އިންޑިޔާގައި އަންހެނުންނަށް ދެވޭ ސަމާލުކަން އިތުރުވުމުގެ ނަތީޖާ ރަގަޅުވާނެބާ؟

Loading

Facebook
Twitter
WhatsApp

އިންޑިޔާގެ އެންމެ އާބާދީ ބޮޑު އެއްސްޓޭޓް ކަމަށްވާ އުތުރު އިންޑިޔާގެ އުއްތަރަ ޕްރަދޭޝްގައި އައު ސަރުކާރެއް ހޮވުމަށް އަންގާރަ ދުވަހު ވޯޓުލުންކުރިޔަށްދާއިރު ކުރިޔާ ޚިލާފަށް އަންހެނުންގެ ވޯޓު ހޯދުމަށް މަސައްކަތް ކުރެވެމުން ދިޔަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޔޫޕީގެ އާބާދީ ބްރެޒިލްގެ އާބާދީ އަށް ވުރެބޮޑު އިރު، ވޯޓުލުމުގެހައްގުލިބޭ 150 މިލިއަން މީހުންގެތެރޭން 70 މިލިއަން މީހުންނަކީ އަންހެނުންނެވެ. މިއާއެކު އިސް ކޮންމެ ސިޔާސީ ޕާޓީ އަކުންވެސް އަންހެނުންގެ ވޯޓު ކަށަވަރުކުރުމަށް މަސައްކަތް ތަކެއް ކުރިކަމަށް ޚަބަރު ލިބެއެވެ. މިކަމުގަ އެންމެ ފުރަތަމަ ބޮޑުފިޔަވަޅެއް އެޅީ އިދިކޮޅު ކޮންގްރެސް ޕާޓީން ނެވެ. ޔޫޕީ ގެ ކެމްޕެއިންތަކުގައި ކުރީގައި އުޅުއްވި ކޮންގްރެސް ޕާޓީގެ ޕްރިޔަންކާ ގާންދީ މިދިޔަ އޮކްޓޯބަރުމަހުވަނީ އެޕާޓީންނެރޭ ކެންޑިޑޭޓުންގެ 40 އިންސައްތަ ވާނީ އަންހެނުން ނަށް ކަމަށް ވިދާޅުވެފައެވެ. ”މިއީ އަންހެނެކެވެ. އަންހެނުނަށްވެސް ކުރެވޭނެ“ މި ސްލޯގަންގެ ދަށުން ކޮންގްރެސް ޕާޓީން ބޭއްވި ކެމްޕެއިން ރެލީތަކުގައި ވަރަށް ގިނަ އަދަދެއްގެ އަންހެނުންއައީ ބައިވެރި ވަމުންނެވެ. ކޮންގްރެސް ޕާޓީން އަންހެނުންނަށް ކޮށްދޭނެ ކަމަށް ވައުދުވީ ކަންތައްތަކުގެ ތެރޭގައި އަންހެނުންނަށް ވަޒީފާގެ ކޯޓާތައް ކަޑައެޅުމާ ހިލޭ ބަހުގެ ޚިދުމަތް ދިނުމާ، އިލެކްޓްރިކް ސްކޫޓަރު އަދި ސްމާޓް ފޯނު ފަދަ ތަކެތި ހިލޭ ލިބޭނެ ގޮތް ހަމަޖައްސާ ދިނުން ހިމެނެއެވެ.

އެޕާޓީން މި އިންތިޚާބަށް ނެރުނު ކެންޑިޑޭޓް ލިސްޓްގައި އާދަޔާ ޚިލާފް ގޮތްގޮތުން ފާހަގަ ކޮށްލެވޭ ޝަހުސިއްޔަތު ތައް ހިމެނެއެވެ. މިގޮތުން ރޭޕް ކުރެވުނު އަންހެނެއްގެ މަންމަ،ފުލުހުން އަނިޔާކުރިކަމަށްބުނާ ގްރާސްރޫޓް ވަރކަރ އެއް، މުޒާހަރާއެއްގައި ބައިވެރިވެގެން ޖަލަށް ލީ މުސްލިމް އެކްޓިވިސްޓެއް، އެކްޓަރެއް އަދި ބައެއް އިސް ޖަރނަލިސްޓުން ހިމެނެއެވެ.

ކޮންގްރެސް އިން އަންހެނުންނަށް ކޮށްދޭނެ ކަމަށް ވީ ވައުދުތަކާއެކު ވެރިކަންކުރާ ބިޖޭޕީ އަދި ސަމާޖްވާދީ ޕާޓީ އަށް ވެސް އެފަދަ ކަންކަން ކޮށްދޭނެ ކަމަށް ވައުދުވާން މަޖްބޫރު ވިއެވެ. މިހުރިހާ ޕާޓީ ތަކުން ކަންތައްތަކެއް ކޮށްދޭނެ ކަމަށް ވައުދު ވެފައިވާއިރު ރަށްފުށުގެ އާންމު ހާލަތު އަންނަނީ ރަގަޅުވަމުންނެވެ

ދާދި ފަހުން ނެރުނު ނެޝަނަލް ފެމިލީ ހެލްތު ސަރވޭ ދައްކާ ގޮތުން 2015- 2016 އަށް، އަދި 2019 އިން 2021 އާ ދެމެދު ރަށްފުށުގެ އާންމު ހާލަތަށް ހެޔޮ ބަދަލު ތަކެއް ވަނީ އައިސްފައެވެ. މިގޮތުން ގެނެވިފައިވާ ބަދަލުތަކަށް ބަލާއިރު:

– ކަރަންޓް ގެ ޚިދުމަތް ލިބޭ ގޭބިސީ ގެ އިންސައްތަ 72 ން 90 އަށް މިހާރު އިތުރު ކުރެވިފައިވެއެވެ

– ފާޚާނާގެ ޚިދުމަތް ލިބޭ ގޭބިސީގެ އިންސައްތަ 36 ން 68 އަށް އިތުރު ކުރެވިފައިވެއެވެ.

– ކޮންމެ ތިން ގޭބިސީ އަކުން އެއްތަނުގަ ކުރިން ދަރު އުދުނުން ކައްކަމުން އައި ނަމަވެސް މިހާރު ދެބައިކުޅައެއްބައި ގޭގޭގައި ބޭނުން ކުރަނީ ގޭސް އުދުން ކަމަށް ވެއެވެ.

– ލިޔަން ކިޔަން ނުދަނަ އަންހެނުން ގެ އަދަދު ބޮޑުތަނުން މަދު ކުރެވި އަދި މަތީ ތައުލީމަށް ދާ އަންހެން ކުދިންގެ އަދަދުވެސް ވަރަށް ބޮޑަށް އިތުރު ކުރެވިފައިވާ ކަމަށް ސަރވޭއިން ދައްކައެވެ.

ކޮންމެ އަކަސް އަންގާރަ ދުވަހު ޔޫޕިގައި ކުރިޔަށް ދާ އިންތިޚާބް އަންހެނުންގެ ބާރުގަ ކަމިޔާބް ކުރާނީ ކޮން ޕާޓީ އަކުން ކަން އަދި ސާފުވާން ދުވަސް ކޮޅެއް ނަގާނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް