އެއް އާއިލާއެއްގެ ގިނަ ކުދިންތަކަށް ޖިންސީ ގޯނާ ކުރި މައްސަލައަކާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

އެއް އާއިލާއެއްގެ ގިނަ ކުދިންތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލަ އަކާ ގުޅިގެން މީހަކު ހައްޔަރުކޮށް ފުލުހުން މައްސަލަ ބަލަންފަށައިފިއެވެ. މާލޭ ސަރަހައްދުގައި ހިނގި މި ހާދިސާއާއި ގުޅިގެން އުމުރުން 55 އަހަރުގެ ފިރިހެނަކު ކޯޓް އަމުރެއްގެ ދަށުން ވަނީ ހައްޔަރުކޮށްފައެވެ. އެމީހާ ވަނީ އެއް އާއިލާއަށް ނިސްބަތްވާ ހަ ކުއްޖަކަށް އެކޮގޮތްގޮތުން ޖިންސީ އަނިޔާ ކޮށްފައި ކަމަށް ވަނީ ތުހުމަތު ކޮށްފައެވެ. އިތުބާރުކުރެވޭ މަގާމެއްގައި ހުރި އެ މީހާގެ ބަންދަށް 30 ދުވަހުގެ މުއްދަތެއް ކޯޓުން […]

ލަންކާ މުޅި ކެބިނެޓް އިސްތިޢުފާ ދެނީ 

އަންނަ ހޯމަ ދުވަހު ސްރީލަންކާގެ މުޅި ކެބިނެޓް އިސްތިޢުފާ ދޭން އެއްބަސްވެއްޖެކަމުގައި ސަރުކާރާއި ދެކޮޅަށް މުޒާހަރާގެ ބައިވެރީންގެގުރޫޕްތަކުންނާއި ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ބުނެފިއެވެ. މިކަން ޢިއުލާނު ކޮށްފައިވަނީ އިއްޔެ ރައީސް ގޯތާބަޔާ ރާޖަޕަކްޝާ ބޭއްވެވި ޚާއްސަ ކެބިނެޓް ބައްދަލުވުމަށް ފަހުގައެވެ. ސްރީލަންކާގެ ވެރިންނާއި އެމީހުންގެ ޢާއިލާގެ ބައިވެރީންގެ ބޮޑެތި ޚިޔާނާތުތަކުގެ ސަބަބުން މިއަދު ލަންކާވަނީ ބަނގުރޫޓްވެފައެވެ. ބޭންކްރަޕްސީ ޢިއުލާނުކޮށް ދުނިޔޭގެ އެނހީތެރިކަން ފޯރުކޮށްދީފާނެގިނަ ޖަމާޢަތްތަކުން އެނހީތެރިވެދިނުމަށް ގޮވާލާފައެވެ. ލަންކާގެ ސަރުކާރާއި ބޮޑުންނާއި ދެކޮޅަށް އެތަނުގެ ރައްޔަތުން މަގުމަތީ ހަޅުތާލު ކުރާތަން މިހާރު އެތަކެއް ދުވަސްތަކެއް ވެއްޖެއެވެ. […]

ފޮރިން މިނިސްޓްރީގެ މަގާމުތަކަށް ބަދަލެއް 

މިދިޔަ އާދިއްތަ ދުވަހު ފޮރިން މިނިސްޓްރީގެ ދެމަގާމަކަށް ރައސް އިބްރާހީމް މުހައްމަދު ޞާލިހް ބަދަލުގެންނަވައިފިއެވެ. މި ގޮތުން އެމަނިކުފާނު ވަނީ  އެމްބެސެޑަރު އެޓް ލާޖް ކަމަށް އަލްފާޟިލް އަބްދުލް ޣަފޫރު މުހައްމަދު އަދި ފޮރިން ސެކެޓަރީ ކަމަށް އަލްފާޟިލް އަހުމަދު ލަތީފް އައްޔަން ކުރައްވާފައެވެ. މީގެ ކުރިން އަބްދުލް ޣަފޫރު ހުންނެވީ ފޮރިން ސެކެޓަރީ ކަމުގެ މަޤާމުގައެވެ. އެބޭފުޅާ ވަނީ ހެޑްކުއާޓާރސް ހިމެނޭ ގޮތުން ރާއްޖޭގެ ފޮރިން މިނިސްޓްރީގައި ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައެވެ. މީގެ އިތުރުން، ޣަފޫރު ވަނީ ކައުންސެލަރ ކަމާއި ލަންކާއަށް ކަނޑައަޅާފައި ހުންނަ ރާއްޖޭގެ […]

އިންޑިއާގެ އަންހެނަކު އެއްމާބަނޑު 4 ކުދިން ވިހައި ޑޮކްޓަރުން ހައިރާންކޮށްލައިފި

އިންޑިއާގެ އަންހެނަކު އެއްމާބަނޑު ހަތަރުކުދީން ވިހައި ޑޮކްޓަރުން ހައިރާންކޮށްލައިފިއެވެ.  ޕަންޖާބުގެ އަމަރުތަސަރުގެ ގްރޫ ނާނަކް ދޭވް ހޮސްޕިޓަލްގައި އަންހެން މީހާ ވިހެއީ ދެ ފިރިހެން ކުދީންނާއި ދެ އަންހެން ކުދީންނެވެ. އެ ހަތަރު ކުދީންގެ ހާލު ވެސް ރަނގަޅެވެ. ނަމަވެސް ވިހެއުމާއެކު އެ ހަތަރު ކުދީން ގެންދިޔައީ އައިސީޔޫއަށެވެ. ބޭނުމަކީ ސިއްހީ މައްސަލައެއް ކުރިމަތިވެއްޖެނަމަ ވަގުތުން ފަރުވާ ދިނުމެވެ. އަންހެން މީހާ ވިއްސުމުގެ ކަންތަކުގައި އުޅުނު ޑޮކްޓަރަކު ބުނީ އޭނާގެ ހަޔާތުގައި އެވަރުގެ އެހެން ކަމަކާ ދިމާނުވާކަމަށެވެ. ޑޮކްޓަރ ބުނި […]

ޢިމްރާން ޚާން ބޮޑު ވަޒީރުކަމުން ވަކިކުރުމުގައި އެމެރިކާގެ ދައުރެއް ވާކަން ހާމަވެއްޖެ

ޕާކިސްތާނުގެ ބޮޑު ވަޒީރު ޢިމްރާން ޚާން މަގާމުން ދުރުކުރުމުގައި އެމެރިކާއިން ބޮޑު ދައުރެއް ކުޅެފައިވާ ކަމަށް ޕާކިސްތާނުގެ ސިޔާސީ ޕާޓީއެއް ކަމަށްވާ ޕީ.ޓީ.އައިގެ އިސްވެރިން ތަކެއް ބުނެފިއެވެ.  ޕީ.ޓީ.އައިގެ ގިނަ ވެރިންތަކެއް ވަނީ އެމެރިކާއަށް ނިސްބަތްވާ ޑިފެންސް އެނަލިސްޓެއް ކަމަށްވާ ރެބެކާ ގްރާންޓް، ފޮކްސް ނޫހަށް ދިން އިންޓަވިއުއެއް ޓްވިޓާގައި ޝެއާކޮށްފައެވެ. މި އިންޓަވިއުގައި ޢިމްރާން ޚާނާ ދެކޮޅަށް ކުރިޔަށް ގެންދިޔަ އިތުބާރު ނެތް ކަމުގެ ވޯޓްގައި އެމެރިކާއިން ބޮޑު ދައުރެއް ކުޅެފައިވާކަމަށް ރެބެކާ ވަނީ ބުނެފައެވެ.  ޕާކިސްތާނުގެ ކުރީގެ ސަރުކާރުގެ އަމަލުތަކާ މެދު އެމެރިކާއިން ހިތްހަމަ ނުޖެހިފައިވާ ކަން […]

ރަޝިޔާ – ޔޫކްރެއިން ހަނގުރާމަ : ރަޝިޔާއިން އިތުރު ޙަމަލާތަކެއްދީފި 

ޔޫކްރެއިންގެ އުތުރުގެ ސަރަޙައްދުތައް ހިމެނޭ ގޮތުން ރަޝިޔާއިން ދިން މިސެއިލް ހަމަލާތަކެއްގައި އޮޑެސާ އެއަރޕޯޓުގެ ރަންވޭ ހަލާކުވެއްޖެއެވެ. އަންހެނުންނާއި ކުޑަކުދިން ހިމެނޭ ގޮތުން ޖުމްލަ ވިއްސަކަށް ރައްޔިތުން، އަމާން ސަރަހައްދުތަކަށް ބަދަލުކޮށްފައިވާ ކަމަށް އަޒޮވް ރެޖިމެންޓުގެ ޑެޕިއުޓީ ކޮމާންޑަރު ސްވިއަޓޯސްލަވް ޕަލަމަރް ބުންޏެވެ. ޓެލެގްރާމަށް ދޫކޮށްލި ވީޑިޔޯއެއްގައި އޭނާ ބުނެފައިވަނީ ރަޝިޔާއިން ޙަމަލާ ދިން ރޭގެ ފަހުން، އެމީހުން މިހާރުވެސް ދަނީ އެކި ހިސާބުތަކުގައި ތިބި ރައްޔިތުން ހޯދައި ސަލާމަތްކުރުމުގެ މަސައްކަތް ކުރަމުންނެވެ. ޕަލަމާ އިތުރަށް ބުނި ގޮތުގައި […]

ގިނަ ޓީޗަރުންގެ މުސާރަ 20000 އަށް ވުރެ ބޮޑުވާނެ: އަމީރު

ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ގެނެސްފައިވާ ބަދަލާއިރު އެކު ގިނަ އަދަދެއްގެ ޓީޗަރުންގެ މުސާރަ 20000 ރުފިޔާ އަށްވުރެ ބޮޑުވާނެކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފިނޭންސް އަމީރު ވިދާޅުވީ ޓީޗަރުންގެ ތެރެއިން މުސާރައަށް އެންމެ ބޮޑު ބަދަލެއް އަންނާނީ ރޭންކު 2 ގެ ޓީޗަރުންގެ ކަމަށެވެ.  އެއީ 50 އިންސައްތައިގެ ކުރިއެރުމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން މިހާރު 12398 ރުފިޔާގެ މުސާރައެއް ލިބޭ ޓީޗަރުންނަށް […]

އިންޑިއާ އައުޓް ކެމްޕޭން ރަމްޒުކޮށްދޭ ބޮޑު ބެނާއެއް ޕީޕީއެމް އޮފީސް އިމާރާތުގައި ހަރުކޮށްފި

އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް އިނދިކޮޅުން ފަށައިގެން އުޅޭ އިންޑިއާ އައުޓް ކެމްޕޭން ބެނާއެއް   ޕީޕީއެމް އޮފީސް ހިންގާ ހ. ހުރަފަ ގޭގެ އިމާރާތުގެ ބޭރުގައި ހަރުކޮށްފިއެވެ. އިންޑިއާ ދިދަ ކުރަހާ “ އައުޓް“ ޖަހާފައި ހަރުކޮށްފައި ހުރި މި ބޮޑު ބެނާގެ ދިގުމިނުގައި 40 ފޫޓު ހުރިއިރު ފުޅާ މިނުގައި ހުރީ 12 ފޫޓެވެ. އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅު ހަރަކާތައް ހިންގުން މަނާކޮށ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހއްމަދު ސާލިހު ގަރާރެއް ނެރުއްވި […]

އެއާޕޯޓުން ވައްކަން ކުރި ކަމަށް ތުހުމަތު ކުރެވޭ ދެ މީހަކު ހޯދަނީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވައްކަންކުރި ކަމަށް ތުހުމަތުކުރެވޭ ދެ މީހަކު ހޯދުމަށް އެމީހުންގެ ވީޑިއޯ ފުލުހުން އާންމުކޮށްފި އެވެ. ފުލުހުން ބުނީ އެ ވީޑިއޯއިން ފެންނަ ދެ މީހުންނަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސް އެންޑް އެގްރިކަލްޗަރގެ ފަރާތުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި ހިންގަމުންދާ ޕްލާންޓް އެންޑް އެނިމަލް ޔުނިޓްން މިދިޔަ ބުދަ ދުވަހު ފަތިހުގެ ވަގުތެއްގައި ވައްކަން ކޮށްފައިވާ ކަމަށް ތުހުމަތުކުރވޭ ދެ މީހުން ކަމަށެވެ. ފުލުހުން ބުނީ އެ […]

ޓީޗަރުންނަށް ހަމަޖެއްސި މުސާރައަކީ ރަނގަޅު މުސާރައެއްކަމަށް ގަބޫލުކުރައްވާނެ ކަމަށް އުންމީދުކުރަން: ރައީސް

މި ސަރުކާރުން ވެފައިވާ ވައުދުގެ ދަށުން މި މަހުންފެށިގެން ޓީޗަރުންނަށް ހަމަޖެއްސި މުސާރައަކީ ރަނގަޅު މުސާރައެއް ކަމަށް ޓީޗަރުން ގަބޫލުކުރައްވާނެކަމަށް އުންމީދުކުރައްވާ ކަމަށް ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. މި މަހުން ފެށިގެން ޓީޗަރުންގެ މުސާރަ ބޮޑުވާނެ ކަމަށް އިއުލާންކުރައްވައި ރައީސުލް ޖުމްހޫރިއްޔާ މިއަދު ދެއްވި ވީޑިއޯ ޚިތާބުގައި ވިދާޅުވީ މި މަހާއެކު ޓީޗަރުންގެ މުސާރައަށް މުހިންމު ބަދަލެއް އަންނާނެ ކަމަށެވެ. އަދި  ދައުލަތުގެ ކެރިފޯރުންތެރިކަން ހުރި މިންވަރުން މިއަދު މި ހަމަޖެއްސި […]