ކިންގް ސަލްމާން މިސްކިތުގައި ދަރުހެއް ބޭއްވުމުގެ ހުއްދައަށް ޕީޕީއެމް އިން އެދިފި

Loading

Facebook
Twitter
WhatsApp

ޕީޕީއެމްގެ ފަރާތުން ކިންގް ސަލްމާނު މިސްކިތުގައި ދީނީ ދަރުސްއެއް ބޭއްވުމުގެ ހުއްދައަކަށް އެދެފިއެވެ.

މި ދީނީ ދަރުސް ބޭއްވުމަށް ޕީޕީއެމުން ބުނިގޮތުގއި ނިންމާފައިވަނީ އަންނަ ހުކުރު ދުވަހުގެ އަސުރު ނަމާދަށްފަހުއެވެ. މި ދަރުސް ދެއްވުމަށް ހަމަޖެހިފައިވަނީ ކުރީގެ އިސްލާމިކް މިނިސްޓަރު ކުރައްވައިފައިވާ އަދި ޕީޕީއެމްގެ 2018ގެ ރިޔާސީ އިންތިޚާބުގެ ރަނިންމޭޓް ޑރ.މުހައްމަދު ޝަހީމް އަލީ ސައީދެވެ.

އިބުރާހިމް ޝުޖާއު ޕީޕީއެމްގެ އިވެންޓް ކޮމިޓީގެ ޗެއާ އަދި ހުޅުމާލެ ދާއިރާގެ ކައުންސިލަރު ވިދާޅުވީ އެހެން ސިޔާސީ ޕާޓީތަކަށް ފުރުސަތު ދިން ގޮތަށް ޕީޕީއެމް އަށް ވެސް އެ ފުރުސަތު ދިނުމަކީ އެންމެ އެދެވޭގޮތް ކަމަށެވެ. އަދި ކޮންމެ ރަމަޟާން މަހަކު ޕީޕީއެމްގެ ދީނީ ގޮފިން މިފަދަ ދަރުސްތައް އިންތިޒާމު ކުރަމުންދާކަމަށްވެސް ޝުޖާއު ވިދާޅުވި އެވެ.

ކިންގް ސަލްމާން މިސްކިތަކީ ސައުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްއަޒީޒްގެ އެހީގެ ދަށުން ބިނާކުރި މިސްކިތެކެވެ. މިއީ މާލޭގައި ހުރި އިސްމީ މަރުކަޒު ފިޔަވައި އެންމެ ބޮޑު މިސްކިތް ވެސް މެ އެވެ. މި މިސްކިތް ރަސްމީކޮށް ހުޅުވީ މިދިޔަ ހުކުރު ދުވަހު އެވެ.

އެއްފަހަރާ 4،000 އެއްހާ މީހުންނަށް ނަމާދުކުރެވޭ ގޮތަށް ހަދާފައިވާ ސަލްމާން މިސްކިތަކީ ގިނަ ކަންކަމަށް ބޭނުން ވެސް ހިފޭ ގޮތަށް ފަރުމާކޮށްފައިވާ ޖާގަ ތަނަވަސް މިސްކިތެކެވެ. މިސްކިތުގެ ފުރަތަމަ އާއި ދެވަނަ ފަންގިފިލާ ހާއްސަކޮށްފައި ވަނީ ނަމާދު ކުރުމަށެވެ.

މިސްކިތުގެ ތިން ވަނަ ފަންގިފިލާގައި ހަތަރު ކްލާސްރޫމާއި ފަސް ސެމިނަ ރޫމްގެ އިތުރުން އިސްލާމިކް ލައިބްރަރީއަކާއި އިދާރީ މަސައްކަތްތަކަށް ހާއްސަ ތަނެއް ހަދާފައިވެ އެވެ. ހަތަރު ވަނަ ފަންގިފިލާ ހާއްސަކޮށްފައި ވަނީ އެކިއެކި ސެމިނަރތަކާއި ކޮންފަރެންސްތައް ބޭއްވުމަށް ޚާއްސަ އޮޑިޓޯރިއަމަކަށެވެ. މިއީ 350 މީހުންގެ ޖާގައިގެ ތަނެކެވެ.

މީގެ އިތުރުން މިސްކިތުގެ ފަސް ވަނަ ފަންގިފިލާ ހާއްސަކޮށްފައި ވަނީ ދީނީ ދަރުސް ދިނުމަށާއި، ނަމާދު ކުރުމަށް ވެސް ބޭނުންކުރެވޭނެހެން މަލްޓި-ޕާޕަސް ހޯލެއްގެ ގޮތުގަ އެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް