އިންޑިއާގެ އަންހެނަކު އެއްމާބަނޑު 4 ކުދިން ވިހައި ޑޮކްޓަރުން ހައިރާންކޮށްލައިފި

Loading

Facebook
Twitter
WhatsApp

އިންޑިއާގެ އަންހެނަކު އެއްމާބަނޑު ހަތަރުކުދީން ވިހައި ޑޮކްޓަރުން ހައިރާންކޮށްލައިފިއެވެ. 

ޕަންޖާބުގެ އަމަރުތަސަރުގެ ގްރޫ ނާނަކް ދޭވް ހޮސްޕިޓަލްގައި އަންހެން މީހާ ވިހެއީ ދެ ފިރިހެން ކުދީންނާއި ދެ އަންހެން ކުދީންނެވެ. އެ ހަތަރު ކުދީންގެ ހާލު ވެސް ރަނގަޅެވެ. ނަމަވެސް ވިހެއުމާއެކު އެ ހަތަރު ކުދީން ގެންދިޔައީ އައިސީޔޫއަށެވެ. ބޭނުމަކީ ސިއްހީ މައްސަލައެއް ކުރިމަތިވެއްޖެނަމަ ވަގުތުން ފަރުވާ ދިނުމެވެ.

އަންހެން މީހާ ވިއްސުމުގެ ކަންތަކުގައި އުޅުނު ޑޮކްޓަރަކު ބުނީ އޭނާގެ ހަޔާތުގައި އެވަރުގެ އެހެން ކަމަކާ ދިމާނުވާކަމަށެވެ.

ޑޮކްޓަރ ބުނި ގޮތުގައި މީގެ ކުރިން އޭނާ އެއްމާބަނޑު ތިން ކުދީން ވިއްސާފައި ވެއެވެ. ނަމަވެސް އެކުދީންގެ ސިއްހަތު އެހާ ރަނގަޅެއް ނޫނެވެ. ކޮންމެ ކުއްޖެއްގެ ބަރުދަނުގައި ވެސް ހުރީ އެންމެ ދޮޅު ކިލޯއެވެ.

އެއްމާބަނޑު ހަތަރު ކުދީން ލިބުނު ނަސީބުގަދަ މަންމަ ސަރަންޖީތު ބުނިގޮތުގައި އޭނާއަށް ކުރިން ވަނީ އަންހެން ކުއްޖަކު ލިބިފައެވެ. އޭގެ ފަހުން އޭނާ ހުރީ ފިރިހެން ކުއްޖެއް ލިބޭނެ ދުވަހެއްގެ އިންތިޒާރުގައެވެ. އެހެން ހުއްޓާ އޭނާއަށް އެއްފަހަރާ ލިބުނީ ދެ ފިރިހެން ކުދީންނާއި ދެ އަންހެން ކުދީންނެވެ.

ސަރަންޖީތު ބުނި ގޮތުގައި ދަރީން ނުލިބިގެން އެތައްބަޔަކު ހިތްދަތިކަމުގައި އުޅެމުން ދެއެވެ. ނަމަވެސް މާތްރަސްކަނލާންގެ ވަނީ އޭނާގެ ދުއާ އިޖާބަކުރައްވާފައެވެ. އަދި ހުރިހާ އެންމެންނަށް ވެސް ދަރީން ލިބުމަށް އެދި އޭނާ ދުއާކުރިއެވެ.

އެއްމާބަނޑު ހަތަރު ދަރީން ލިބުމުގެ އުފަލުގައި ސަރަންޖީތުގެ އާއިލާގެ މީހުން ވެސް ތިބީ ވަރަށް އުފަލުންނެވެ. އެމީހުން ކަލާންގެ ރަސްކަން ފުޅަށާއި ޑޮކްޓަރުންނަށް ޝުކުރު ދެންނެވިއެވެ.

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް