ހިޔާ ފްލެޓް އެއްބަސްވުުގައި ސޮއި ނުކުރާ ފަރާތްތަކަށް އިތުރު ފުރުސަތެއް

Loading

Facebook
Twitter
WhatsApp

 

 

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓް ތައް ލިބުނު ފަރާތްތަކުގެ ތެރެއިން އެގްރިމަންޓްގައި ސޮއި ނުކުރާ ފަރާތްތަކަށް އިތުރު ފުރުސަތެއް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން ( އެޗްޑީސީން) ހުޅުވާލައިފިއެވެ.

 

އެޗްޑީސީން ބުނީ އެކި ސަބަބު ތަކާހުރެ ހިޔާ ފްލެޓް އެއްބަސްވުމުގައި ބައެއް ފަރާތްތަކުން މިހާތަނަށް އައިއިރުވެސް  ސޮއި ނުކުރާ ކަމަށެވެ.

އަދި އެފަދަ ފަރާތްތަކަށް މިމަހު 28 އަދި 29 ގައި އިތުރު ފުރުސަތު ދޭނެ ކަމަށް ވެސް އެޗްޑީސީން ބުނެއެވެ.

އެ ކޯޕަރޭޝަނުން ބުނީ  ފްލެޓް ލިބުނު ފަރާތްތަކުގެ ސޮއިކުރުމުގެ އިންތިޒާމް ހަމަޖައްސައި ސޮއި ކުރަން ގަޑިތައް ތާވަލުކޮށްފައިވާ ކަމަށާއި އެ ލިސްޓު އެޗްޑީސީގެ ވެބްސައިޓުން ފެންނާނެ ކަމަށެވެ.

އެޗްޑިސީން ބުނީ ފްލެޓަށް ޒިންމާވާ ފަރާތުގެ ފޯމު އެޗްޑީސީއަށް ހުށަހަޅާފައިނުވާ ފަރާތްތަކުން އެފަރާތްތަކުގެ އެއްބަސްވުމުގައި ސޮއި ކުރުމަށް ކަނޑައަޅާފައިވާ ގަޑިއަށް ހާޒިރުވާއިރު އެ ފޯމު ހުށަހަޅަން ޖެހޭނެ ކަމަށެވެ.

ހިޔާ އެއްބަސްވުންތަކުގައި ސޮއި ކުރުން އެޗްޑީސީން މީގެ ކުރިން ގެންދިޔައީ ޖުލައި 14 އިން މިމަހުގެ 24 ވަނަ ދުވަހާއި ހަމައަށެވެ.

އެއްބަސްވުމުގައި ސޮއިކޮށް ހިޔާފްލެޓްތައް ލިބުނު ގިނަ އަދަދެއްގެ ބަޔަކު މިހާރުވަނީ ދިރިއުޅުން އެ ފްލެޓްތަކަށް ބަދަލުވެސް ކޮށްފައެވެ.

Loading

One Response

  1. ހައިސިންގެ މިނިސްޓަރު ބުނީ އެސޮރަށް ފުރިހަަމަ ބާރެއް ލިބިފައި އޮތްނަމަ އެ ހުރިހާ ތަނެއް ތަޅާލާނަމޯ އެވެ. 2008 ން ފެށިގެން ދެފަހަރު މިނިސްޓަރުކަން ލިބި ދިވެހިންނަށް ފްލެޓްގަނޑެއް ނޭޅުނު އެމީހާ އެބުނަނީ އެހެންމީހަކު އެވަރު ކޮށްލަ ދިނީމާ އެވެސް ފުޑުފުޑުކޮށްލާނިއްޔޯ. މިއީ ކޮންކަހަލަ އެޖެންޑާ19 އެއްގެ ދަށުން އޮޕަރޭޓްކުރާ ގުންޑާ އުސޫލު ބައެއްތޯއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް