ޔޫކްރޭނުން ރަޝިއާ އާއެކު ބައްދަލުވުމެއް ބާއްވަން އެދެފި

Loading

Facebook
Twitter
WhatsApp
ukraine x russia

ރަޝިއާއިން ޔޫކްރޭނުގެ ބޯޑަރު ކައިރިއަށާއި ކްރައިމިއާ ކައިރިއަށް ގިނަ އަދަދެއްގެ ހަތިޔާރުތައް ޖަމާކުރުމާ ގުޅިގެން ޔޫކްރޭނުން ރަޝިއާ އާއެކު ބައްދަލުވުމެއް ބާއްވަން އެދެފިއެވެ.

ޔޫކްރޭނުގެ ފޮރިން މިނިސްޓަރު ޑްމިޓްރޯ ކުލެބާ ވިދާޅުވި ގޮތުގައި ރަޝިއާގެ އަމަލުތަކާ މެދު ވާހަކަ ދެއްކުމަށް ހުކުރު ދުވަހު ޔުކުރޭނުން ވަނީ އެދިފައެވެ. އެ އެދުމަށް ރަޝިއާއިން އަދި ޖަވާބެއް ދީފައެއް ނުވެއެވެ. މިހާރު ޔޫކްރޭނުން އެދިފައިވަނީ ކުރިޔަށް އޮތް 48 ގަޑިއިރު ތެރޭގައި ބައްދަލުވުމެއް ބޭއްވުމަށެވެ.

ޔުކުރޭންގެ ހާލަތު ގޯސްވުމާ ގުޅިގެން ޖަރުމަނުގެ ޗާންސެލަރ އޯލަފް ސްޗޮލްޒް ވަނީ ޔޫކްރޭނުގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީއާ އެކު ހޯމަ ދުވަހު ބައްދަލުވުމެއް ބާއްވާފައެވެ.

އަދި ޖަރުމަނީގެ ސިފައިން ގޮވައިގެން އެ ގައުމުގެ އަސްކަރީ މަތިންދާ ބޯއްޓެއް ލިތުއާނިއާއަށް ވަނީ ޖައްސާފައެވެ. މި މަތިންދާ ބޯއްޓުގައި ޖަރުމަނުގެ 70 ސިފައިން އެ ސަރަހައްދަށް ގެންގޮސްފައިވެއެވެ. ލިތުއާނިއާގައި މިހާރު ޖަމާވެފައި ތިބި ނޭޓޯގެ ސިފައިންގެ އިތުރުން ޖަރުމަނުގެ 360 ސިފައިން ކުރިއަށް އޮތް ދުވަސްތަކުގައި އެ ސަރަހައްދަށް ފޮނުވާނެކަން ވަނީ ހާމަކޮށްފައެވެ. މި ޑިޕްލޮމެންޓް ތަކުގެ މަގުސަދަކީ ނޭޓޯގެ އިރުމަތީ ދިފާއީ ބާރުތައް ވަރުގަދަ ކުރުމެވެ.

އިނގިރޭސި ވިލާތުގެ ބޮޑު ވަޒީރު ބޮރިސް ޖޯންސަން ވަނީ ރަޝިއާއިން ޔޫކްރޭނަށް މި ހަފުތާ ތެރޭގައި އަރާނެ ކަމުގެ ބިރު ބޮޑު ކަމަށް ބުނެފައެވެ. އަދި އޭނާ ބުނެފައިވާ ގޮތުގައި ރަޝިއާއިން މި މައްސަލަ ހައްލުކުރަން މަސައްކަތް ކުރާނެ ކަމުގެ އުއްމީދު ވަރަށް ކުޑައެވެ.

 

Loading

One Response

  1. އެމެރިކާ ބޭނުންވީމާ ޔޫކުރޭނުގެއަށް ސިފައިންނާއި ހަތިޔާރުފޮނުވައި ރަޝިޔާއަށް ހެޓަކަށް ޔޫކުރޭނު ބޭނުންކޮށްގެން ދުއްތުރާކުރަނީއެވެ. އެމެރިކާއަކާ ކޮންކަމެއްތޯ ޔޫކުރޭނުގެ ކަންކަމާއި ބެހި އަވަށްޓެރިން ޖައްސުވާ އެތަނުގައި ފަނި ހަދާކަށް. އެމެރިކާގެ ދޮރުކައިރީގައި ރަޝިޔާއަށް ވާގިދޭ ބައެއް ބޭނުންކޮށްގެން ރަޝިޔާއިން ސިފައިން ފޮނުވާ ހަތިޔާރު ފޮނުވައި އެމެރިކާއަށް އެތަނުގައި ވެރިކަން ބޭނުންވެގެން އުޅޭ މީހަކުހޯދައިގެން އިނގިލިހަރާބަލަ އެމެރިކާ އަށް ވާގޮތް އެނގޭނެ. ބާރެއްނެތިއްޔާ ދިވެހިންހެން ބޭރުގައުމަކަށް އަޅުވެތިވެގެން ތިބެދާނެއެވެ. އެހެނަސް ޕުޓިންގެ ރަޝިޔާއެއް އެމެރިކާ ކުޅޭހާ ކުޅިއެއް އޭނަގެ ގައުމުގެ ދޮރުއަށި ކައިރީ ކުޅުނައެއް ނުދޭނެއެވެ. ހަމަ ފުލްސްކޭލްކޮށް ޖައްސާ ނިންމާލަންވީ. އެމެރިކާ އިރާގާއި ވިއެޓްނާމް އަދި އެހެން ގައުމުތަކަށް ހެދިހެން. އެމެރިކާ މިލިޓިރީގޮތުން ބަލިވެގެން ނޫނީ ދުނިޔޭގެ ނިއު ވޯލްޑް އޯޑަރ ހަމަޖެހުމެއް ލިބޭކަށް ނެތެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް