ލަންކާ މުޅި ކެބިނެޓް އިސްތިޢުފާ ދެނީ 

Loading

Facebook
Twitter
WhatsApp

އަންނަ ހޯމަ ދުވަހު ސްރީލަންކާގެ މުޅި ކެބިނެޓް އިސްތިޢުފާ ދޭން އެއްބަސްވެއްޖެކަމުގައި ސަރުކާރާއި ދެކޮޅަށް މުޒާހަރާގެ ބައިވެރީންގެގުރޫޕްތަކުންނާއި ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ބުނެފިއެވެ. މިކަން ޢިއުލާނު ކޮށްފައިވަނީ އިއްޔެ ރައީސް ގޯތާބަޔާ ރާޖަޕަކްޝާ ބޭއްވެވި ޚާއްސަ ކެބިނެޓް ބައްދަލުވުމަށް ފަހުގައެވެ.

ސްރީލަންކާގެ ވެރިންނާއި އެމީހުންގެ ޢާއިލާގެ ބައިވެރީންގެ ބޮޑެތި ޚިޔާނާތުތަކުގެ ސަބަބުން މިއަދު ލަންކާވަނީ ބަނގުރޫޓްވެފައެވެ. ބޭންކްރަޕްސީ ޢިއުލާނުކޮށް ދުނިޔޭގެ އެނހީތެރިކަން ފޯރުކޮށްދީފާނެގިނަ ޖަމާޢަތްތަކުން އެނހީތެރިވެދިނުމަށް ގޮވާލާފައެވެ.

ލަންކާގެ ސަރުކާރާއި ބޮޑުންނާއި ދެކޮޅަށް އެތަނުގެ ރައްޔަތުން މަގުމަތީ ހަޅުތާލު ކުރާތަން މިހާރު އެތަކެއް ދުވަސްތަކެއް ވެއްޖެއެވެ. މިފާއިތުވެ ދިޔަ 5 ހަފްތާގެ ތެރޭގައި ރައީސް ގޯތާބަޔާ މިވަނީ ދެވަނަ ފަހަރަށް ކާފިއޫވެސް ހިންގާފައެވެ. ނަމަވެސް ހަޅުތާލު ހުށްޓުމަށްވުރެ ބޮޑަށް ހަޅުތާލު ދަނީ ހޫނުވެ ބިޔަވަމުންނެވެ.

އެގޮތުން މިހަފްތާ ނިމުނިއިރު އެތަނުގެ ޔުނިވާސިޓީތަކުގެ ކިޔަވާ ދަރިވަރުންނާއި އަދި ޓްރޭޑް ޔޫނިއަންގެ ދުއިސަތަވަަރަކަށް ގޮފިން ވަނީ ބައިވެރިވެފައެވެ. އަދި މީގެ އިތުރުން ބާރުގަދަ ދީނީ ބުޑިސްޓް ޖަމާޢަތްތަކުންވެސް މިހާރުވަނީ ބަސްނޭހުމުގެ ހަޅުތާލުގައި ބައިވެރިވެ މަގުމައްޗަށް ނުކުމެފައެވެ.


     ރައީސް ގޯޓަބަޔާ މަގާމުން ދުރުވުމަށްގޮވާލާ ކޮލޮމްބޯގައި މުޒާހަރާ ކުރަނީ:

އެގޮތުން މިހާރު ލަންކާގައި އޮތް ސަރުކާރު އެކުގައި އިސްތިޢުފާދިނުމަށް ގޮވާލާއި ޢާންމުގެ ތެރޭގައި ބުޑިސްޓް މޮންކުންގެ އިސް މީހަކު ވަނީ އޭނާގެގައިގާ ޕެޓްރޯލް އަޅާ ޢާންމުގެ ތެރޭގައި ރޯކޮށްލާފައެވެ.

ލަންކާގެ ޙާލަތުވަނީ ވަރަށް ނިކަމެތި ޙާލަތަކަށް ގޮސްފައެވެ. ކައްކާގޭސް ނެތި އަދި ތެލާއި އެހެނިހެން ޒަރޫރީ ބޭނުމަށް ބޭނުންކުރާ ތަކެތި ހުސްވެ ހޮސްޕިޓަލްތަކުން އިމާރޖެންސީ ފަރުވާވެސް ވަނީ ހުށްޓީފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް