އުމުރުން 103 އަހަރުގެ ފިރިހެނަކު 37 އަހަރުގެ އަންހެނަކާ އިނދެފި

އިރާގު މީހަކު އުމުރުން 103 އަހަރުގައި އުމުރުން 37 އަހަރުގެ އަންހެނަކާ ކައިވެނިކޮށްފިއެވެ. އެއީ އެ ފިރިހެން މީހާގެ 3 ވަނަ ކައިވެންޏެވެ. އިރާގުގެ ސަހަރު އަލްދީވާނިއްޔާގެ ދެކުނު ސަރަހައްދެއްގައި ބޭއްވި ކައިވެނީގެ ރަސްމިއްޔާތު ޒީނަތްތެރިކޮށް ލަވަޖެހުން ފަދަ ކަންތައް ކޮށް ކައިވެނީގެ އެންމެހާ ކަންތައް އިންތިޒާމުކުރުމުގައި އިސްކޮށް އުޅުނީ ފިރިހެން މީހާގެ ދަރިންނާއި ކާފަދަރިންނެވެ. ކައިވެނީގެ ކުރިން ބޭއްވި ރަސްމިއްޔާތެއްގައި ކައިވެނި ކުރި ދެމީހުން ވަނީ އެކަކު އަނެކެއްގެ އަތުގައި އަނގޮނޓި އަޅުވާފައެވެ. އުމުރުން 103 […]

ގްރީން ސްމާޓް އައިލެންޑް ޕްރޮޖެކްޓް އިފްތިތާޙުކޮށްފި

ދުނިޔޭގެ ސިއްޙަތު ދުވަސް ފާހަގަކުރުމުގެ ގޮތުން ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލުގައި ރޭ ބޭއްވި ޖަލްސާގައި މި ޕްރޮޖެކްޓް ނައިބު ރައީސް ފައިސަލް ނަސީމު އިފްތިތާޙު ކޮށްދެއްވައިފިއެވެ. އެންމެ ފުރަތަމަ މި ޕްރޮޖެކްޓު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 4 ރަށެއްގައެވެ. އެއީ ހދ. ކުރިނބީ، ނ.ކުޑަފަރި، ވ.ކެޔޮދޫ އަދި ވ.ފެލިދޫއެވެ. އެގޮތުން މި 4 ރަށުގެ ކައުންސިލްގެ ފަރާތުންވެސް ރޭ ވަނީ މި ޕްރޮޖެކްޓުގެ ކޮމިޓްމެންޓް އެއްބަސްވުމުގައި ސޮއިކޮށްފައެވެ. ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އިސްބޭފުޅުން ބައިވެވަޑައިގެންނެވި މި […]

ނ.މަނަދޫގައި މިސްކިތެއް ޢިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި.

މަނަދޫގައި މިސްކިތެއް ޢިމާރާތްކުރުމުގެ އެއްބަސްވުމުގައި އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓަޑާއެކު އިސްލާމިކް މިނިސްޓްރީއިން ސޮއިކޮށްފިއެވެ. އިސްލާމިކް މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ، މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ޢަލީއެވެ. އަދި އަފާމީ މޯލްޑިވްސްގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެކުނަފުނީގެ މެނޭޖިން ޑިރެކްޓަރ އަލްފާޟިލް އަމީން މުޙައްމަދެވެ. މިނިސްޓްރީއިން ބުނި ގޮތުގައި 700 މީހުންގެ ޖާގައިގެ މި މިސްކިތަކީ، 365 ދުވަހުގެ ތެރޭގައި އެއް ފަންގިފިލާއަށް ޢިމާރާތް ކުރާގޮތަށް ހަމަޖެހިފައިވާ މިސްކިތެކެވެ. ދިވެހި ދައުލަތުން 15.7 މިލިއަން […]

އެންމެ ގިނަ ދިވެހިން މަރުވަނީ ގައިން ގަޔަށް ނާރާބަލިތަކުގައި

ރާއްޖޭގެ ޞިއްޙީ ދާއިރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، އެންމެ ގިނަ ދިވެހިން މަރުވަނީ، ކެންސަރާއި، ހިތުގެ ބަލިތަކާއި ސްޓްރޯކާއި ފުއްޕާމޭގެ ބަލިތަކާއި ކިޑްނީއާ ގުޅުން ހުރި ބަލިތައް ފަދަ ގައިން ގަޔަށް ނާރާ ބަލިތަކުގައިކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ. ދުނިޔޭގެ ޞިއްޙަތު ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ފޮނުއްވި ޚިޠާބުގައި، ކޯވިޑް-19ގެ ބަލިމަޑުކަމަށް ފަހު، ދިރިއުޅުމުގެ ޢާންމު ޙާލަތަށް އެނބުރި އިޢާދަވާއިރު ގައިންގަޔަށް ނާރާ ނުރައްކާތެރި ބަލިތަކާ މެދު ޚާއްސަ ސަމާލުކަމެއް […]

ހުޅުމާލެ ފޭސް 2ގެ ފްލެޓްތަކުން ރޯދަމަހާ ދިމާކޮށް އިތުރުފައިސާއެއް ނަގަން ހެޔޮނުވާނެ!

ހުޅުމާލެ ފޭސް 2ކުން ރައްޔިތުންނަށް ފުލެޓް ދީފައިވަނީ އަމާބުނީތީ ފަރަށްދިޔަހެންނެވެ. މީ މިހާތަނަށް އަޅުގަނޑު ދެކެފައިވާ އެއްވެސް ސަރުކާރަކުން ފުލެޓް ދިން ގޮތެއް ނޫނެވެ. ފުލެޓެއް ލިބުނު މަރިޔަމް ރަޝީދާ ބުނުއްވިއެވެ. ބައެއް މީހުންނަށް އަދިވެސް ފުލެޓަށް ނުވަދެވެއެވެ. އެކަމަކު ސަރުކާރުން ހީވަނީ ކުލިނުނެގިގެން މަރަށް ތެޅޭ ހެންނެވެ. ފޭސް 2ގެ ފުލެޓޭ ކިޔާފައި ދީފައި ހުރި ފުލެޓްތަކަކީ މިހާތަނަށް ސަރުކާރަކުން ރައްޔިތުންނަށް ދިން އެންމެ ފެންވަރު ދަށް އަދި އެންމެ ކުލިވެސް ބޮޑު ފުލެޓެވެ. މަރިޔަމް […]

އިންޑިއާއައުޓު ކުރުމުގެ ޖިހާދަކީ ކުރަންޖެހޭ ޖިހާދެކެވެ!

މެދުއިރުމައްޗަށް އެމެރިކާއިން ގެނައި ރަބީއުމޫސުމަށް ފަހު، އޭޝިއާ ގައުމުތަކަށް ސިޔާސީގަނޫރޯޅިއެއް ސިފައިގައި ގެންނަމުން މިދަނީ ނުވިސްނައި ތިބެގެން ވާނެ ޚަރާބުކުރުމުގެ މޫސުމެއް ނޫނެވެ. އަޅުވެތިކަމުގެ އެންމެ ބޮޑު ފަސާދައެވެ. ހަންފެތުރުމުގެ ސިޔާސަތެވެ. ދިވެހިރާއްޖެއަށް ވަނީ އެފަސާދަ އަރާފައެވެ. އަބަދު ވެސް ރާއްޖެއަކީ ކުޑަގައުމަކަށް ވާތީ، އެފަދަ ތަޖުރިބާ ކުރަން ފަށަނީ ރާއްޖެއިންނެވެ. މެދުއިރުމައްޗަށް ރަބީއު ގެނައުމަށް ކުރީ ތަޖުރިބާ އަކީ ކުރީގެ ރައީސް ނަޝީދުގެ ވެރިކަން ގެނައުމެވެ. މިފަހަރުގެ ރަބީއަކީ ޗައިނާ އާއި ރަޝިއާ އިން ގެންގުޅޭ […]

ޢާލިޔާ އާއި ރަންބީރުގެ ކައިވެނި މި މަހު 17 ގައި

ހިންދީ ފިލްމީ ދުނިޔޭގެ މަގުބޫލު ދެ ތަރިންކަމުގައިވާ ރަންބީރު ކަޕޫރާއި ޢާލިޔާ ބަޓުގެ ކައިވެނީގެ ވާހަކަ ދެކެވޭތާ ލައްކަ ދުވަސްވެއްޖެއެވެ. މިދިޔަ އަހަރު ކައިވެނި ކުރެވެނީއޭ ކިޔައިގެން ވެސް ވާހަކަދެކެވުނެވެ. ނަމަވެސް ކައިވެނި ނުކުރެވި އެންމެ ފަހުން މައްސައަކަށްވީ ކޮވިޑެވެ. ކޮވިޑާހެދި މި އަހަރަށް ފަސްކުރަން ޖެހުނީއެވެ. އިންޑިއާގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ބަޔާން ކުރާ ގޮތުގައި ރަންބީރާއި ޢާލިއާގެ ކައިވެނި މިހާރު ކުރަން ހަމަޖެހިފައި ވަނީ މި އޭޕްރީލް މަހުގެ 17 ވަނަ ދުވަހުގައެވެ. އޭޕްރީލް […]

އިންސާނުންގެ ފުއްޕާމޭގެ ތެރެއިން ފުރަތަމަ ފަހަރަށް މައިކްރޯޕްލާސްޓިކް ފެނިއްޖެ

ސައިންސްވެރިން ކުރި ދިރާސާއެއްގައި ދިރިހުރި އިންސާނުންގެ ފުއްޕާމެއިން ނެގި ސާމްޕަލްތަކެއްގެ ތެރެއިން މައިކްރޯޕްލާސްޓިކްތަކެއް ވަނީ ފެނިފައެވެ. މި ދިރާސާ ކުރުމަށް ނެގި ހުރިހާ ސާމްޕަލަކުން ވެސް ވަނީ މައިކްރޯ ޕްލާސްޓިކްސް ފެނިފައެވެ. މި ދިރާސާގައި ބައިވެރިވި ސައިންސްވެރިން ބުނެފައިވާ ގޮތުގައި ދިރާސާއިން ލިބުނު ނަތީޖާއިން މައިކްރޯޕްލާސްޓިކްސް ދުނިޔޭގެ އިކޯސިސްޓަމުގެ ތެރެއަށް ވަދެފައިވާ މިންވަރު ސާފުކޮށް ހާމަވެގެންދެއެވެ. އަދި އިންސާނުންގެ ހަށިގަނޑު ތެރެއިން މައިކްރޯޕްލާސްޓިކްސް ފެނުމަކީ އެއެއްޗެތީގެ ސަބަބުން އިންސާނުންނަށް ލިބޭ ގެއްލުންތައް އިތުރަށް ދިރާސާ ކުރުން މަޖުބޫރުވެގެންދާނެ […]

އިންޑިއާގެ ހައްދުފަހަނަޅާފައިވާ ބަޔަކު ރާޖިސްތާނުގައި މުސްލިމުންގެ 40 އަށްވުރެ ގިނަ ގޭގޭގައި ރޯކޮށް އަންދައި ބޮޑެތި ގެއްލުން ދީފި

ހައްދުފަހަނަޅާފައިވާ ހިންދޫންގެ ބަޔަކު ރާޖިސްތަނުގެ އަވަށެއްގައި އުޅެމުން ދިޔަ މުސްލަމުންތަކެއްގެ ގެދޮރާއި ފިހާރަތައް އަންދާލި މައްސަލަ ކުށްވެރިކޮށް އެ މައްސަލަ ކަމާބެހޭ ބައިނަލްއަގުވާމީ ފަރާތްތަކުން ނޯޓުކޮށް ފިޔަވަޅުއެޅުމަށް ޕާކިސްތާނުން ގޮވާލައިފިއެވެ. ޕާކިސްތާނުގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހައްދުފަހަނަޅާފައިވާ ބީޖޭޕީގެ މީހުންނާއި އާރުއެސްއެސް ގެ ބަޔަކު ރާޖިސްތާނުގެ ކަރާއުލީގެ މުސްލިމުންގެ 40އަށް ވުރެ ގިނަ ގެދޮރާއި ފިހާރަތަކުގައި އަލިފާންޖަހައި އަންދާލާފައިވާކަމަށެވެ. އަދި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް މުސްލިމުންގެ ގެދޮރު ހިމާޔަތްތެރިކޮށް ނުބެލެހެއްޓޭތީ އެކަމަށް ވަރަށް ބޮޑަށް […]

ކިންގް ސަލްމާން މިސްކިތުގައި ދަރުހެއް ބޭއްވުމުގެ ހުއްދައަށް ޕީޕީއެމް އިން އެދިފި

ޕީޕީއެމްގެ ފަރާތުން ކިންގް ސަލްމާނު މިސްކިތުގައި ދީނީ ދަރުސްއެއް ބޭއްވުމުގެ ހުއްދައަކަށް އެދެފިއެވެ. މި ދީނީ ދަރުސް ބޭއްވުމަށް ޕީޕީއެމުން ބުނިގޮތުގއި ނިންމާފައިވަނީ އަންނަ ހުކުރު ދުވަހުގެ އަސުރު ނަމާދަށްފަހުއެވެ. މި ދަރުސް ދެއްވުމަށް ހަމަޖެހިފައިވަނީ ކުރީގެ އިސްލާމިކް މިނިސްޓަރު ކުރައްވައިފައިވާ އަދި ޕީޕީއެމްގެ 2018ގެ ރިޔާސީ އިންތިޚާބުގެ ރަނިންމޭޓް ޑރ.މުހައްމަދު ޝަހީމް އަލީ ސައީދެވެ. އިބުރާހިމް ޝުޖާއު ޕީޕީއެމްގެ އިވެންޓް ކޮމިޓީގެ ޗެއާ އަދި ހުޅުމާލެ ދާއިރާގެ ކައުންސިލަރު ވިދާޅުވީ އެހެން ސިޔާސީ ޕާޓީތަކަށް ފުރުސަތު […]