މިއަރެއް ހަމަލާ ދިނުމުގެ ސަބަބުން މީހަކު މަރުވެއްޖެ

އޮސްޓްރޭލިޔާގެ ސިޑްނީގެ ބީޗެއްގައި މިއަރެއް ހަމަލާ ދިނުމުގެ ސަބަބުން މީހަކު މަރުވެއްޖެއެވެ. މިއީ 1963 ވަނައަހަރުގެ ފަހުން މިގޮތަށް އޮސްޓްރޭލިޔާގައި މީހަކު މަރުވި ފުރަތަމަ ފަހަރު ކަމަށް ޚަބަރުލިބެއެވެ. ބުދަދުވަހު ހަވީރު ލިޓްލް ބޭ ބީޗްގައި ހިގި މިހާދިސާއަށް ފަހު އިމަޖެންސީ ސަރވިސް އެތަނަށް ދިޔަ އިރުވެސް މީހާވަނީ މަރުވެފައި ކަމަށް ޚަބަރުލިބެއެވެ. މިހާދިސާގައި މަރުވި މީހާގެ ނަން ހާމަ ކޮށްފައެއްނުވެއެވެ. ނަމަވެސް ތަހުގީގެއް ފަށާފައިވާކަމަށް ނިއުސައުތު ވޭލްސް ގެ ކަމާބެހޭ އިދާރާ ތަކުންހާމަ ކޮށްފައި ވެއެވެ. […]

ކުރީ ސަރުކާރުގެ ވައްކަމޭ ކިޔާނެކަމެއް ނެތް. މިހާރުވެސް ކުރަމުން ދަނީ ވައްކަން

ނިމިދިޔަ ސަރުކާރުގެ އިސް ވެރިން ދައުލަތުން ވައްކަން ކޮށްފައި ވަނީ ސަރުކާރުގެ ކަމާބެހޭ އެންމެހައި އިދާރާތައް ކަސްތޮޅު އަޅުވައިގެން ކަމަށް ބައެއް ފަރާތްތަކުން މައުލޫމާތު ދެމުން އެބަގެންދެއެވެ. ރައީސް ޔާމީނު ވިދާޅުވާ ޣައްދާރުންނަކީ ކުރީ ސަރުކާރުގެ ބައެއް އިސްވެރިންނެވެ. އެމަނިކުފާނު ވަނީ އޭގެ ތެރެއިން އެމަނިކުފާނަށް އެނގިވަޑައިގެންފައިވާ ފަރާތްތަކުގެ މައްޗަށް ފިޔަވަޅު ވެސް އަޅުއްވާފައެވެ. އެމްއެމްޕީއާރުސީގެ މައްސަލަ ތިލަވެ އަދީބާއި ޒިޔަތުގެ މައްޗަށް ވައްކަމާއި ޚިޔާނާތުގެ މައްސަލަ ސާބިތުވެ ހުކުމް ކުރެވުނީ ރައީސް ޔާމީނު އިސްނަންގަވައިގެން ފެއްޓެވި […]

ކޮވިޑް-19 އިން ދިފާއުވުމަށް މެލޭޝިޔާ އާއި ބުރުނާއީން އިތުރު ފިޔަވަޅުތަކެއް!

ކޮވިޑް-19 އިން ދިފާއުވުމަށް ޖަހަންޖެހޭ ވެކްސިންތައް ފުރިހަމަކޮށްފައިނުވާނަމަ، މެލޭޝިޔާއާއި ބުރުނާއީއާ ދެމެދު ދަތުރު ކުރާ ފަރާތްތަކުން ކަރަންޓީނުވާން ޖެހޭނެ ކަމަށް މެލޭޝިޔާގެ ބޮޑުވަޒީރު އަންގާރަ ދުވަހު ވިދާޅުވެއްޖެއެވެ. މެލޭޝިޔާގެ ބޮޑު ވަޒީރު ވިދާޅުވި ގޮތުގައި މި އެއްބަސް ވުމަކީ އިސްތަނާ ނޫރުލް އީމާންގައި، ބުރުނާއީގެ ސުލްޠާން، ޙަސަނަލް ބުލްޤިއާއާ ދެމެދު ކުރެވުނު މަޝްވަރާ ތަކުގެ ނަތީޖާއެވެ. ބޮޑުވަޒީރު އިސްމާޢީލް ސަބްރީ ނެރުއްވި ބަޔާނެއްގައި ވާގޮތުން، ކޮންމެ ހަފްތާއަކުވެސް ކުއަލާ ލަމްޕޫރް އާއި ބަންޑަރ ސެރީ ބެގަވާންއާ ދެމެދު […]

އިންޑިޔާގެ މިޔުޒިކް ކޮމްޕޯޒަރ ބައްޕީ ލަހިރި މަރުވެއްޖެ

އިންޑިޔާގެ ބޮލީ ވުޑްގެ ޑިސްކޯ ކިންގ ގެ ނަމުން މަޝްހޫރު ވެފައިވާ މިޔުޒިކް ކޮމްޕޯޒަރ އަދި ލަވަކިއުންތެރިޔާ ބައްޕީ ލަހިރީ މަރުވެއްޖެއެވެ. އޭނާ މަޝްހޫރު ވެގެން ގޮސްފައިވަނީ އޭނާ އުފެއްދި ތަފާތުގޮތްތަކެއްހުންނަ ޑިސްކޯ ޓިއުން ތަކުންނާއި ގެންގުޅުނު އާދަޔާޚިލާފް ފެޝަން ގޮތްތަކެއްގެ ސަބަބުންނެވެ. އުމުރުން 69 އަހަރުގެ ބައްޕީ ލަހިރީ އަށް މިދިޔަ އަހަރުގެ އެޕްރިލްމަހު ކޮވިޑް 19 ޖެހި ހުރީ ރަގަޅުވެފައެވެ. އޭނާ މަރުވެފައިވަނީ އަންގާރަ ދުވަހުއެވެ. އިންޑިޔާގައި ޑިސްކޯ މިޔުޒިކް އާންމުވެގެން ދިޔައީ ބައްޕީ […]

ތޭރަ ދަރިވަރަކު ރޭޕް ކުރި ޓީޗަރަކަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް

އިންޑޮނީޝިޔާގައި ބޯޑިންގ ސްކޫލެއް ހިންގާ މީހަކު އޭނާގެ ސްކޫލްގެ 13 އަންހެންކުއްޖަކު ގްރޫމް ކޮށް ރޭޕް ކުރުމުގެ ކުށުގައި އުމުރު ދުވަހަށް ޖަލަށްލުމަށް ހުކުމް ކޮށްފި އެވެ. ހެރީ ވިރާވަން ނަމަކަށްކިޔާ އުމުރުން 36 އަހަރުގެ މިމީހާ ރޭޕް ކޮށްފައިވަނީ އުމުރުން 11 އަހަރާ 16 އަހަރާ ދެމެދުގެ ކުދިން ތަކެކެވެ. މީނާގެ މައްސަލަ ފުރަތަމަ ހާމަ ވެފައިވަނީ މިދިޔަ އަހަރުއެވެ.އެއާއެކު އެންމެނަށްވެސް ޝޮކެއް ލިބިގެން ދިޔަ ކަމަށް ރިޕޯޓްތައް ބުނެއެވެ. އިސްލާމް ޓީޗަރުކަންވެސް ކުރަމުން އައި […]

50 އިންސައްތަ ވޯޓު ނުލިބޭ ކެންޑި ޑޭޓަކަށް ގައުމުގެ ރައީސްކަން ކުރެވިގެން ނުވާނެ

ގައުމެއްގެ ރިޔާސީ އިންތިޚާބު 50 އިންސައްތަ އިން ކާމިޔާބު ނުކުރެވޭ ކެންޑިޑޭޓަކު ރައީސް ކަމަށް އިންތިޚާބު ވާގޮތަށް އެއްވެސް ގައުމަކު ރިޔާސީ ނިޒާމެއްގައި އޮންނައެޑެއް އަދި ނާހަމެވެ. އެގޮތަށް ގަބޫލުނުކުރެވެނީ ޔަގީނުންވެސް ސަބަބުތަކަކާއި އެކުގައި ކަން ކަށަވަރެވެ. މިރާއްޖޭގެ ރިޔާސީ އިންތިޚާބު ކޯލިޝަނަކުން ނޫނީ ކާމިޔާބު ނުކުރެވޭ މައްސަލަ ދެނެ ގަނެ އެކަން ރަނގަޅު ކުރުން މާ މުހިންމު ކަމުގައި ދެކެމެވެ. އަދިވެސް މިފެންނަގޮތުން ބާޢީންނާއި ނުވަތަ ގާޒީންނާއި އެކުގައިނަމަވެސް ކޯލިޝަން ނުހަދާ މިރާއްޖޭގެ ރިޔާސީ އިންތިޚާބު […]

ދެކުނު ކޮރެޔާގެ ރިޔާސީ އިންތިޚާބް ގެ ކެމްޕެއިން ފެށިއްޖެ

ދެކުނު ކޮރެޔާގެ ރިޔާސީ އިންތިޚާބްގެ ކެމްޕެއިން ކުރުން އަންގާރަ ދުވަހު ފެށިފައިވާއިރު މިއީ ފާއިތުވި ވިހި އަހަރުވެސް އެންމެ ގާތުން ވާދަކުރާނެ އިންތިޚާބް ކަމަށް ވަނީ ބެލިފައެވެ. ވެރިކަންކުރާޕާޓީގެ ކެންޑިޑޭޓް ލީ ޖެއި މިއުންގ ދަންވަރު ބާރަ ހަމަ ޖެހި ތަނާ ކެމްޕެއިން ފެއްޓެވިއިރު އޭނާ ފުރަތަމަ ވަޑައިގެންފައިވަނީ ބޫސާން ގައި ހުރި ޝިޕިންގ ގެ ހަރަކާތްތައް ކޮންޓްރޯލް ކުރާ ޓަވަރ އަކަށެވެ. މރ. ލީ އާ އެންމެ ގާތުން ވާދަ ކުރައްވާ ކެންޑިޑޭޓް ، ކޮންޒަރވޭޓީވް […]

​ޔުކްރޭނަށް ދިވެހިން ދަތުރު ނުކުރަން އަންގައިފި!

​ރަޝިއާއާއި ޔޫކްރެއިންގެ މައްސަލަ ހޫނުވެ ހަނގުރާމައެއް ފަށާފާނެ ކަމުގެ ބިރު ހީވެފައިވާ މި ދަނޑިވަޅުގައި ޔުކްރޭނަށް މިވަގުތު ދިވެހިން ދަތުރު ނުކުރުމަށް ފޮރިން މިނިސްޓްރީއިން އަންގައިފި އެވެ. ​ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ ޔޫކްރެއިންގައި މި ވަގުތު ދިރިއުޅެމުންދާ ދިވެހި ރައްޔިތުން އެޤައުމުގެ ސަރުކާރުގެ ނިންމުންތަކާއި އެންގުންތަކަށް ވަރަށް ބޮޑަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުއްވުމަށް ވެސް އިލްތިމާސްކުރާ ކަމަށެވެ. އަދި ޔޫކްރެއިންގައި މިވަގުތު ތިބި ދިވެހި ރައްޔިތުން، ފޮރިން މިނިސްޓްރީ އާއި، އެ […]

އިންޑިޔާގައި އަންހެނުންނަށް ދެވޭ ސަމާލުކަން އިތުރުވުމުގެ ނަތީޖާ ރަގަޅުވާނެބާ؟

އިންޑިޔާގެ އެންމެ އާބާދީ ބޮޑު އެއްސްޓޭޓް ކަމަށްވާ އުތުރު އިންޑިޔާގެ އުއްތަރަ ޕްރަދޭޝްގައި އައު ސަރުކާރެއް ހޮވުމަށް އަންގާރަ ދުވަހު ވޯޓުލުންކުރިޔަށްދާއިރު ކުރިޔާ ޚިލާފަށް އަންހެނުންގެ ވޯޓު ހޯދުމަށް މަސައްކަތް ކުރެވެމުން ދިޔަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ. ޔޫޕީގެ އާބާދީ ބްރެޒިލްގެ އާބާދީ އަށް ވުރެބޮޑު އިރު، ވޯޓުލުމުގެހައްގުލިބޭ 150 މިލިއަން މީހުންގެތެރޭން 70 މިލިއަން މީހުންނަކީ އަންހެނުންނެވެ. މިއާއެކު އިސް ކޮންމެ ސިޔާސީ ޕާޓީ އަކުންވެސް އަންހެނުންގެ ވޯޓު ކަށަވަރުކުރުމަށް މަސައްކަތް ތަކެއް ކުރިކަމަށް […]

ޔޫކްރޭނުން ރަޝިއާ އާއެކު ބައްދަލުވުމެއް ބާއްވަން އެދެފި

ރަޝިއާއިން ޔޫކްރޭނުގެ ބޯޑަރު ކައިރިއަށާއި ކްރައިމިއާ ކައިރިއަށް ގިނަ އަދަދެއްގެ ހަތިޔާރުތައް ޖަމާކުރުމާ ގުޅިގެން ޔޫކްރޭނުން ރަޝިއާ އާއެކު ބައްދަލުވުމެއް ބާއްވަން އެދެފިއެވެ. ޔޫކްރޭނުގެ ފޮރިން މިނިސްޓަރު ޑްމިޓްރޯ ކުލެބާ ވިދާޅުވި ގޮތުގައި ރަޝިއާގެ އަމަލުތަކާ މެދު ވާހަކަ ދެއްކުމަށް ހުކުރު ދުވަހު ޔުކުރޭނުން ވަނީ އެދިފައެވެ. އެ އެދުމަށް ރަޝިއާއިން އަދި ޖަވާބެއް ދީފައެއް ނުވެއެވެ. މިހާރު ޔޫކްރޭނުން އެދިފައިވަނީ ކުރިޔަށް އޮތް 48 ގަޑިއިރު ތެރޭގައި ބައްދަލުވުމެއް ބޭއްވުމަށެވެ. ޔުކުރޭންގެ ހާލަތު ގޯސްވުމާ ގުޅިގެން […]