ހުރިހާ ހޮސްޕިޓަލެއްގައި ޑައިލިސިސްގެ ހިދުމަތް ފަށަނީ

Loading

Facebook
Twitter
WhatsApp

 

ޑައިލިސިސްގެ ހިދުމަތް ނުފެށިހުރި ހުރިހާ ހޮސްޕިޓަލެއްގައި ވެސް މިއަހަރުތެރޭގައި އެ ހިދުމަތް ފެށޭނެ ކަމަށް ހެލްތު މިނިސްޓަރ އަހްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ގދ. ތިނަދޫގައި އަޅަން ނިންމާފައިވާ ޓާޝަރީ ހޮސްޕިޓަލްގެ މަސައްކަތް ނުފެށި ލަސްވާތީ އެކަމާ ގުޅޭ ގޮތުން ސުވާލުކުރުމަށް ނަސީމް މިއަދު މަޖިލީހަށް ހާޒިރުކޮށްފައިވާއިރު އެ ފުރުސަތުގައި މެންބަރަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ހެލްތު މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވީ، ކުރިއަށް އޮތް ދެމަސްދުވަހުގެ ތެރޭގައި ބައެއް ހޮސްޕިޓަލްތަކުގައި ޑައިލިސިސްގެ ހިދުމަތް ފެށޭނެކަމަށާ އަދި ހުރިހާ ހޮސްޕިޓަލެއްގައިވެސް މި އަހަރުތެރޭ ހިދުމަތް ފަށާނެކަމަށެވެ.

”ކުރިއަށް އޮތް ދެމަސްދުވަހުގެ ތެރޭގައި ރާއްޖޭގެ ތިން ހޮސްޕިޓަލެއްގައި ޑައިލިސިސްގެ ޚިދުމަތް ފެށޭނެ. އޭގެ ތެރޭގައި ޅ.އަތޮޅު ނައިފަރު، ބ.އޭދަފުށި އަތޮޅު ހޮސްޕިޓަލް އަދި ށ. އަތޮޅު ހޮސްޕިޓަލް ހިމެނޭ. ބާކީހުރި ހޮސްޕިޓަލްތަކުގައި މިއަހަރުތެރޭގައި ޑައިލިސްގެ ޚިދުމަތް ފެށޭނެ.“ ނަސީމް ވިދާޅުވިއެވެ.

ރާއްޖޭގައި ކިޑްނީ ބަލީގެ މީހުން ދުވަހުން ދުވަހަށް އިތުރުވަމުން އަންނަކަމަށް ހެލްތު މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.  މިގޮތުން މާލެ ސަރަހައްދުގައި އެކަނިވެސް ޑައިލިސިސް ހަދާ 150އަށް ވުރެ ގިނަ މީހުން އެބަތިއްބެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް