​ބޫސްޓާ ޑޯޒު ޖެހުމަށް ބޭނުންވާ ވެކްސިންގެ އެއްލައްކައަށް ވުރެ ގިނަ ޑޯޒް ގެނެސްފި!

​ކޮވިޑް ވެކްސިން ޕްރޮގްރާމްގެ ދަށުން ބޫސްޓާ ޑޯޒްތައް ޖަހަން ލައްކައަކަށް ވުރެ ގިނަ ވެކްސިންގެ ޑޯޒް ރާއްޖެ ގެނެސްފި އެވެ.​ ​ރާއްޖޭގައި ހުންނަ ޔުނިސެފްގެ އޮފީހުން ކުރި ޓްވީޓުގައި ބުނީ ކޮވެކްސް ފެސިލިޓީގެ ދަށުން އެމެރިކާއިން ހަދިޔާކުރި ފައިޒާގެ 100،620 ޑޯޒު ލިބިފައިވާ ކަމަށެވެ. މިއީ ދުނިޔޭގެ ގައުމުތަކަށް ހަމަހަމަ ކަމާއެކު ވެކްސިން ފޯރު ކޮށްދިނުމަށް ޑަބްލިޔުއެޗްއޯ އިސްވެ އުފައްދާފައިވާ ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ހަދިޔާ ކުރި ޑޯޒްތައް ކަމަށް ޔުނިސެފުން ވަނީ […]

ރަތާއި ހުދުގެ ދުނިޔެއެއްގައި އުޅޭ އާއިލާއެއް

  ދިރިއުޅުމުގައި އެކި މީހުންދެކެނީ އެކި ހުވަފެނެއެވެ. އެކި ކުލަކުލައިގެ ހުވަފެނެވެ. ނަމަވެސް އިންޑިއާގެ ބެންގަލޫރުގެ އާއިލާއެއް މުޅި ދިރިއުޅުމުގައި ދެކެން ބޭނުންވަނީ ދެކުލައިގެ ހުވަފެނެކެވެ. އެ ހުވަފެން ހަގީގަތަށް ވެސް ގެންނަނީ ހަމަ އެދެކުލައިންނެވެ. އެއީ ހުދާއި ރަތް ކުލައިންނެވެ.  އެ އާއިލާގެ މުޅި ދިރިއުޅުން ބިނާ ވެފައި އޮންނަނީ ރަތާއި ހުދުކުލައިންނެވެ. ގޭގެ ވަންނަ ދޮރުން ފެށިގެން ހިފާގެންގުޅޭ ހުރިހާ ސާމާނެއްވެސް ރަތާއި ހުދެވެ.  ލާ ހެދުމާއި ދުއްވާ ކާރުވެސް ރަތާއި ހުދުކުލައިގައެވެ. އިމާރަތްތައް […]

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަނީ

    ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް އެމީހާގެ ވަނަވަރު ފުލުހުން އާންމުކޮށްފި އެވެ. ފުލުހުން އާންމުކޮށްފައިވަނީ ލ. މާމެންދޫ/ ދަނޑުމަތީގެ، އިބްރާހިމް ޝަރީފު (40އ) އެވެ. ފުލުހުން ބުނީ އިބްރާހިމް ޝަރީފް ހޯދަމުންދަނީ  ސިވިލް ކޯޓުގައި ދައުވާކުރާ ހުކުމް ތަންފީޒުކުރުމުގެ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާތީ ފުލުހުންގެ މަށްޗަށް ކޯޓުން ކޮށްފައިވާ އަމުރަކާ ގުޅިގެން ހޯދަމުންދާ މީހެއްކަމަށެވެ. އަދި އޭނާ  ބަންދުގައި ބަހައްޓައިގެން މާދަމާ 11:15 އަށް ސިވިލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކޮށްފައިވާ […]

ޔޫއެންއޯޑީސީން ފުލުހުންނަށް  ސީސީޓީވީ އާލާތްތަކެއް ހަދިޔާކޮށްފި

  ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގް އެންޑް ކްރައިމް (ޔޫއެންއޯޑީސީ)ގެ ފަރާތުން ދިވެހި ފުލުހުންގެ ހިދުމަތަށް ސީސީޓީވީ އާލާތްތަކެއް ހަދިޔާކޮށްފިއެވެ. ސީސީޓީވީ އާލަތްތައް ހަދިޔާ ކުރުމަށް ކ. މާފުށި ކާނި ހޮޓަލުގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ފުލުހުންގެ ފަރާތުން އެ ތަކެއްޗާއި ހަވާލުވެވަޑައިގަތީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުލް މަންނާނު ޔޫސުފެވެ. ޔޫއެންއޯޑީސީގެ ފަރާތުން އެ ތަކެތި ފުލުހުންނާ ހަވާލުކޮށްދެއްވީ ޔޫއެންއޯޑީސީގެ ޕްރޮޖެކްޓް ސަޕޯޓު އޮފިސަރ ޖޯޝުއާ އަރޓެޓާ […]

ރަށުގައި އެއްގަމު އުޅަނދު ދުއްވޭނެ އަދަދު ކަނޑައެޅުމުގެ ބާރު ކައުންސިލް ތަކަށް ދީފި

    ރަށްރަށުގައި އެއްގަމު އުޅަނދު ރަޖިސްޓްރީ ކޮށް ދުއްވޭނެ ޖުމްލަ އަދަދު ކަނޑައެޅުމުގެ ބާރު ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށް ދީފިއެވެ. އުޅަނދު ދުއްވޭ އަދަދު ކަނޑައެޅުމުގެ ބާރު ކައުންސިލްތަކަށް ދީފައިވަނީ އަލަށް އެކުލި “ އެއްގަމު އުޅަނދު ރަޖިސްޓްރީ ކޮށްދޭނެ އަދަދާއި، އުޅަނދު ބޭނުންކުރެވޭ މުއްދަތު ކަނޑައެޅުމުގެ ގަވާއިދު“ގެ ދަށުންނެވެ. ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން  ގެޒެޓްކޮށްފައިވާ މިގަވާއިދަކީރާއްޖޭގެ އެކި ސަރަހައްދުތަކަށް އުޅަނދުގެ އަދަދު ކަނޑައެޅުމުގައްޔާއި އެކަން ތަންފީޒްކުރުމުގައި އުޅަނދުތަކުގެ އަދަދު ކަނޑައަޅާ ފަރާތްތަކުން […]

ލޯބިވެރިޔާގެ ފިރިމީހާ ގެއަށް އައުމުން ހަދާނެގޮތް ނޭގި ފަސްވަނަ ބުރިން ފުންމާލި މީހަކު މަރުވެއްޖެ

    ލޯބީގެ ގޮތުން ގުޅިގެން އުޅުނު އަންހެންމީހާގެ ފިރިމީހާ ގެއަށް ދިއުމުން ހަނދާނެ ގޮތްނޭގިގެން ގެއެއްގެ ފަސްވަނަ ބުރިން ފުންމާލި ފިރިހެނަކު މަރުވެއްޖެ އެވެ. އިންޑީއާގެ ޖައިޕޫރުގައި ހިނގި މިހާދަސާ އާއި ގުޅިގެން ފުލުހުން ބުނެފައިވަނީ މި ހާދިސާގައި މަރުވެފައިވަނީ 29 އަހަރުގެ މޮހޮސިން ނަމަކަށް ކިޔާ ފިރިހެނެއްކަމަށާ އޭނާ ފުންމައިލީ އަންހެންމީހާގެ ފިރިމީހާގެ އަތުގައި ނުޖެހެން ކަމަށެވެ. މޮހޮސިން ފުންމައި ލުމާއެކު އޭނާ ސަލާމަތް ކުރުމަށް އެއަންހެން މީހާ އަވަހަށް ތިރިއަށް ފައިބާ ބިންމަށްޗަށް […]

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން މެކުހަށް

މިފަހަކަށް އައިސް ރާއްޖެ އަށް މަސްތުވާ ތަކެތި އެތެރެ ކުރުން މެކުހަށް ޖަހައިފިއެވެ. ސައްތައިންސައްތަ އިސްލާމުން ދިރިއުޅޭ މި ގައުމުގެ ޒުވާނުން މަސްތު ކުރުވައިގެން ގައުމުގެ ވެރިކަން ކުރި ޒަމާނެއް ވެސް މާޒީއާ އެކުވެ ނިމިއްޖެއެވެ. ރާއްޖެއަށް ހަތިޔާރާއި ފަޓާސް ފަދަ މަނާ ބާވަތް ތައް އެތެރެ ކުރާ ވާހަކައެއް ނުއިވެއެވެ. އެހެނަސް ސަތޭކައިން ދުއިސައްތައިން ކިލޯކިލޯގެ މަސްތުވާތަކެތި އެތެރެ ވަމުންދާ ވާހަކަ އަކީ މިފަހަކަށް އައިސް އާންމު ވާހަކައެކެވެ. ސުވާލަކީ މިހާ ގިނަ މަސްތުވާތަކެތި އެތެރެ […]

އިންޑިއާގެ މިލްޓްރީއަކަށް ރާއްޖޭގެ ފަސްގަނޑުގައި ޖާގައެއްނެތް: ރައީސް ޔާމީން

އިންޑިއާގެ މިލިޓްރީއަކަށް ރާއްޖޭގެ ފަސްގަނޑުގައި ޖާގައެއްނެތް ކަމަށާއި އިންޑިއާގެ ޢަސްކަރިއްޔާ ޖެހޭނީ ރާއްޖެއިން ބޭރުވާންކަމުގައި ކުރީގެ ރައީސް ޔާމީން ޢަބްދުލް ޤައްޔޫމް ތަކުރާރުކޮށް ވިދާޅުވެއްޖެއެވެ. ”އިންޑިއާ ޖެހޭނީ ބޭރުވާށޭ! އިންޑިއާގެ އަސްކަރިއްޔާ ރާއްޖެއިން ބޭރުވާށޭ!“ ރާއްޖޭގައި އުޅޭ އިންޑިއާގެ ޢަސްކަރިއްޔާއާ ދެކޮޅަށް ތުލުސްދޫގައި ހުކުރު ދުވަހު ހަވީރު ބޭއްވި ބޮޑު އަދި ފޯރީގަދަ އެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވިއެވެ. ”އެމީހުންނަކަށް ދިވެހިރާއްޖޭގެ ފަސްގަނޑުގައި ޖާގައެއްނެތޭ! އެއްވެސް ގޮތަކަށް ޖާގައެއްނެތް.“ ރައީސް ޔާމީނުގެ ވާހަކަފުޅުގައި ވިދާޅުވީ […]

​އޮމިކްރޮން ފަލަސްތީނުން ފެނިއްޖެ!

​ކޮވިޑް-19 ގެ އިތުރު ވޭރިއަންޓެއް ކަމަށްވާ ”އޮމިކްރޮން ވޭރިއަންޓް“ ފަލަސްތީނުން ވެސް ފެނިއްޖެ އެވެ. ​ފަލަސްތީންގެ ހެލްތު މިނިސްޓްރީން މިއަދު ބުނީ އެގައުމުން ތިން މީހަކު އޮމިކްރޮން ވޭރިއަންޓަށް ފައްސިވެފައިވާ ކަމަށެވެ. ފަލަސްތީން ހެލްތު މިނިސްޓްރީގެ ތަރުޖަމާން ކަމާލް އަލް-ޝަރާހް ވިދާޅުވީ ތިން ސިޓީއެއްގައި ދިރިއުޅުނު ތިން މީހަކު ފަލަސްތީނަށް އެނބުރި އައިފަހުން އެމީހުން އޮމިކްރޮން އަށް ފައްސިވެފައިވާ ކަމަށެވެ. ނަމަވެސް އެތިން މީހުން ފަލަސްތީނަށް އައީ ކޮން ގައުމުތަކަކުން ކަމެއް ތަރުޖަމާން ހާމައެއް ނުކުރައްވައެވެ.އެމީހުންނަކީ ރާމަﷲ، […]

ޑިމޮކުރަސީން ލިބުނު އެއްޗަކީ ދިވެހިންގެ ރީތި އާދަކާދައާއި އަޚުލާޤު ނެތިދުއުން

އިއްޔެގައި އެކުވެރިކަމާއި އެއްބަޑު އެއްބަފާކަމުގައި އެކުގައި އުޅުނު ދިވެހިން މިއަދު މިވަނީ ޑިމޮކްރަސީގެ އަވާމެންދުރުން ހިޔަނިއެޅި އެކުވެރިކަން ގެއްލި އަބަދާއަބަދު ފުރައްސާރަކުރުމާއި ދެކޮޅުވެރިކަމުގެ ތެރޭގައި ހަތުރުންނަށް ވެފައެވެ. އެކަކު އަނެކަކަށް ވަގަށްގޮވުމާއި ފުރައްސާރަކުރުމާއި ފިތުނަވެރިކަމުގެ އިންތިހާގައެވެ. ވެރިއެއް ރައްޔިތެއް ނޭނގި ކޮންމެމީހަކީ އެމީހެއްގެ ސިޔާސީ ފިކުރު ޤަބޫލުނުކުރާނަމަ އަނެކެއްގެ ޢަދުއްވެކެވެ. އަދި ވިކިފައިހުރި މީހެކެވެ. ސަރުކާރުތަކުން ކުރައްވާ ކޮންމެކަމަކީ ރައްޔިތުންގެ ލާބައަށް ކުރައްވާ ކަމަކަށްވިޔަސް މުޖުތަމަޢު ދެކެނީ އެކަމަކީ ”ސަރުކާރުގެބޮޑުންގެ އަންބޮޑި“ ބޮޑުކުރަން ހިންގަމުންގެންދާ ކަންތައް ކަމުގައެވެ. […]