ލޯބިވެރިޔާގެ ފިރިމީހާ ގެއަށް އައުމުން ހަދާނެގޮތް ނޭގި ފަސްވަނަ ބުރިން ފުންމާލި މީހަކު މަރުވެއްޖެ

Loading

Facebook
Twitter
WhatsApp

 

 

ލޯބީގެ ގޮތުން ގުޅިގެން އުޅުނު އަންހެންމީހާގެ ފިރިމީހާ ގެއަށް ދިއުމުން ހަނދާނެ ގޮތްނޭގިގެން ގެއެއްގެ ފަސްވަނަ ބުރިން ފުންމާލި ފިރިހެނަކު މަރުވެއްޖެ އެވެ.

އިންޑީއާގެ ޖައިޕޫރުގައި ހިނގި މިހާދަސާ އާއި ގުޅިގެން ފުލުހުން ބުނެފައިވަނީ މި ހާދިސާގައި މަރުވެފައިވަނީ 29 އަހަރުގެ މޮހޮސިން ނަމަކަށް ކިޔާ ފިރިހެނެއްކަމަށާ އޭނާ ފުންމައިލީ އަންހެންމީހާގެ ފިރިމީހާގެ އަތުގައި ނުޖެހެން ކަމަށެވެ.

މޮހޮސިން ފުންމައި ލުމާއެކު އޭނާ ސަލާމަތް ކުރުމަށް އެއަންހެން މީހާ އަވަހަށް ތިރިއަށް ފައިބާ ބިންމަށްޗަށް ވެއްޓިފައި އޮތް އޭނާގެ ލޯބިވެރިޔާ ނަގައިގެން ހޮސްޕިޓަލަށް ގެންދިޔަ ކަމަށް ތަހުގީގުން އެގިފައިވާ ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.

އަދި އޭނާ މަރުވީ ލިބުނު ޒަހަމްތަކަކަށް ފަރުވާ ދެމުން ދަނިކޮށް އޭގެ އެއްދުވސް ފަހުން މިދިޔަ ހޯމަ ދުވަހު ކަމަށް ވެސް  ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނީ މޮހޮސިން އެހެން މީހެއްގެ އަތްބަކާ ލޯބީގެ ގޮތުން ގުޅި އެ ދެ މީހުން ފިލައިގެން އުޅޭތާ ދެ އަހަރު ވެފައިވާ ކަމަށެވެ. އަދި އެ އެ އަންހެންމީހާ މުހޮސިން އާއެކު ދިރިއުޅެމުން ދިޔައީ އެ އަންހެންމީހާގެ ކުޑަ އަންހެން ދަރިއަކާ އެކުކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި މޮހޮސިން އާއި އެކު އެ އަންހެން މީހާ ފިލުމުން އޭނާގެ ފިރިމީހާ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ގޮސް  އޭނާގެ އަންހެނުން ނާއި ދަރިފުޅު ޖައިޕޫރުގައި އެޕާޓްމަންޓެއްގައި އުޅެމުން ދާ ކަމުގެ މައުލޫމާތުލިބި އެ އެޕާޓްމަންޓަށް ގޮސް އޭނާ އެތަނަށް ވަނީއެވެ. އެޕާޓްމަންޓަށް އެ ފިރިހެން މީހާ ވަނުމުން އޭނާގެ އަންހެނުންގެ ލޯބިވެރިޔާ ހާސްވެ ހަދާނެ ގޮތް ނޭގި ކުއްލިއަކަށް ބެލްކަނީން ފުންމާލީ ކަމަށް ފުލުހުންނާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އަދި އޭނާގެ ހަށިގަނޑުގެ ޕޯސްޓް މޯޓަމް ހެދުމަށްފަހު މިހާރު އާއިލާއާއި ހަވާލުކޮށްފައިވާކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

އިންޑިއާ އަކީ ވަރިކުރުމަށް ގިނަ މަރުހަލާތަކެއް އޮންނަ ތަނަކަށް ވުމާއެކު ކައިވެނި ކޮށްގެން އުޅޭ ދެ މީހުން ވަރިވުމަކީ ވަރަށް އުދަގޫ ކަމެއްކަމަށް ވަނީ ވެފައެވެ. އަދި ދީނީ ގަބޫލުކުރުންތަކާހެދި ގިނަ މައްސަލަތަކެއް ދެމަފިރިންގެ ދެމެދުގައި ޖެހުނަސް ވަރިކުރެވޭކަށް ނޯވެއެވެ. މި ސަބަބުތަކާހުރެ ކައިވެނިކޮށްގެން އުޅޭ މީހުން އެހެން މީހުންނާ އެކީ ދިރިއުޅުމަށް ފިލާ މައްސަލަ އަކީ އެ ގައުމުގައި ވަރަށް ގިނައިން ދިމާވާ މައްލައެކެވެ. އެ ގޮތަށް ފިލާ މީހުން އާންމު ގޮތެއްގައި ދިރިއުޅުން ބަދަލުކުރަނީ އެ މީހުން ދަންނަ މީހުން ނޫޅޭ ދުރު ހިސާބުތަކަށެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް