމުތައް ސްކޫލުން ހަމަޖެއްސައިދޭން ވަނީ އަންގާފައެވެ.

އަދި މީގެ އިތރުން ސްކޫލަށް ބެލެނިވެރިޔާ ވަންނައިރު ބެލެނިވެރިޔާއަށް ސްކުލުން ދޫކޮށްފައި އޮތް ކާޑުއޮތްތޯ  ޔަގީން ކުރުމާއި އާންމުންނާއި ބެލެނިވެރިންނަށް ސްކޫލުތަކަށް ވަދެވޭނީ އެކަން ކުރާ ސަބަބު ސެކިއުރިޓީ އޮފިސަރަށް އޮޅުންފިލުވައިދިނުމަށްފަހު ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް އެންގި އެންގުމުގައި ވެއެވެ.

އެޑިޔުކޭޝަނުން މިފަދަ އެންގުމެއް ސްކޫލުތަކަށް އަންގާފައި މިވަނީ މިދިޔަ މަހުގެ ތެރޭގައި ޖަމާލުއްދީން ސްކޫލު ތެރެއަށް މީހަކު ވަދެ އެތަނުގައި އަޑުގަދަކޮށް އިންޒާރުދީ މާރާމާރީ ހިންގި މައްސަލައެއް ފެންމަތިވެފައި ވަނިކޮށެވެ.

އެ މަސައްސަލައާއި ގުޅިގެން  37 އަހަރުގެ ފިރިހެނަކު ފުލުހުން ހައްޔަރުކޮށްފައި ވެއެވެ. ނަމަވެސް އޭނައާއި ބެހޭ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް