ތޭރަ ދަރިވަރަކު ރޭޕް ކުރި ޓީޗަރަކަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް

Loading

Facebook
Twitter
WhatsApp

އިންޑޮނީޝިޔާގައި ބޯޑިންގ ސްކޫލެއް ހިންގާ މީހަކު އޭނާގެ ސްކޫލްގެ 13 އަންހެންކުއްޖަކު ގްރޫމް ކޮށް ރޭޕް ކުރުމުގެ ކުށުގައި އުމުރު ދުވަހަށް ޖަލަށްލުމަށް ހުކުމް ކޮށްފި އެވެ. ހެރީ ވިރާވަން ނަމަކަށްކިޔާ އުމުރުން 36 އަހަރުގެ މިމީހާ ރޭޕް ކޮށްފައިވަނީ އުމުރުން 11 އަހަރާ 16 އަހަރާ ދެމެދުގެ ކުދިން ތަކެކެވެ. މީނާގެ މައްސަލަ ފުރަތަމަ ހާމަ ވެފައިވަނީ މިދިޔަ އަހަރުއެވެ.އެއާއެކު އެންމެނަށްވެސް ޝޮކެއް ލިބިގެން ދިޔަ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އިސްލާމް ޓީޗަރުކަންވެސް ކުރަމުން އައި ވިރާވަން 2016 ވަނަ އަހަރުން ފެށިގެން ކުދިން ރޭޕްކުރަމުން އައިސްފައިވާކަމަށް ވެއެވެ.އަދި އޭގެ ތެރެއިން އަށް ކުއްޖަކު ވަނީ ބަލިވެވެސް ބައިންދާފައެވެ. މީނާއަށް އެކުދިން 8 ދަރިން ވިހާފައި ވެއެވެ.

މިމައްސަލައިގައި މިމީހާ އަށް އިއްވަން ޖެހޭނީ މަރުގެ ހުކުމް ކަމަށް ޕްރޮސެކިއުޓަރުން ކޯޓަށް އެންގިނަމަވެސް ބަންޑުން ޑިސްޓްރިކްޓްގެ ކޯޓުން އެއަޑުނާހާ އިއްވާފައިވަނީ އުމުރު ދުވަހުގެ ޖަލު ހުކުމެކެވެ.އުމުރުން 36 އަހަރުގެ ވިރާވަން އަށް އަދަބެއްގެ ގޮތުން ކެމިކަލް ކާސްޓްރޭޝަން (ޚާއްސަ ކެމިކަލެއް ބޭނުންކޮށްގެން އޭނާގެ ފިރިހެންބާރު ކަޑުވާލުމަށް) ހެދުމަށް ވެސް ޕްރޮސެކިއުޓަރުން ގޮވާލި ނަމަވެސް އެކަމަށްވެސް ކޯޓުން އަމަލު ކޮށްފައެއްނުވެއެވެ. މީގެ އިތުން 300 މިލިއަން އިންޑޮނީޝިޔާ ރުޕިޔާ އިން ޖޫރިމަނާ ކުރުމަށްވެސް ޕްރޮސެކިއުޓަރުން އެދިފައި ވެއެވެ.

މިމީހާގެ އަހަރުތަކަށް ދެމިގެން ދިޔަ ހުތުރު ކުޅިގަޑު ފަޅާ އަރާފައިވަނީ އެތަނުން އެއްކުއްޖަކު އިނީ ބަލިވެކަން އެކުއްޖާގެ މައިބަފައިންނަށް އެގުނު ހިސާބުން މިދިޔަ އަހަރުގެ މޭ މަހުއެވެ.

ހުޅަގު ޖާވާގެ ބަންޑުން ސިޓީގައި އޭނާ ބޯޑިންގ ސްކޫލެއް ހުޅުވި ހަމައިން ފެށިގެންވެސް އޭނާގެ ނާޖާއިޒް ހަރަކާތްތައް ފަށާފައިވެއެވެ. އަންގާރަ ދުވަހުގެ ޝަރީއަތުގައި ހާމަވެފައިވާ ގޮތުގައި ބޯޑިންގ ސްކޫލް ހުޅުވީ ފަގީރު ހިސާބަކަށް ވާއިރު،ކުދިން އޭނާގެ ބޯޑިންގ އަށް ވެއްދުމަށްޓަކާ ސްކޯލަރޝިޕްތަކާ އެހެންވެސް އެފަދަ އިނާޔަތްތައް ދޭނެ ކަމަށް ބުނެ ކުދިން ހައްލާފައި ވެއެވެ. އެސްކޫލަށް ވައްދާ ކުދިންނަށް މިފަދަ ކަމެއް ކުރުމުގެ ފުރުސަތު ބޮޑު ކަމަށް ވެއެވެ. އެހެނީ ކުދިން ތިބެނީ ގެއާ މާދުރުގައި ކަމަށް ވެފައި އެކުދިންގެ މޯބައިލް ފޯނުވެސް އަތުލާފައި ހުންނަ ކަމަށްޓަކައެވެ.އަދި ގެއަށް ދިއުމުގެ ފުރުސަތު ދެވެނީ އަހަރަކު އެއްފަހަރު ކަމަށް ވެއެވެ.

ވިރާވަންގެ ކޭސް އާއެކު އަންހެނުންނަށް ކުރެވޭ ޖިންސީ އަނިޔާގެ މައްސަލަ ޔަށް އަނެއްކާވެސް އިންޑޮނީޝިޔާގެ އާންމުގެ ސަމާލުކަން އައިސްފައިވެއެވެ. އަދި މިފަދަ މުޖްރިމުންނަށް ގާނޫނީ ގޮތުން އަދަބު ދިނުމަށް އެކުލަވަލާފައިވާ ބިލް ފާސްކޮށް އެއަށް އަމަލު ކުރަން ފެށުމަށް ހުރިހާ ފަރާތްތަކަކުންވެސް ދަނީ ގޮވާލަމުންނެވެ. މި ބިލު މޭޒުމަތީ އޮންނަތާ ދިހަވަރަކަށް އަހަރުވެފައިވާ ކަމަށް ޚަބަރުލިބެއެވެ.

މިކޭސްގައި އަނިޔާ ލިބުނު ކޮންމެ ކުއްޖަކަށް ބަދަލެއްގެ ގޮތުގައި އިންޑޮނީޝިޔާ ސަރުކާރުން 85 މިލިއަން އިންޑޮނީޝިޔާ ރުޕިޔާ،(ޔޫއެސް ޑޮލަރުން އަގުކުރާނަމަ 5،945 ޔޫއެސް ޑޮލަރު) ދޭނެ ކަމަށް ޚަބަރުލިބެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް