މާލެ ސިޓީން މީހަކު ގެއްލިގެން ހޯދަނީ

Loading

Facebook
Twitter
WhatsApp

 

މާލެސިޓީން މީހަކު ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ގެއްލިގެން ހޯދަމުންދާ މީހަކީ ޅ. ނައިފަރު/ ޑޭޒީހިޔާ، އަހްމަދު ވިއާމް (23އ) އެވެ.

ފުލުހުން ބުނީ ވިއާމް ހޯދަމުންދަނީ އޭނާއަށް ވީނުވީއެއް ނޭނގިގެން އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓް ކުރުމާ ގުޅިގެން ކަމަށެވެ.

ފުލުހުން ބުނީ އެމީހާގެ އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހުގެ ވަގުތެއްގައި ކަމަށާ  ނަމަވެސް މިހާތަނަށް ކުރެވުނު މަސައްކަތުން އެމީހާ ހޯދިފައެއް ނުވާކަމަށެވެ.

އަހުމަދު ވިއާމް އާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ނައިފަރު ޕޮލިސްގެ ނަންބަރު 9792187 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް