ރަޝިއާއާއެކު ހަނގުރާމައިގައި ބައިވެރިވުމުގެ ހުއްދަ ދިނުމަށް ޗެޗްނިޔާގެ ވެރިޔާ ގޮވާލައްވައިފި

Loading

Facebook
Twitter
WhatsApp

ޔޫކްރޭންގެ ހަނގުރާމަ ވީހާ އަވަހަކަށް ނިންމަވަން ރައީސް ޕުޓިން ބޭނުންފުޅުވާނަމަ ޗެޗްނިޔާގެ ސިފައިން ބޭނުން ކުރެއްވުމަށް އެގައުމުގެ އިސްވެރިޔާ ރަމްޒާން ކަޑްރޮވް ގޮވާލައްވައިފިއެވެ.

ހުކުރު ދުވަހު ނެރުއްވި ބަޔާނެއްގައި ރަމްޒާން ވިދާޅުވެފައި ވަނީ ޔޫކްރޭނުގައި ހިނގަމުންދާ ހަނގުރާމަ ފަސޭހަކަމާއި ހަލުވި ކަމާއެކު ނިންމުމަށް ޕުޓިން ބޭނުންފުޅުވާނަމަ ޔޫކްރޭނުގެ ބޮޑެތި ރަށްތައް ހިފުމުގެ ހުއްދަ ޗެޗްންޔާގެ ސިފައިންނަށް ދެއްވަން ޖެހޭނެކަމަށެވެ.

ރަމްޒާންގެ ބަޔާނުގައި އޭނާ ވަނީ ރަޝިއާގެ ސިފައިން ޔޫކްރޭނުގައި މަރުވަމުންދާތަން ބަލަން ބޭނުން ނުވާކަމަށާއި، މި ހަނގުރާމައިން އަވަސް ކާމިޔާބީއެއް ރަޝިއާއަށް ހޯދާދިނުމުގެ ފުރުސަތު ޗެޗްންޔާގެ ސިފައިންނަށް ދެއްވުމަށް ތަކުރާރުކޮށް ގޮވާލައްވާފައެވެ. އޭނާ ވިދާޅުވިގޮތުގައި ”މި ހަނގުރާމައިން ކާމިޔާބު ލިބިގެން މެނުވީ ރަޝިއާގެ ރައްޔިތުން ރައްކާތެރިއެއް ނުކުރެވޭނެއެވެ“.

ރަމްޒާން ދެއްވި ބަޔާނާ ގުޅިގެން ކްރެމްލިންގެ ތަރުޖަމާނު ވިދާޅުވެފައި ވަނީ ކާމިޔާބު ހޯދޭނެ ހުރިހާ މަގުތަކެއް ޕުޓިން ވިސްނަވަމުންގެންދަވާ ކަމަށެވެ. އަދި ޢަސްކަރީ ހުރިހާ ކަމެއް ނިންމަވާނީ ކޮމާންޑާ-އިން-ޗީފް ކަމަށްވެސް ތަރުޖަމާނު ޕެސްކޮވް ވިދާޅުވިއެވެ.

މީގެ ކުރިން ވެސް ރަމްޒާން ވަނީ ޔޫކްރޭނު ހަނގުރާމާގައި ރަޝިއާއާ އެކު ބައިވެރިވުމަށް ސިފައިން ފޮނުވުމަށް ރައީސް ޕުޓިންއަށް ހުށަހަޅުއްވާފައެވެ.

ޗެޗެން ރިޕަބްލިކްގެ މިހާރުގެ ވެރިޔާ ރަމްޒާން ކަޑްރޮވް އަކީ ޗެޗްނިޔާގެ އެންމެ ބޮޑު ޕާޓީ ކަމަށްވާ ޔުނައޓެޑް ރަޝިއާ ޕާޓީއަށް ނިސްބަތްވާ ބޭފުޅެކެވެ. ސޮވިއެޓް ޔޫނިއަންގެ އަތްދަށުން މިނިވަންވުމަށް ޗެޗްނިޔާކުރި ފުރަތަމަ ހަނގުރާމައިގައި ރަމްޒާން ވަނީ ރަޝިއާ އާ ދެކޮޅަށް އޭނާގެ އާއިލާއާ އެކު ހަނގުރާމަ ކުރައްވާފައެވެ. ނަމަވެސް ޗެޗްނިޔާ މިނިވަންކަން ހޯދުމަށް ކުރި ދެވަނަ ހަނގުރާމައިގައި ރަމްޒާން އަދި އޭނާގެ އާއިލާ ވަނީ ކޮޅު ބަދަލުކުރައްވައި ރަޝިއާ ކޮޅަށް ޖެހިވަޑައިގެންފައެވެ. އަދި އެއަށް ފަހު ރަމްޒާން ގެންދަވަނީ ރަޝިއާއާ އެކު ގާތް ގުޅުމެއް ބާއްވަވަމުންނެވެ. މިއަދު ޗެޗްނިޔާއަކީ ނަމެއްގައި މިނިވަން ގައުމެކެވެ. ނަމަވެސް ހަގީގަތުގައި ޗެޗްނިޔާއަކީ ރަޝިއާގެ ބާރުގެ ދަށުގައިވާ ގައުމުކެވެ.

 

Loading

2 Responses

  1. ޗެޗްނިޔާއަކީ މިނިވަން ގައުމެއް ނޫނެވެ. އެއީ ރަޝިޔާގައި ހިމެނޭ ޖުމްހޫރިއްޔަތު ތަކުގެ ތެރޭން އެއް ޖުމްހޫރިއްޔާއެވެ. އެހެނަސް ޗެޗްނިޔާ މިނިވަން ވުމަށް ކުރި ހަނގުރާމަ ތަކުގެ ސަބަބުން ރަޝިޔާގެ އެހެން ޖުމްހޫރިއްޔާ ތަކަށްވުރެން ގިނަ މިނިވަން ބާރުތަކެއް ޗެޗްނިޔާއަށް ލިބިދީފައި ވެއެވެ. ޗެޗްނިޔާއިން ކުރަމުން ގެންދިޔަ ހަނގުރާމަ ހުއްޓާލައި ރަޝިޔާގެ ޖުމްހޫރިއްޔާއެއްގެ ގޮތުގައި އޮތުމަށްޓަކައި ގާނޫނު އަސާސީ އިސްލާހް ކުރެވިގެންދިޔައީ ރައްޔިތުންގެ ރުހުމާވެސް އެކުގައެވެ. ޗެޗްނިޔާއޮތް ސަރަހައްދުގެ ގޮތުން މުޅިއުމުރުދުވަހު ރަޝިޔާއާއި ހަނގުރާމަ ކުރިއަސް އެ ގައުމަށް ރަނގަޅުގޮތެއް މެދުވެރިވުން ދުރު ކަމުގައި ގަބޫލުކުރަންޖެހެއެވެ.

  2. ލޯބިވެރިން އެނގޭނީ ބޮޑު މުސީބާތެއް ދިމާވީމައެވެ. ޗެޗެންޏާ އެދެއްކީ ގައުމީވަންތަކަމުގެ ނަމޫނާއެކެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް