ގައިދީނަށް ފަސޭހަކަމާއެކު ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމް ހަމަޖެއްސުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

Loading

Facebook
Twitter
WhatsApp

 

ޖަލުތަކުގައި ތިބޭ ގައިދީންނާއި ބަންދުމީހުންނަށް ފަސޭހަކަމާއެކު ޓޮކްޓަރަށް ދައްކައި ބޭސްފަރުވާކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) އިން އައިޖީއެމްއެޗާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި އެމްސީއެސްގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަހްމަދު މުހއްމަދުފުޅުއެވެ. އަދި އައިޖީއެމްއެޗްގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕަރޭޓިންގ އޮފިސަރ އިބްރާހިމް ސަލީމްއެވެ.

މި އެއްބަސްވުމުގެ ދަށުން ޖަލުގައި ތިބެ އެކި ބަލިތަކަށް ޚާއްސަ ޑޮކްޓަރުންނަށް ދެއްކުމުގެ ފުރުސަތު ގައިދީންނަށް ލިބޭނެ ކަމަށް އެމްސީއެން އިން ބުނެއެވެ.

އެމްސީއެސް އިން ބުނީ މި އެއްބަސްވުމުގެ މަގްސަދަކީ އާންމު ނޫން ބަލިތަކަށާއި އުނދަގޫތައް ދިމާވާ ގައިދީންނާއި ބަންދު މީހުންނަށް އެ ކަމާ ގުޅުންހުރި ސްޕެލިސްޓުން މެދުވެރިކޮށް ޖަލުގައި ބައިތިއްބައިގެން ފަސޭހަކަމާއެކު ސިއްހީ ފަރުވާ ފޯރުކޮށްދިނުންކަމަށެވެ.

މި އެއްބަސްވުމުގެ ދަށުން، ކުރުމުއްދަތަކަށް އައިޖީއެމްއެޗްގެ ފަރާތުން ޖަލުތަކަށް ސުޕަރ ސްޕެޝަލިސްޓުންނާއި ސްޕެޝަލިސްޓުންނާއި ނަރުހުންގެ އިތުރުން އެހެނިހެން ޓެކްނިކަލް މުވައްޒަފުން ފޮނުވައި ފަހަރަކު މަދުވެގެން 20 މީހުންނަށް ސިއްހ ހިދުމަތް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

މިފަދަ އިންތިޒާމްއެއް ހަމަޖެހިގެން ދިއުމަކީ ކޮވިޑް-19ގ މިހާލަތުގައި ގައިދީންނާއި ބަންދު މީހުންނަށް ބޭސް ފަރުވާ ފޯރުކޮށްދިނުމަށް ލިބޭ ވަރަށް ބޮޑު ލުއިފަސޭހައެއްކަމަށް އެމްސީއެސްއިން ފާހަގަކުރެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް