ރަޝިޔާ - ޔޫކްރެއިން ހަނގުރާމަ : ރަޝިޔާއިން އިތުރު ޙަމަލާތަކެއްދީފި 

Loading

Facebook
Twitter
WhatsApp

ޔޫކްރެއިންގެ އުތުރުގެ ސަރަޙައްދުތައް ހިމެނޭ ގޮތުން ރަޝިޔާއިން ދިން މިސެއިލް ހަމަލާތަކެއްގައި އޮޑެސާ އެއަރޕޯޓުގެ ރަންވޭ ހަލާކުވެއްޖެއެވެ.

އަންހެނުންނާއި ކުޑަކުދިން ހިމެނޭ ގޮތުން ޖުމްލަ ވިއްސަކަށް ރައްޔިތުން، އަމާން ސަރަހައްދުތަކަށް ބަދަލުކޮށްފައިވާ ކަމަށް އަޒޮވް ރެޖިމެންޓުގެ ޑެޕިއުޓީ ކޮމާންޑަރު ސްވިއަޓޯސްލަވް ޕަލަމަރް ބުންޏެވެ.

ޓެލެގްރާމަށް ދޫކޮށްލި ވީޑިޔޯއެއްގައި އޭނާ ބުނެފައިވަނީ ރަޝިޔާއިން ޙަމަލާ ދިން ރޭގެ ފަހުން، އެމީހުން މިހާރުވެސް ދަނީ އެކި ހިސާބުތަކުގައި ތިބި ރައްޔިތުން ހޯދައި ސަލާމަތްކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ޕަލަމާ އިތުރަށް ބުނި ގޮތުގައި އެ މީހުން އަދި މިވަގުތަށް އެއްވެސް ބަލިމީހަކު އެހެން ސަރަހައްދުތަކަށް ބަދަލުކުރަން މަސައްކަތެއް ނުކުރެއެވެ.

ކަންމިހެން އޮތް ނަމަވެސް އަޒޮވްސްޓަލް ސައިޓުން ރައްޔިތުން ސަލާމަތްކުރުމަށް ކުރި އެއްވެސް މަސައްކަތެއް އަދި މިހާތަނަށް ކާމިޔާބުވެފައެއް ނުވެއެވެ.

ޔޫކްރެއިންގެ އެތައް ސަތޭކަ ފުލުހުންނާއި އަދި ޢާންމު ރައްޔިތުންވެސް އަޒޮވްސްޓަލް ބިމު އަޑީގެ ބަންކަރުތަކުގައި މިހާރުވެސް އެބަ ތިއްބެވެ. މީގެ ތެރޭގައި ގިނައީ ސިއްޙީ ފަރުވާ ބޭނުންވާ ބަލި މީހުންނެވެ.

ޔޫކްރެއިންގެ ރައީސް އޮފީހުން މިދިޔަ ހުކުރު ދުވަހު މަޢުލޫމާތު ދިން ގޮތުގައި އެ ދުވަހުވެސް ބައެއް ރައްޔިތުން އަމާން ހިސާބުތަކަށް ބަދަލުކުރަން ވަނީ ރާވާފައިވެއެވެ.

ނަމަވެސް އެދުވަހުގެ ހެނދުނުމް ފެށިގެން ރަޝިޔާއިން ވަނީ އެ ސަރަހައްދަށް  ޙަމަލާ ދޭން ފަށާފައެވެ. މެންދުރު އެމީހުން ދޭން ފެށި ޙަމަލާތަކުގެ ބާރު ގަދަ ވެފައި  ގޮއްވާ ގޮއްވުން ތަކުގެ ދެމެދުގައި ހުންނަނީ މަދު ސިކުންތު ކޮޅެކެވެ. ވީމާ އެހެން ސަލާމަތްކަން ބޮދު ތަންތަނަށް އަދި ގެންދެވޭނެ ފުރުސަތެއް ނުލިބޭކަމުގައި ބުނެއެވެ.

މަޒަރް ޓެކްނޮލޮޖީއިން މިދިޔަ ހުކުރު ދުވަހު ނަގާފައި ހުރި ސެޓެލައިޓު ފޮޓޯތަކުން ފެނުނު ގޮތުގައި އެ ސަރަހައްދުގެ ގާތްގަނޑަކަށް ހުރިހާ ޢިމާރާތްތަކެއް ވަނީ ހަލާކުވެފައެވެ. 

އެންމެފަހުގެ ޚަބަރު ބުނާގޮތުގައި ހަނގުރާމަ ހުށްޓާލުމަށް ރަޝީއާއިން އެންމެފަހުން ހުށަހެޅި ގިނަ ޝަރުތުތަަކަށް ގަބޫލުކުރުމަށް އެއްބަސްވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް