ރޯދަމަހުގެ ރަސްމީ ގަޑިތައް ކަޑައަޅައިފި

Loading

Facebook
Twitter
WhatsApp

 

 

ކުރިއަށް އޮތް ރޯދަ މަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ މިއަދު ހަމަޖައްސަވައިފިއެވެ.

ރައީސް އޮފީހުން ބުނީ ރޯފަމަހުގެ އިތުރުން ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހުވެސް ސަރުކާރުގެ ރަސްމީ ގަޑިއަކީ ހެނދުނު 09:00 އިން މެންދުރު 01:00 ކަމަށެވެ.

އަދި މި ގަޑިތަކަށް ފައްތައިގެން ސަރުކާރު އިދާރާތަކުގެ މަސައްކަތްތައް ރޭވުމަށްވެސް ރައީސް އޮފީހުން ވަނީ އަންގާވާފައެވެ.

ރޯދަ މަހުގެ ރަސްމީ ވަގުތު އަބަދުވެސް ކަނޑައަޅަނީ އާންމު ދުވަސްތަކަށްވުރެ މަދު ވަގުތު މަސައްކަތް ކުރާ ގޮތަށެވެ.

ކަލަންޑަރު ބުނާ ގޮތުން މިއަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ ދުވަހަކީ އަންނަ އޭޕްރިލްމަހުގެ 2 ވާ ހޮނިހިރު ދުވަހެވެ. އަދި މިއަހަރުގެ ފިތުރު އީދު ދުވަހަކީ މޭ މަހުގެ 2 ވާ ހޯމަދުވަހެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް