އިންޑިޔާގެ މިޔުޒިކް ކޮމްޕޯޒަރ ބައްޕީ ލަހިރި މަރުވެއްޖެ

Loading

Facebook
Twitter
WhatsApp

އިންޑިޔާގެ ބޮލީ ވުޑްގެ ޑިސްކޯ ކިންގ ގެ ނަމުން މަޝްހޫރު ވެފައިވާ މިޔުޒިކް ކޮމްޕޯޒަރ އަދި ލަވަކިއުންތެރިޔާ ބައްޕީ ލަހިރީ މަރުވެއްޖެއެވެ. އޭނާ މަޝްހޫރު ވެގެން ގޮސްފައިވަނީ އޭނާ އުފެއްދި ތަފާތުގޮތްތަކެއްހުންނަ ޑިސްކޯ ޓިއުން ތަކުންނާއި ގެންގުޅުނު އާދަޔާޚިލާފް ފެޝަން ގޮތްތަކެއްގެ ސަބަބުންނެވެ.

އުމުރުން 69 އަހަރުގެ ބައްޕީ ލަހިރީ އަށް މިދިޔަ އަހަރުގެ އެޕްރިލްމަހު ކޮވިޑް 19 ޖެހި ހުރީ ރަގަޅުވެފައެވެ. އޭނާ މަރުވެފައިވަނީ އަންގާރަ ދުވަހުއެވެ.

އިންޑިޔާގައި ޑިސްކޯ މިޔުޒިކް އާންމުވެގެން ދިޔައީ ބައްޕީ ލަހިރީ ގެ ސަބަބުން ކަމަށް ގިނަބަޔަކު ގަބޫލު ކުރެއެވެ. އޭނާ ޑިސްކޯ ޑާންސަރ ފަދަ ފިލްމް ތަކަށް ހަދާދީފައިވާ މިޔުޒިކް ގެ ސަބަބުން މިތުން ޗަކްރަބަތީ ފަދަ ތަރިން މެދު އުޑަށް އެރުމަށް އެހީތެރިވެދީފައިވެއެވެ. މިޔުޒިކް ގެ އިތުރުން އޭނާ ގެންގުޅުނު ހެދުން އެޅުމުގެ ތަފާތު ސްޓައިލްގެ ސަބަބުން ވެސް ބައްޕީ ލަހިރީ އަށް މަޝްހޫރުކަން ލިބިގެން ދިޔައެވެ. މިގޮތުން އޭނަ އަބަދުވެސްފެންނަނީ ކަރުގަ ބޮޑެތި ރަން ފައްތައް އަލާ އަތުގަ ތަޑިއާ އެހެންވެސް ގަހަނާއަޅައިގެން ހުއްޓައެވެ. އޭނާ ބުނި ގޮތުގައި މިގޮތަށް ފައްތައް އަޅަން ނިންންމީ އެމެރިކަން ރޮކްސްޓަރ އެލްވިސް ޕްރެސްލީ އަށް އޮންނަ ލޯތްބެއްގެ ސަބަބުން،އެލްވިސްވެސް ގަހަނާ އަޅައިގެން ހުންނާތީ އެވެ. އޭނާ ބުނި ގޮތުގައި ގަހަނާ އަޅަނީ އެލްވިސް އަށް އޭނާ ނުހަނު ބޮޑަށް ސަޕޯޓް ކުރުމާއެކު، ކޮންމެވެސް ދުވަހަކުން ތިމަންނަވެސް މަޝްހޫރު ވެއްޖެ ނަމަ އަމިއްލަ ސްޓައިލެއް ގެންގުޅޭނެ ކަމަށް ބުނެ އަމިއްލަ ނަފްސަށް ވީ ވައުދު ފުއްދުމުގެ ގޮތުންނެވެ. އޭނާ ބުނީ ކަލާގެ ރަހުމަތް ފުޅުން އޭނާޔަށް ރަނުގެ ގަހަނާ ބޭނުން ކޮށްގެން އަމިއްލަ އައިޑެންޓީޓީ އެއް އުފެއްދިފަ ވާކަމަށެވެ.

ބައްޕީ ލަހިރީ މަރުވުމާއި ގުޅިގެން ސިޔާސީ ފަރާތްތަކާ ކްރިކެޓަރުންނާ އަދި ބޮލީވުޑްގެ ތަރިން ގެންދަނީ ހިތާމައިގެ މެސެޖް ތައް ފޮނުވަމުންނެވެ. ބޮޑުވަޒީރު ނަރެންދުރަ މޯދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބައްޕީ ’ދާ“ ގެ މަރާއެކު އިންޑިޔާގެ މިޔުޒިކަށް ފޫނުބެއްދޭފަދަ ހުސްކަމެއް އައިސްފައިވާ ކަމަށެވެ. މީހުން އޭނާ ހަނދާން ކުރާނީ އޭނާގެ ރީތި ލަވަތަކުންނާ ހަރަކާތްތެރި ގޮތްތަކުން ކަމަށް މޯދީ ވިދާޅުވެފައިވެއެވެ.

ބައްޕީ ލަހިރީ ލަވަހަދާދީފައިވާ ފިލްމް ތަކުގެ ތެރޭގައި ޑިސްކޯޑާންސަރ، ހިއްމަތުވާލާ، ޑާންސް ޑާންސް ،އެޑްވެންޗާރސް އޮފް ޓާޒަން، ސަތުޔަމޭވް ޖަޔަތު، ޝޯލާ އައުރް ޝަބްނަމް ހިމެނެއެވެ.

 

Loading

One Response

  1. އިރާދަ ކުރެއްވިއްޔާމު ތިމީހާއަށް ކަށްވަޅުގެ ގަދަފަދަ އަދަބު ދެއްވާންދޭވެ.ދެންއޮވޭ ކަށްވަޅުގައި ލަވަކިޔާ މިއުޒިކުކުޅެ އެވޯޑް ހޯދަން

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް