އަހަރުތަކެއް ކުރިން ފެށިގެން އައިއެސްއަށް މަސައްކަތްކުރާކަމަށް ތުހުމަތުކޮށް ދިވެއްސަކު ހައްޔަރުކޮށްފި

  ހަރުކަށިފިކުރު ފަތުރާ އަދި ޓެރަރިޒަމަށް ހިތްވަރުދޭ ކަމަށް މަޝްހޫރުވެފައިވާ އިސްލާމިކް ސްޓޭޓް (އައިއެސް)އަށް ވާގިވެރިވެ ގިނަ އަހަރުތަކެއްވަންދެން މަސައްކަތްކުރާ ކަމުގެ ތުހުމަތުގައި ދިވެއްސަކު ހައްޔަރުކޮށްފިއެވެ.   މައުލޫމާތު ލިބިފައިވާގޮތުގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ހޫދު މުހައްމަދު ޒާހިރު ނަމަކަށްކިޔާ އުމުރުން 30 އަހަރުގެ މީހެކެވެ. ވިލިމާލޭގައި ދިރިއުޅޭ ހޫދު ހައްޔަރުކޮށްފައިވަނީ މާލެއިންނެވެ. އޭނާ ހައްޔަރުކޮށް އޭނާ ދިރިއުޅޭ ވިލިމާލޭގެ ގެ ފާސްކޮށް ގިނަ އަދަދެއްގެ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.   އައިއެސްގެ އިސް […]

ބޮޑުބިޔަ ސާރިދޯޅެއް ގޭގެ ކުޑަދޮރު ހަލާކު ކޮށްލައިގެން ގެޔަށް ވަދެއްޖެ ނަމަ ވާނީ ކިހިނެއް ؟

500 ޕައުންޑް ނުވަތަ 227 ކިލޯ ގެ ބަރުދަން ހުރި ބިޔަ ސާރި ދޯޅެއް ގޭގެ ކުޑަދޮރު ހަލާކު ކޮށްލައިގެން ގެޔަށް ވަދެއްޖެ ނަމަ ވާނީ ކިހިނެއްހެއްޔެވެ؟ ބިރު ގަންނާނެ ކަންޔަގީނެވެ. މިއީ މިވަގުތު ކެލިފޯނިޔާގެ ލޭކްޓާހޯ ގެ އެއް ނެއިބަރހުޑްގައި ދިރިއުޅެންމުންދާ ބަޔެއް މީހުންނަށް ކުރިމަތިވެފައިވާ ބޮޑުބިރެކެވެ. ”ހޭންކް ދަ ޓޭންކް“ ގެ ނަމުން ނަން ދީފައިވާ ބޮޑުސާރިދޯޅެއް ވީއްލި އެހިސާބުގެ އެކިތަންތަނަށް ވަންނަމުން އުޅޭތާ މިހާރު މަސްތަކެއް ވަނީ ވެފައެވެ. އެސޮރު ވީއްލުނުތާ މިވީ […]

ހުރިހާ ހޮސްޕިޓަލެއްގައި ޑައިލިސިސްގެ ހިދުމަތް ފަށަނީ

  ޑައިލިސިސްގެ ހިދުމަތް ނުފެށިހުރި ހުރިހާ ހޮސްޕިޓަލެއްގައި ވެސް މިއަހަރުތެރޭގައި އެ ހިދުމަތް ފެށޭނެ ކަމަށް ހެލްތު މިނިސްޓަރ އަހްމަދު ނަސީމް ވިދާޅުވެއްޖެއެވެ. ގދ. ތިނަދޫގައި އަޅަން ނިންމާފައިވާ ޓާޝަރީ ހޮސްޕިޓަލްގެ މަސައްކަތް ނުފެށި ލަސްވާތީ އެކަމާ ގުޅޭ ގޮތުން ސުވާލުކުރުމަށް ނަސީމް މިއަދު މަޖިލީހަށް ހާޒިރުކޮށްފައިވާއިރު އެ ފުރުސަތުގައި މެންބަރަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ހެލްތު މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވީ، ކުރިއަށް އޮތް ދެމަސްދުވަހުގެ ތެރޭގައި ބައެއް ހޮސްޕިޓަލްތަކުގައި ޑައިލިސިސްގެ ހިދުމަތް ފެށޭނެކަމަށާ އަދި […]

ގައިދީނަށް ފަސޭހަކަމާއެކު ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމް ހަމަޖެއްސުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

  ޖަލުތަކުގައި ތިބޭ ގައިދީންނާއި ބަންދުމީހުންނަށް ފަސޭހަކަމާއެކު ޓޮކްޓަރަށް ދައްކައި ބޭސްފަރުވާކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) އިން އައިޖީއެމްއެޗާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ. މި އެއްބަސްވުމުގައި އެމްސީއެސްގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަހްމަދު މުހއްމަދުފުޅުއެވެ. އަދި އައިޖީއެމްއެޗްގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕަރޭޓިންގ އޮފިސަރ އިބްރާހިމް ސަލީމްއެވެ. މި އެއްބަސްވުމުގެ ދަށުން ޖަލުގައި ތިބެ އެކި ބަލިތަކަށް ޚާއްސަ ޑޮކްޓަރުންނަށް ދެއްކުމުގެ ފުރުސަތު ގައިދީންނަށް ލިބޭނެ ކަމަށް އެމްސީއެން އިން […]

”އަޅުގަނޑުމެން މާސްކު އެޅުން އެބަ ހުއްޓާލަން ޖެހޭ“

”އަޅުގަނޑުމެން މާސްކު އެޅުން އެބަ ހުއްޓާލަން ޖެހޭ“ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު ޢަލީ ޢާޒިމް ވިދާޅުވެއްޖެއެވެ. ނައިފަރުދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް މަޖިލީހަށް ހުށަހެޅުއްވި ގަރާރާ ގުޅޭ ގޮތުން މިއަދު ހެނދުނު ވާހަކަފުޅުދައްކަވަމުން ޢާޒިމް ވިދާޅުވީ ތައުލީމަށް މިވަގުތު އެޅޭ އެންމެ ބޮޑު ހުރަހަކީ ކޮވިޑުގެ ހުރަސް ކަމަށާއި އެހުރަހުން އަޅުގަނޑުމެން އަރައިގަންނަން އެބަ ޖެހޭކަމަށެވެ. ”ކޮވިޑްގެ ކުއްލި ހާލަތު ރާއްޖޭގައި އިއުލާނު ކުރިތާ މިހާރު ދެ އަހަރު ވަނީ. އަނެއްހެން […]

މާލެ ސިޓީން މީހަކު ގެއްލިގެން ހޯދަނީ

  މާލެސިޓީން މީހަކު ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ. ގެއްލިގެން ހޯދަމުންދާ މީހަކީ ޅ. ނައިފަރު/ ޑޭޒީހިޔާ، އަހްމަދު ވިއާމް (23އ) އެވެ. ފުލުހުން ބުނީ ވިއާމް ހޯދަމުންދަނީ އޭނާއަށް ވީނުވީއެއް ނޭނގިގެން އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓް ކުރުމާ ގުޅިގެން ކަމަށެވެ. ފުލުހުން ބުނީ އެމީހާގެ އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހުގެ ވަގުތެއްގައި ކަމަށާ  ނަމަވެސް މިހާތަނަށް ކުރެވުނު މަސައްކަތުން އެމީހާ ހޯދިފައެއް ނުވާކަމަށެވެ. އަހުމަދު ވިއާމް އާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން […]

ހޮންގކޮންގ ގެ ކޮވިޑް ފަރުވާގެ ނިޒާމް ފޭލްވީ ކީއްވެ ؟

2020 ވަނަ އަހަރު ދުނިޔޭގައި ކޮވިޑް19 ފެތުރެންފަށާ ގިނަ އަދަދެއްގެ މީހުން ނަށް ބަލި ޖެހި ގިނައަދަދެއްގެ ބަޔަކު މަރުވަމުން ދިޔަ އިރުވެސް 7.5 މިލިއަން މީހުންގެ އާބާދީ އެއް އޮންނަ ހޮންގކޮންގގައި 2021 ވަނަ އަހަރު ނިމުނު އިރުވެސް ކޮވިޑް19 ޖެހިފައިވަނީ އެންމެ 12،650 މީހުންނަށެވެ. އަދި މަރުވެފައިވަނީ 220މީހުންނެވެ. މި ފަޚުރުވެރި ނަތީޖާ ހޯދިފައިވަނީ ސަރުކާރުން ގެންގުޅުނު ޒީރޯ ކޮވިޑް ސްޓްރެޓެޖީގެ ސަބަބުންނެވެ. އެއީ އަވަހަށް ޓެސްޓް ކުރުމާ، ކޮންޓެކްޓް ޓްރޭސިންގ ހަރުދަނާ ކުރުމާ، […]

ޓްރަމްޕް ގެ އަމިއްލަފުޅު ސޯޝަލް މީޑިއާ ޕްލެޓްފޯމެއް އުފައްދަވައިފި

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެ އަމިއްލަފުޅު ސޯޝަލްމީޑިޔާ ޕްލެޓްފޯމެއް އުފައްދަވައިފި އެވެ. އެމެރިކާގެ އެޕަލް އެޕްސްޓޯރ ގަ ލޯންޗް ކުރި އައު ޕްލެޓްފޯމް ގެ ނަމަކީ ”ޓްރުތު ސޯޝަލް“ އެވެ.މީގައި ޓްވިޓަރ ޔާ އެއްގޮތް ސިފަތަކެއް އެބަހުރި ކަމަށް މިކަންބެލި ފަރާތްތަކުން ބުނެފައިވެއެވެ. ރައީސް ޓްރަމްޕް މިދިޔަ އަހަރުވަނީ ޓްވިޓަރ،ފޭސް ބުކް،އަދި ޔޫޓިއުބް އިން ބޭރު ކޮށްފައެވެ. އައު ޕްލެޓްފޯމްގަ ރެޖިސްޓަރވާން އެދޭ ގިނަބަޔަކަށް އަދިވެސް އެކަން ކުރުމުގަ ދަތި ތަކެއް އުޅޭ ކަމަށް […]

ރޯދަ ޢިނާޔަތް 10 އަހަރުން މަތީގެ ހުރިހާ އެންމެންނަށް ލިބެން ޖެހޭނެ

ދައުލަތުން ކޮންމެ ރަމަޒާން މަހަކާ ދިމާކޮށް ސަރުކާރުގެ ކޮންމެ މުވައްޒަފަކަށް ރޯދަ ޢިނާޔަތް އެބަ ދެއްވައެވެ. މީ ކޮންގޮތަކުން ސަރުކާރުގެ މުވައްޒަފުންނަށް ދެވޭ އެއްޗެއްކަމެއް ނޭނގެއެވެ. ސަރުކާރުގެ މުވައްޒަފުންނަށް މުސާރައިގެ ބޭރުން ދައުލަތުގައި ހުރި ރައްޔިތު އެންމެންގެ ފައިސާ އެދެނީ ކޮން ހަމަކުން ކަމެއްވެސް ނޭނގެއެވެ. ރޯދަ ހިފަނީ ސަރުކާރުގެ މުވައްޒަފުން އެކަނިބާވައެވެ! ދައުލަތުގެ ފައިސާ ރައްޔިތުންގެ ތެރެއިން ވަކިބަޔަކަށް ބަހާލަނީ އެހެން މީހުން ރޯދަ ނުހުފާތީ ބާވައެވެ! މިވާގޮތެއް ނޭނގެއެވެ! މިގައުމަކީ އިސްލާމީ ގައުމެކެވެ. ދިހަ […]

އެއް ހަށިގަނޑަކުން ގުޅިފައިވާ އެއްމާބަނޑު ދެބެއިންނަށް ވަކިވަކިން ވޯޓު ލުމުގެ ހައްގު ލިބިއްޖެ

އެއް ހަށިގަނޑަކުން ގުޅިފައިވާ އެއްމާބަނޑު ދެބެއިންނަށް ވަކިވަކިން ވޯޓު ދިނުމުގެ ހައްގު އިންޑިއާގެ އިލެކްޝަން ކޮމިޝަނުން ދީފިއެވެ. އިންޑިއާގެ މީޑިއާތަކުން ބުނެފައިވާ ގޮތުގައި ޕަންޖާބު ސަހަރުގެ ވެރިރަށް އަމްރިތުސަރަށް އުފަން އެއްހަށިގަނޑެއްގައި ގުޅިފައިވާ އެއްމާބަނޑު ދެބޭންނަށް ވޯޓު ލުމުގެ ހައްގު ދިންއިރު އެކަކު އަނެކަކަށް ވޯޓު ކަރުދާސް ކޮޅު ނުދެއްކުމަށް ބުނެ ނަސޭހަތްތެރިވެފައި ވެއެވެ. މޯހަން ސިންގް އަށާއި ސޯހަން ސިންގްއަށް ވަކިވަކިން ވޯޓު ލުމުގެ ހުއްދަ ލިބުނީ ގާނޫނީ ގޮތުން އެތައް ހުރަސްތަކެއް ގިރާކޮށް ބުރަ […]