ހިޔާ ފްލެޓް އެއްބަސްވުުގައި ސޮއި ނުކުރާ ފަރާތްތަކަށް އިތުރު ފުރުސަތެއް
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓް ތައް ލިބުނު ފަރާތްތަކުގެ ތެރެއިން އެގްރިމަންޓްގައި ސޮއި ނުކުރާ ފަރާތްތަކަށް އިތުރު ފުރުސަތެއް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން ( އެޗްޑީސީން) ހުޅުވާލައިފިއެވެ. އެޗްޑީސީން ބުނީ އެކި ސަބަބު ތަކާހުރެ ހިޔާ ފްލެޓް އެއްބަސްވުމުގައި ބައެއް ފަރާތްތަކުން މިހާތަނަށް އައިއިރުވެސް ސޮއި ނުކުރާ ކަމަށެވެ. އަދި އެފަދަ ފަރާތްތަކަށް މިމަހު 28 އަދި 29 ގައި އިތުރު ފުރުސަތު ދޭނެ ކަމަށް ވެސް އެޗްޑީސީން ބުނެއެވެ. […]
މެލޭޝިޔާގެ އެތައް ހާސް ރައްޔިތުން ބަނގުރޫޓުވުމާ ދިމާއަށް
މެލޭޝިޔާގެ ސަރުކާރުން މިހާރު ކުރިޔަށް ގެންދާ މާއްދީ އެހީތެރިކަމުގެ ޕްރޮގްރާމްތައް ހުއްޓާލައިފި ނަމަ އެ ގައުމުގައި ދިރިއުޅެމުންދާ އެތައް ބަޔަކު ބަނގުރޫޓުވުމަކީ އެކަށީގެންވާ ކަމެއްކަމަށް މެލޭޝިޔަން އެސޯސިއޭޝަން އޮފް ބޮރޮވާސް އެންޑް ކޮންސިއުމާސް ސޮލިއުޝަންއިން ހަދާފައިވާ ސާރވޭއަކު ވަނީ ހާމަވެފައެވެ. ސަރުކާރުން ފޯރުކޮށްދެމުންދާ އެހީތެރިކަން އަންނަ މަހުން ފެށިގެން ހުއްޓާލަން ނިންމާފައި ވާއިރު މި ނިންމުމުގެ ސަބަބުން އެންމެ ބޮޑަށް ނޭދެވޭ އަސަރެއް ކުރާނެ ކަމަށް ލަފާކުރެވެނީ ގައުމުގައި ދިރިއުޅެމުންދާ އުމުރުން 30 އާއި 45 އަހަރާ […]
ޔާމިންގެ މަށްޗަށް އިތުރު ދައުވާއެއް ކޮށްފި
ކުރީގެ ރައީސް އަބްދުއްލާ ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ އިތުރު ދައުވާއެއް އުފުލައިފި އެވެ. ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ އުފުލާފައިވަނީ ޓުއަރިސްޓް ރިޒޯޓް ތަރައްގީ ކުރުމަށްޓަކައި ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެންނެވެ. ރައީސް ޔާމީނަށް ކުރާ ދައުވާތައް: މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ 53 ވަނަ މާއްދާގެ (ހ) އާއި އެ ގާނޫނުގެ ފަސްވަނަ މާއްދާގެ (ހ)ގެ (2) ވަނަ ނަންބަރާއި، […]
ވެރިކަމުގެ ތެރެއިން ގައުމުގެ މައި ތިޖޫރީ ހުސްކުރަމުން ދާއިރު މިނިވަން މުއައްސިސާތައް ލޯމަރާލައިގެން
ވެރިކަންކުރާ މައި ކޯލިޝަނުގެ ތެރެއިން ހިންގާ ވައްކަމާއި ކޮރަޕްޝަނާއި އިސްރާފާއި ފަސާދައިގެ ޢަމަލުތައް ގިނަވެ އަރައިނުގަނެވޭ ވަރުގެ ފުން ވަޅުގަނޑަކަށް ގައުމުގެ އިގުތިސާދު ވެއްޓި އިނދަ ޖެހިއްޖެއެވެ. ގައުމުގެ ޙާލަތު މިދަރަޖައަށް ގޯސްވެފައި ވާއިރު ކަމާބެހޭ މިނިވަން މުއައްސަސާތައްވެސް އޮތީ ގޮހޮރު ފުރެންދެން ކައިގެން ބަނޑު ދަމާލާފައެވެ. ގައުމަށް ވަންނަ އެއްޗެއް ނުވަންނަ އެއްޗެއް ނޭނގޭ ގަމާރު ބަޔަކާ ގައުމުގެ މައިތިޖޫރި ޙަވާލު ކުރެވުނު މޮޔަ ހިތަށް އަރައި ރައްޔިތުން މާޔޫސް ވެއްޖެއެވެ. ލިބޭ މިންވަރަށް ވިސްނާލުމެއް […]
އޭލެވެލް އިމްތިޙާންތަށް އޮކްޓޯބަރ/ނޮވެމްބަރ އަށް ފަސްކޮށްފި!
މަތީ ސާނަވީ ނިންމުމަށް ފަހު ހަދައި އޭލެވެލް އިމްތިހާނު ދެން ރާއްޖޭގައި ހަދާނީ އޮކްޓޯބަރު ނޮވެމްބަރުގައިކަމަށް އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅައިފިއެވެ. މިނިސްޓްރީއިން މިއަދު ސުކޫލްތަކަށް ފޮނުވި ސާރކިޔުލަރގައި ވާގޮތުން އޮގަސްޓުގައި ދިރާސީ އަހަރު ފެއްޓުމަށްފަހު މެއި/ޖޫންގެ އިމްތިޙާންތަކަށް ދަރިވަރުން ތައްޔާރުކުރުމަށް ދަތިތަކެއް ހުރި ކަމަށް ސުކޫލްތަކުން ވަނީ ފާހަގަ ކޮށްފައެވެ. “ސްކޫލްތަކުން ފާހަގަކުރާ ގޮތުގައި، މޭ ޖޫންގައި އިމްތިހާނު ހަދާނަމަ، ގައިޑެޑް ލާނިންގެ ގޮތުގައި ދަރިވަރުންނަށް ބޭނުންވާ 180 ގަޑިއިރު ހަމަކުރުމަށް ދަތިވާނެ،“ ސާކިއުލާގައި ބުންޏެވެ. އެއާއެކު […]
ކެޓުރީނާ ވަގުތީ ގޮތުން ފިލްމީ މަސައްކަތާ ދުރަށް ޖެހިއްޖެ
ހިންދީ ފިލްމީ ދުނިޔޭގެ މަޝްހޫރު ތަރި ކެޓްރީނާ ކައިފް ފިލްމީ ދުނިޔޭގެ މަސައްކަތާ ވަގުތީ ގޮތުން ދުރަށް ޖެހިލައިފިއެވެ. ޚަބަރު ލިބިފައިވާ ގޮތުގައި ކެޓުރީނާ ވަގުތީ ގޮތުން މަސައްކަތާ ދުރަށް ޖެހިލީ އަލަތު ކައިވެންޏަށް ތައްޔާރުވާން ކުރަމުންދާ މަސައްކަތަށް ވަގުތު ހޯދުމުގެ ގޮތުންނެވެ. މިދުވަސްކޮޅު އޭނާ ދަނީ ވާންއުޅޭ ފިރިމީހާ ވިކީ ކޯޝަލްގެ އާއިލާގެ މީހުންނާއެކު ކައިވެނީގެ ތައްޔާރީތަކުގައި ބުރަކޮށް މަސައްކަތް ކުރަމުންނެވެ. ކެޓްރީނާގެ ގާތް އެކުވެރިން ހާމަކުރާ ގޮތުގައި ކައިވެނީގެ ކަންތައްތަކަކީ ހަނދާނާއި ތާރީޚަށް ދެމިގެންދާ […]
އައިޑީކާޑު ދޫކުރުމަށް ހިދުމަތް ދޭ ވަގުތު އިތުރުކޮށްފި
ހަވާލުނުކުރެވިހުރި އައިޑީކާޑުތައް ދޫކުރުމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު)އިން ހިދުމަތްދޭ ވަގުތު އިތުރުކޮށްފިއެވެ. ޑީއެންއާރުން ނެރުނު ބަޔާނެއްގައިވަނީ، އޮންލައިންކޮށް ހުށަހަޅައިގެން ހަދާނިމިފައިވާ ގިނަ ޢަދަދެއްގެ އައިޑީކާޑުތަކެއް ހަވާލުނުކުރެވި އެބަހުރި ކަމަށާ އެ ކާޑުތައް ހަވާލުކުރުމަށް އެ މުއައްސަސާގެ ހިދުމަތް ދޭ ވަގުތު އިތުރުކޮށްފައިވާ ކަމަށެވެ. އެގޮތުން މިއަދުން ފެށިގެން މިމަހުގެ 30ވަނަ ދުވަހުގެ ނިޔަލަށް ރަސްމީދުވަސްދުވަހުގެ އިރުއޮއްސި 06:00 ވަންދެން އައިޑީކާޑު ދޫކުރުމުގެ ހިދުމަތް ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ. އަދި އެ ދުވަސްތަކުގެ އިތުރުން، […]
ރާއްޖެއަށް އެތެރެކުރަން އުޅުނު 18 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި
ވައިގެ މަގުން ރާއްޖެ އަށް އެތެރެކުރަން އުޅުނު 18 ކިލޯގެ މަސްުތުވާތަކެތި އަތުލައިގެންފިއެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނީ ރާއްޖެއަށް އެތެރކުރަން އުޅުނު 18 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތީ މިމަހުގެ ދެވަނަ ދުވަހު އުމުރުން 28 އަހަރުގެ ބްރެޒިލްގެ ފިރިހެނެއްގެ އަތުން ކަމަށެވެ. ކަސްޓަމްސް ބުނީ އެ އިދާރާގެ އޮފިސަރުންނަށް އޭނާއާ މެދު ޝައްކުކުރެވިގެން އޭނާގެ ލަގެޖު ބަލައި ފާސްކުރުމުން މަސްތުވާތަކެތި ފެނުނީ ލަގެޖު ތެރެއިން ކަމަށެވެ. އެތަކެތި ޓެސްޓް ކުރުމުން ކޮކެއިން […]
އަޅުވެތިކަމުގެ ތެރެއިން ކާންލިބޭ ކަލިޔާ ބިރިންޖީ އަށްވުރެ މިނިވަން ކަމުގައި ލިބޭ ރޮށިފަޅި މާ މީރު
އިންޑިޔާ ކަނޑުގައި އޮންނަ މި ހިތްފަސޭހަ ރީތި ޖަޒީރާ ރާއްޖެ އަކީ ދުނިޔޭގެ އެންމެހައި ބާރު ގަދަ ގައުމު ތަކުގެ ކަޅި އަމާޒު ކުރެވިފައިވާ ގައުމެކެވެ. ރާއްޖެ މިނިވަން ކަންމަތީގައި މިހާތަނަށް މިއޮތީ އަޅުގަނޑުމެންގެ ކާބަފައިން ޖާނާއި ފުރާނައިން ގައުމަށްޓަކާ ވި ގުރުބާނީގެ ރަމްޒެއްގެ ގޮތުގައެވެ. މިގައުމު މިނިވަންކަން މަތީގައި ދެމިއޮތުމަކީ މިގައުމަށް އުފަންވި ކޮންމެ ފަރުދެއްގެ ދުޢާއެވެ. ޒަމާން ބަދަލުވެ ދުނިޔޭގެ ބާރުގަދަ މުއްސަނދި ގައުމުތަކުން ފަގީރު ގައުމުތައް އަޅުވެތި ކުރަމުން އަންނަނީ މިސައިލާ ބޮމާ […]
ހަމަ ކޮންމެ މީހަކަށް އޮޑީގެ ކައްޕިކަމެއް ނުކުރެވޭނެ: ނަޒާކީ ޒަކީ
ހަމަ ކޮންމެ މީހަކަށް އޮޑީގެ ކައްޕިކަމެއް ނުކުރެވޭނެ ކަމަށާއި މި ހަގީގަތް ރައްޔިތުން ގަބޫލުކޮށްގެން ނޫނީ ދައުލަތް ރޭޕްކުރުން ނުހުއްޓުވޭނެކަމުގައި ގައުމު ޑިމޮކްރަސީ އަށް ކުރި ދަތުރުގެ ބޮޑު ޙިއްސާދާރެއް ކަމުގައިވާ މަޝްހޫރު ވިޔަފާރިވެރިޔާ ނަޒާކީ ޒަކީ ވިދާޅުވެއްޖެއެވެ. ކުރީގެ ރައީސް މުޙައްމަދު ނަޝީދު އާއި ޑރ. މުޙައްމަދު ވަހީދު ރައީސްކަމުގައި ދިވެހިރާއްޖެއިން މެލޭޝިޔާގެ ސަފީރުކަން ކުރެއްވި އަދި ފަހުން އެމްޕީއެލް ގެ ޗެއަރމަން ނަޒާކީ ޒަކީ (މުޙައްމަދު ޒަކީ) ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ބުއްޅަބެއަށް […]