އެއީ އަހަރެންގެ ލަޔަންހާޓް އެވެ

Loading

Facebook
Twitter
WhatsApp

މަޝްހޫރު ފިލްމް އެކްޓްރެސް އަދި މޮޑެލް އެލިޒަބަތު ހަރލީ އޭނާގެ ކުރީގެ ލޯބިވެރިޔާ، އޮސްޓްރޭލިޔާގެ މަޝްހޫރު ކްރިކެޓަރ ޝޭން ވޯން ގެ ކުއްލިމަރާ ގުޅިގެން ހިތާމަ ފާޅުކޮށް ޓްވީޓްތަކެއް ކޮށްފިއެވެ. ޝޭން ވޯން އަކީ އޭނާގެ ލަޔަންހާޓް ކަމަށް ސިފަ ކުރަމުން ހަރލީ ބުނެފައިވަނީ އޭނާޔަށް އިހުސާސް ކުރެވެނީ އިރު އަބަދަށްޓަކާ ވިލާގަޑެއްގެ ފަހަތަށް ވަދެ ނިވާވި ފަދަ އިހުސާސެއް ކަމުގައެވެ.

ޝޭން ވޯން އާއި އެލިޒަބަތު ހަރލީ ލޯބީގެ ގޮތުން ގުޅިގެން އަހަރު ތަކެއްގައި އުޅުނު ނަމަވެސް ރަސްމީކޮން އެންގޭޖްވެގެން ތިބީ 2011 އިން 2013 އަށެވެ. އަދި އެދެމީހުންނަށް އޭރު ވަރަށް ބޮޑަށް މީޑިޔާގެ ސަމާލުކަން ލިބެމުންއައެވެ.

އެލިޒަބަތު ހަރލީގެ ފިރިހެން ދަރިފުޅުވެސް ވަނީ މަންމަޔާއެކު މިހިތާމައިގައި ބައިވެރިވެފައެވެ. އޭނާބުނެފައިވަނީ ޝޭން ވޯން އަކީ އޭނާ ދަންނަ އެންމެންގެ ތެރޭންވެސް ރަގަޅު އިންސާނެއްގެ ގޮތުން އެންމެ ފާހަގަ ކުރާނެ އެކަކު ކަމުގައެވެ. މަންމަ އެލިޒަބަތު ހަރލީ ޝޭން ވޯންއާއިއެކު ލޯބީގެ ގޮތުން ގުޅި އެންގޭޖްވި އިރު ޑޭމިއަން ހަރލީ އަށް ވާނީ ނުވަ އަހަރު ނަމަވެސް އޭނާ ބުނެފައިވަނީ އޭނާގެ އުމުރުގެ އެންމެ މުހިންމު އަހަރުތަކުގައި ޝޭން ވޯން ބައްޕަ އެއްގެ ގޮތުގައި ކައިރީގައި ހުރެ، ބައްޕައެއްގެ ދައުރު އަދާކޮށްދީފައިވާ ކަމަށާ އޭނާ މަރުވުމުން ޑޭމިއަންގެ ހިތްހަލާކުވެފައިވާ ކަމުގައެވެ.

ޝޭން ވޯން ކުއްލި ގޮތަކަށް މަރުވެފައިވަނީ ތައިލެންޑް ގައިހުންނަ އޭނާގެ އަމިއްލަ ވިލާގައި ހުއްޓާ ހުކުރު ދުވަހު އެވެ. އޭނާ މަރުވީ ހިތް ހުއްޓިގެންކަމަށް ފުރަތަމަ ރިޕޯޓްތައް ބުނެފައިވެއެވެ.

އޭނާ ފެނިފައިވަނީ ޚަބަރުހުސްވެ ވެއްޓިފައި އޮއްވައެވެ. އެއާއެކު ސިއްހީ ޚިދުމަތްތެރިންގެ ޓީމަކުން އޭނާއަށް ފަރުވާދީ ސަލާމަތްކުރަން ވަރަށް މަސައްކަތް ކުރިއެވެ. ނަމަވެސް އޭނާ ސަލާމަތް ކުރެވޭގޮތެއް ނުވިއެވެ.

އޭނާގެ ކުއްލި މަރާއެކު ސެލެބްރިޓީ ރަހުމަތްތެރިންވެސް އައީ ހިތާމަ ފަޅުކޮށް މެސެޖްތައް ފޮނުވަމުންނެވެ. މަޝްހޫރް ލަވަކިއުންތެރިޔާ އެލްޓަން ޖޯން ބުނީ ޝޭން ވޯން އަކީ ކްރިކެޓްގައި ޖާދޫއެއްފަދަ ހުނަރެއްގެ ވެރިއެއްކަމަށާ އަދި އޭނާއަކީ އުފާވެރިމިޒާޖެއްގެ މަޖާ މީހެއްކަމުގައެވެ. އަދި އެދުވަހަކީ އޮސްޓްރޭލިޔާގެ ކްރިކެޓަށް އައި ވަރަށްވެސް ހިތާމަވެރި ދުވަހެއްގެ ގޮތުގައި ސިފަކޮށްފައި ވެއެވެ. ހަމަ އެދުވަހު ވަނީ ކުރީގެ ވިކެޓް ކީޕަރ ރޮޑް މާޝްވެސް މަރުވެފައެވެ.

ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ކްރިކެޓަރގެ ގޮތުގައި ސިފަ ކުރެވެމުންއައި ޝޭން ވޯން ބައިނަލް އަގުވާމީ ފެންވަރުގައި 15 އަހަރު އޮސްޓްރޭލިއާއަށް ކުރިކެޓް ކުޅެފައިވެއެވެ. އޭނާގެ ކުލަގަދަ ކުޅިވަރުގެ ހަޔާތުގައި 708 ޓެސްޓް ވިކެޓު ނަގާފައިވެއެވެ. މިއީ އޮސްޓްރޭލިއާއަށް ބަލާއިރު ރެކޯޑެކެވެ. އެ ގައުމުގެ އެހެން ކުޅުންތެރިއަކަށް އެހާ ގިނަ އަދަދަށް ވިކެޓު ނެގިފައެއް ނުވެއެވެ.

ޝޭން ވޯންގެ ކުއްލި މަރުން ކްރިކެޓްގެ ދުނިޔެއަށް ވަނީ ފުން ހިތާމައެއް ލިބިފައެވެ.

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް