ކުރީ ސަރުކާރުގެ ވައްކަމޭ ކިޔާނެކަމެއް ނެތް. މިހާރުވެސް ކުރަމުން ދަނީ ވައްކަން

Loading

Facebook
Twitter
WhatsApp

ނިމިދިޔަ ސަރުކާރުގެ އިސް ވެރިން ދައުލަތުން ވައްކަން ކޮށްފައި ވަނީ ސަރުކާރުގެ ކަމާބެހޭ އެންމެހައި އިދާރާތައް ކަސްތޮޅު އަޅުވައިގެން ކަމަށް ބައެއް ފަރާތްތަކުން މައުލޫމާތު ދެމުން އެބަގެންދެއެވެ.

ރައީސް ޔާމީނު ވިދާޅުވާ ޣައްދާރުންނަކީ ކުރީ ސަރުކާރުގެ ބައެއް އިސްވެރިންނެވެ. އެމަނިކުފާނު ވަނީ އޭގެ ތެރެއިން އެމަނިކުފާނަށް އެނގިވަޑައިގެންފައިވާ ފަރާތްތަކުގެ މައްޗަށް ފިޔަވަޅު ވެސް އަޅުއްވާފައެވެ. އެމްއެމްޕީއާރުސީގެ މައްސަލަ ތިލަވެ އަދީބާއި ޒިޔަތުގެ މައްޗަށް ވައްކަމާއި ޚިޔާނާތުގެ މައްސަލަ ސާބިތުވެ ހުކުމް ކުރެވުނީ ރައީސް ޔާމީނު އިސްނަންގަވައިގެން ފެއްޓެވި މަސައްކަތުންނެވެ.

ދައުލަތުގެ މާލިއްޔާއިން ކުރީގެ ސަރުކާރުގެ ބައެއް އިސްވެރިން ބައިއަޅުއްވައިގެން ބައްސާވާފައިވާ ގޮތަށް މިހާރުގެ ސަރުކާރުގެ ބައެއް ވެރިން ވެސް ވަނީ އެތައް މިލިއަން ރުފިޔާއަކަށް ޚިޔާނާތްތެރިވެވަޑައިގެންފައެވެ. ގައުމަށާއި ރައްޔިތުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ދެރައަކީ އެ މައްސަލަތައް އިންސާފުވެރި ގޮތެއްގައި ބެލެމުން ނުދިއުމެވެ. މައްސަލައަކީ މިނިވަން މުއައްސިސާތައް ހަރަކާތްކެނޑިފައިވުމެވެ. ރާއްޖޭގެ އެއްމެހައި މުއައްސަސާތަކުގައި މިހާރު ތިއްބެވި ޚިޔާނާތްތެރި ވެރިން މަގާމުތަކުން ދުރުކޮށް އައު މީހުން އެމަގާމުތަކަށް ލައި ސަރުކާރު ދޮވެލަން ވަނީ ޖެހިފައެވެ.

ކޮންމެ ފަސް އަހަރަކުން ބަދަލު ވަނީ ރައީސާއި ނައިބު ރައީސެވެ. ސަރުކާރު ބަދަލުވާއިރު ސަރުކާރުގެ އިދާރާތަކުގެ ވެރިން ވެސް ބަދަލު ކުރަން ޖެހެއެވެ. މިނޫންގޮތަކަށް ރައްޔިތުންނަށް އިންސާފު ލިބޭނެ މަގެއް ނެތެވެ.

މިހާރު ރާއްޖޭގައި ހަންފަތުރަމުންދާ ސިޔާސީ ފަރާތްތަކުގެ ވަކިތަކުން ގައުމު ސަލާމަތް ކޮށް އިޚުލާޞްތެރި ބޭފުޅުން ގައުމާ ޙާވާލުވާން އެބަ ޖެހެއެވެ.

ރައްޔިތުންގެ މުދަލާއި ފައިސާއަށް ޚިޔާނާތްތެރިވާ ބޮޑެތި ވަގުން ދައުލަތުގެ ކަމާބެހޭ ފާރާތްތައް އެބޭފުޅުންގެ މުށުތެރެއަށް ލައެވެ. އޭގެ ސަބަބުން ރައްޔިތުންގެ މުދަލާއި ފައިސާއަށް ޚިޔާނާތްތެރިވާ ފަރާތްތަކުގެ މައްސަލަތައް ދަނީ ބޮނޑު ނަގުލަށެވެ. އަދި ހަމަ އެހެންމެ ބޮޑުން އަޑީގައި ވެޑުވިގެން ތިއްބަވައިގެން ހިންގާފައިވާ ގަތުލުޢާންމުތަކާއި ހިންގާފައިވާ ޖަރީމާތަކަށް ފަސްއެޅި ފޮރުވިގެންދެއެވެ.

ނިމިދިޔަ ސަރުކާރުގެ ބައެއް އިސް ވެރިން ވައްކަން ކުރީ ކަމާ ބެހޭ އެންހައި އިދާރާތަކާއި ބޭންކްތަކަށް ވެސް ބައި އަޅައިގެން ކަން އެކި މީހުންގެ ބަޔާންތަކުން ހާމަވާއިރު މިހާރު އޭގެތެރޭގައި ހިމެނޭ ބައެއް އިސްފަރާތްތައް މި ސަރުކާރުގެ ބައެއް އިސްމަގާމުތައް ފުރުއްވަމުން ގެންދަވާކަން ފާހަގަ ކުރަންޖެހެއެވެ. އެ މީހުންނާމެދު ފިޔަވަޅު ނޭޅިގެން އުޅެނީ ކީއްވެގެން ބާވައެވެ! އެމީހުންނާމެދު ފިޔަވަޅު ނޭޅި ނިންމާ މައްސަލަތަކަކީ އަދުލު އިންސާފު ކަމަށް ވާނޭ ހެއްޔެވެ؟

މަޚުލޫފާއި ރައީސް ޔާމީނު ދެއިރު ދެދަޅައަށް ކޯޓަށް ޙާޒިރު ކުރަމުން ގެންދާއިރު ނިމިދިޔަ ސަރުކާރުގެ ވެރިންގެ ތެރެއިން ވައްކަމުގައި ބައިވެރިވި މީހުންނާއި މި ސަރުކާރުގެ ބޮޑުންގެ ތެރެއިން ވައްކަންކޮށްފައި ތިބި މީހުން ޝަރީޢަތުގެ ކުރިމައްޗަށް ހާޒިރު ކުރާތަނެއްނުފެނެއެވެ. ނޭވާ ހޮޅިން ވެސް ވަނީ ވައްކަންކޮށްފައެވެ. އެ މައްސަލައެއް ނުބެލެއެވެ. އެއީ ކޮންކަހަލަ އިންސާފެއް ހެއްޔެވެ؟

ގައުމެއްގެ ސަރުކާރުގެ ތެރެއިން ދައުލަތުގެ 39.6 ބިލިއަން ރުފިޔާއަށް ވީނުވީގޮތް ނޭނގުމަކީ އެންމެން ގުޅި ލާމެހި ރާވައި ގެން ހިންގާފައިވާ ޖަރީމާއެއްކަން ހާމަވާކަމެކެވެ. މިމައްސަލަތަކުގެ އިންސާފު ހޯދަން ރައްޔިތުން ނުކުންނަންވީ ވަގުތު ޖެހިއްޖެ ނޫންހެއްޔެވެ؟

މިއަދު ރައްޔިތުން ދަތި ޙާލުގައި އުޅެން މިޖެހުނީ ހަމައެކަނި ކުރީގެ ސަރުކާރުތަކުންކަންތައް ކުރިގޮތުންނޭ ބުނެވޭކަށް ނެތެވެ. މިހާރުގެ ސަރުކާރުން ވެސް ﷲ ގަންދީ ހުވާކޮށްގެން ތިބެ ރައްޔިތުންނަށް ޙަރާން ކޯރުވަމުން ދަނީއެވެ. ދައުލަތުގެ އެންމެހައި މުއައްސަސާތައް ވަނީ ބުލީޗު އަޅައިގެން ދޮވެ ސާފުކުރަން ޖެހިފައެވެ. ސުމަކުން ފަށައިގެން ނޫނީ ދެން ރައްޔިތުންނަށް ލިބޭނެ އިންސާފެއްނެތެވެ. މިދެންނެވީ އެއްވެސް މުއައްސަސާއެއް އިސްތިސްނާ ނުކޮށް ޒީރޯއިން ފަށާ ވާހަކައެވެ. ހުރިހާ ޖަރީމާތަކުގެ ބޮހުން ތިބީ ސަރުކާރުގެ އެތެރޭގައެވެ. ގައުމާއި ރައްޔިތުންގެ ހައްގަށް އިހުތިރާމު ކުރާ އެކަކުވެސް ސަރުކާރުތަކުގެ ތެރޭގައި އުޅެފައެއް ނެތެވެ. ގައުމު އިސްލާހު ކުރުމުގެ ނަމުގައި އައި މީހުން ގައުމު ސުންނާފަތިކޮށް ކުދިކުދިކޮށް ކައި ހުސްކުރަމުން އެބަދެއެވެ.

ދައުލަތުގެ ވަޒީފާ ނޫން ވަޒީފާއެއް އަދި ސައްހަ ވިޔަފާރިއެއް ނުކޮށް ލަގުޒަރީ އެޕާރޓްމަންޓްތައް ކުއްޔަށްހިފައި އެންމެ އަގުބޮޑު ކާރުތަކުގައި އެ އުޅޭ މީހުން އުޅެނީ ކިހިނެއްކަން ކުޑަކުއްޖަކަށްވެސް އެނގޭނެއެވެ. ސަލާމަތީބާރުތައް ވެސް ދޮވެލެވެން ޖެހެއެވެ. މިގައުމު ޚާރާބުވެ ނިމިއްޖެއެވެ.

އާފެށުމަކުން ފަށައިގެން ނޫނީ މިގައުމު އިސްލާހު ކުރެވޭނެ އެއްވެސް މަގެއް އަދި ފެންނާކަށް ނެތެވެ. ރައީސުންނަށް ވެސް ހޮވަން ވާނީ ފަސްބައި ސާފު މުޅިން އައު ބޭފުޅުންނެވެ. ހަތިޔާރާއި ޑުރަގުގެ ވިޔާފާރި ހިންގާ ފަރާތްތަކުގެ ވަކިތަކުން މިގައުމު ސަލާމަތް ކުރުމަށް އުތީމުރަދުންފަދަ ބޭފުޅަކު މިގައުމުން ﷲ ނެރުއްވާނެ ދުވަހަކަށް ގައުމު ދަނީ އިންތިޒާރު ކުރަމުންނެވެ.

މުޅި ގައުމުގައި ވައްކަމާއި ކޮރަޕްޝަނާއި ފަސާދައެވެ. ގައުމު އިސްލާމެވެ. މީހުން އުޅެނީ ހިތުހުރި ގޮތަކަށެވެ. ކާފަރުން ވެސް ނޫޅޭހައި ނުބައިކޮށްނެވެ.

މި ގައުމަށް ވަރުގަދަ އަދި ގައުމަށާއި ރައްޔިތުންނަށް އިޚުލާޞްތެރި ވެރިއަކު ބޭނުމެވެ.

 

Loading

3 Responses

  1. އިސްލާމީ ޝަރީޢަތް މި ޤައުމުގައި ތަންފީޒު ކުރެވެމުންދާ ދުވަހަކަށް އިންތިޒާރު ކޮށްލައްވާ…އެދުވަހަކުން ، ބޮލަކަަށް ބޮލެއް ކަންފަތަކަށް ކަންފަތެއް ލޮލަކަށް ލޮލެއް އަަތަކަށް އަތެއް…މިކަންތަކުން މެނުވީ އަހުރެމެންނަށް ހިންހަމަޖެހުމެއް ލިބިގެންނުވޭ…

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް