ރޯދަމަހުގެ ރަސްމީ ގަޑިތައް ކަޑައަޅައިފި

ކުރިއަށް އޮތް ރޯދަ މަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ މިއަދު ހަމަޖައްސަވައިފިއެވެ. ރައީސް އޮފީހުން ބުނީ ރޯފަމަހުގެ އިތުރުން ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހުވެސް ސަރުކާރުގެ ރަސްމީ ގަޑިއަކީ ހެނދުނު 09:00 އިން މެންދުރު 01:00 ކަމަށެވެ. އަދި މި ގަޑިތަކަށް ފައްތައިގެން ސަރުކާރު އިދާރާތަކުގެ މަސައްކަތްތައް ރޭވުމަށްވެސް ރައީސް އޮފީހުން ވަނީ އަންގާވާފައެވެ. ރޯދަ މަހުގެ ރަސްމީ ވަގުތު އަބަދުވެސް […]
ހުއްދަނެތި ޓެކްސީ ދަތުރުތަކުގެ އަގު ބޮޑުކޮށްފިނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުދީފި

ޓްރާންސްޕޯޓް މިނިސްޓްރީގެ ހުއްދަ ނެތި ޓެކްސީ ދަތުރުތަކުގެ އަގު ބޮޑުކޮށްފިނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެ މިނިސްޓްރީން ދީފި އެވެ. ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަމުންދާ ބަދަލާއި، ތަކެތީގެ އަގަށް އަންނަމުންދާ ބަދަލުތަކާއި ގުޅިގެން ޓެކްސީ ސެންޓަރުތަކުން އަމިއްލައަށް ދަތުރުތަކުގެ އަގުތައް ބޮޑުކުރުމަށް 14 ޓެކްސީ ސެންޓަރަކުން ރޭ ބައްދަލުވުމުގައި ވަނީ ނިންމާފައެވެ. އަދި މި ނިންމުމަށް މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން އަމަލު ކުރާނެކަމަށް ވަނީ ބުނެފައެވެ. އެކަމާގުޅިގެން […]
ރަޝިޔާ އާއި ޔޫކްރޭން އާ ދެމެދު އިތުރު ބައްދަލުވުމެއް!

ރަޝިޔާއިން ލުހާންސްކް އަދި ޑޮނެސްކްގެ މިނިވަންކަން ގަބޫލުކޮށް ޢަސްކަރީ ސިފައިން ޔޫކުރޭނަށް ފޮނުވުމާއެކު، އެ ސަރަހައްދުގެ މަސްރަހު ހޫނުވެ ފެށިފައިވާ ހަނގުރާމަ އާއި ގުޅިގެން ކުރެވޭ ސުލްހައިގެ މަޝްވަރާތަކުގެ ތިންވަނަ ބުރު މާދަމާ ބޭއްވުމަށް ނިންމާފައިވާ ކަމަށް ޔޫކްރެއިންގެ ފަރާތުން ވާހަކަތަކުގައި އިސްކޮށް އުޅުއްވާ ޑޭވިޑް އަރާހަމިޔާ ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވެފައިވަނީ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ. އަދި މި ބައްދަލުވުމާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ދެއްވާފައެއް ނުވެއެވެ. މިކަމާ ގުޅޭ ރަޝިއާ އާއި ޔޫކްރެއިންއާ […]
އިމޯޝަނަލް އިންޓެލިޖެންސް

ވިހި ވަނަ ޤަރުނާއި ހަމައަށް ”އިންޓެލިޖެންސް“ މިބަސް ޑިކްޝަނަރީގައި ހިމެނިފައެއްނުވެއެވެ. މިބަސް އާންމުވެފައި ވަނީ 1930 ގެ ފަހުންނެވެ. މިއަދާއި ހަމައަށްވެސް ”އިމޯޝަނަލް އިންޓެލިޖެންސް“ ޑިކްޝަނަރީގައި ހިމެނިފައެއްނުވެއެވެ. އިމޯޝަނަލް އިންޓެލިޖެންސް ނުވަތަ ”އީ.ކިއު“ ބިނާވަނީ އިޙުސާސްތަކާއި، ފަރުދީ، އިޖްތިމާޢީ އަދި އަދި ދިރިއުޅުމުގެ މައިދާނުގައި ތިމާގެ ވިސްނުން ގެންގުޅޭ ގޮތްތަކުގެ މައްޗަށެވެ. މީގެ އިތުރުން، އަމިއްލަ ނަފްސު ދެނެގަތުމާއި، ވަށައިގެން ދިރިއުޅޭ އެހެނިހެން މީހުން ދެނެގަތުމާއި ދޭދޭމީހުންގެ ގުޅުންތަކާއި އެކަންކަމާއި ގުޅުންހުރި ކަންތައްތަކަށް ތިމާގެ ނަފްސު ހޭނުވުމާއި […]
އެއީ އަހަރެންގެ ލަޔަންހާޓް އެވެ

މަޝްހޫރު ފިލްމް އެކްޓްރެސް އަދި މޮޑެލް އެލިޒަބަތު ހަރލީ އޭނާގެ ކުރީގެ ލޯބިވެރިޔާ، އޮސްޓްރޭލިޔާގެ މަޝްހޫރު ކްރިކެޓަރ ޝޭން ވޯން ގެ ކުއްލިމަރާ ގުޅިގެން ހިތާމަ ފާޅުކޮށް ޓްވީޓްތަކެއް ކޮށްފިއެވެ. ޝޭން ވޯން އަކީ އޭނާގެ ލަޔަންހާޓް ކަމަށް ސިފަ ކުރަމުން ހަރލީ ބުނެފައިވަނީ އޭނާޔަށް އިހުސާސް ކުރެވެނީ އިރު އަބަދަށްޓަކާ ވިލާގަޑެއްގެ ފަހަތަށް ވަދެ ނިވާވި ފަދަ އިހުސާސެއް ކަމުގައެވެ. ޝޭން ވޯން އާއި އެލިޒަބަތު ހަރލީ ލޯބީގެ ގޮތުން ގުޅިގެން އަހަރު ތަކެއްގައި އުޅުނު […]
ރަޝިއާއާއެކު ހަނގުރާމައިގައި ބައިވެރިވުމުގެ ހުއްދަ ދިނުމަށް ޗެޗްނިޔާގެ ވެރިޔާ ގޮވާލައްވައިފި

ޔޫކްރޭންގެ ހަނގުރާމަ ވީހާ އަވަހަކަށް ނިންމަވަން ރައީސް ޕުޓިން ބޭނުންފުޅުވާނަމަ ޗެޗްނިޔާގެ ސިފައިން ބޭނުން ކުރެއްވުމަށް އެގައުމުގެ އިސްވެރިޔާ ރަމްޒާން ކަޑްރޮވް ގޮވާލައްވައިފިއެވެ. ހުކުރު ދުވަހު ނެރުއްވި ބަޔާނެއްގައި ރަމްޒާން ވިދާޅުވެފައި ވަނީ ޔޫކްރޭނުގައި ހިނގަމުންދާ ހަނގުރާމަ ފަސޭހަކަމާއި ހަލުވި ކަމާއެކު ނިންމުމަށް ޕުޓިން ބޭނުންފުޅުވާނަމަ ޔޫކްރޭނުގެ ބޮޑެތި ރަށްތައް ހިފުމުގެ ހުއްދަ ޗެޗްންޔާގެ ސިފައިންނަށް ދެއްވަން ޖެހޭނެކަމަށެވެ. ރަމްޒާންގެ ބަޔާނުގައި އޭނާ ވަނީ ރަޝިއާގެ ސިފައިން ޔޫކްރޭނުގައި މަރުވަމުންދާތަން ބަލަން ބޭނުން ނުވާކަމަށާއި، މި ހަނގުރާމައިން […]
ހިޔާ ފްލެޓް ސަރަހައްދުގެ މަގުތަށް ނިންމައި ބޭނުންކުރަން ފަށައިފި!

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ހިޔާ ފްލެޓުތައް ސަރަހައްދުގެ މަގުތަކުގެ ތާރު އެޅުމުގެ މަސައްކަތް ނިންމައި އާންމުން ބޭނުންކުރަން ހުޅުވައިލައިފިއެވެ. ހިޔާ ފްލެޓް ސަރަހައްދުގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ މެދު ތެރޭގައެވެ. އަދި ނޮވެމްބަރު މަހު އެ މަސައްކަތް އެއްކޮށް ނިންމާލުމަށް އޭރު އަމާޒުހިފި ނަމަވެސް މަސައްކަތް ނުނިމި ދިގުލައިގެން ގޮސްފައިވަނީ ކޮވިޑް-19 އާ ގުޅިގެން ކަމަށް އެ ކުންފުނިން ކުރިން ބުނެފައިވެ އެވެ. އެޗްޑީސީން ބުނީ ހިޔާ ފްލެޓް ސަރަހައްދުގެ […]
ދުނިޔޭގައި އުފެދުނު އެންމެ މޮޅު ލެގް ސްޕިނަރ ޝޭން ވޯން މަރުވެއްޖެ

ދުނިޔޭގައި އުފެދުނު އެންމެ މޮޅު ލެގް ސްޕިނަރ ޝޭން ވޯން މަރުވެއްޖެއެވެ. އޮސްޓްރޭލިއާގެ ރައްޔިތެއްކަމުގައިވާ ޝޭން ވޯން މަރުވެފައި ވަނީ ތައިލެންޑްގެ ސާމްވީގައި ހުރި ގެއެއްގައެވެ. އޭނާ މަރުވީ ހިތް ހުއްޓިގެންނެވެ. ޚަބަރު ލިބިފައިވާގޮތުގައި ހިތުގެ މައްސަލައެއް ކުއްލިއަކަށް ދިމާވުމުން ސިއްހީ ޚިދުމަތްތެރިންގެ ޓީމަކުން އޭނާއަށް ފަރުވާދީ ސަލާމަތްކުރަން ވަރަށް މަސައްކަތް ކުރިއެވެ. ނަމަވެސް އޭނާ ސަލާމަތް ކުރެވޭގޮތެއް ނުވިއެވެ. މިއަދު ހެނދުނު އޮސްޓްރޭލިއާގެ ކުރީގެ ކުޅުންތެރިއެއްކަމުގައިވާ މަޝްހޫރު ވިކެޓް ކީޕަރ ރޮޑް މާޝް ވެސް ވަނީ […]
އަޖޭގެ ފިލްމު ”މައިދާން“ އާއި އަކްޝޭގެ ”ޕްރިތީވް ރާޖް“ ވެސް ދައްކަން ފަށާނީ އެއްދުވަހެއްގައި

އަޖޭ ދޭވްގަންގެ ފިލްމު ”މައިދާން“ އާއި އަކްޝޭކުމާރުކުޅެފައިވާ ”ޕްރިތިވް ރާޖް“ ވެސް އެއްދުވަހެއްގައި އަޅުވާގޮތަށް ހަމަޖައްސައިފިއެވެ. ދެ ފިލްމު ވެސް ސިނަމާތަކުގައި ދައްކަން ފަށާނީ ޖޫން މަހުގެ ތިން ވަނަ ދުވަހުގައެވެ. އަކްޝޭގެ ފިލްމު ކުރިން އަޅުވަން އޮތީ 10 ޖޫންގައި ކަމަށް ވިޔަސް ފިލްމު އުފެއްދުމުގައި އިސްކޮށް އުޅު ފަރާތްތަކުން ފިލްމު ދައްކަން ފަށާ ތާރީޚު ބަދަލު ކުރީއެވެ. އަކްޝޭގެ ފިލްމުގައި އޭނާގެ އިތުރަށް މަނޯޝީ ޗިއްލަ އާއި ސަންޖޭ ދަތު އާއި ސޯނޫ ސޫދު […]
ހަނިމާދޫ އެއަރޕޯޓް ތަރައްގީކުރަން 4 ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކޮށް ބީލަން ހުށަހަޅައިފި!

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއަށް ބީލަން ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި ހަތަރު ކުންފުންޏަކުން ބީލަން ހުށަހެޅި ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ. އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ އެ އެއާޕޯޓް ތަރައްގީކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހަޅަން ހުޅުވާލި ފުރުސަތު މިއަދު ހަމަވެފައިވާ ކަމަށެވެ. ނަމަވެސް އެ ފުރުސަތުގައި ބީލަން ހުށަހެޅި ކުންފުނިތަކުގެ ތަފްސީލެއް އިކޮނޮމިކް މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްޤީ ކުރުމުގެ މި މަޝްރޫޢުގެ ދަށުން ހަނިމާދޫގައި 46.2 ކިލޯމީޓަރުގެ […]