ރާއްޖެއަށް އެތެރެކުރަން އުޅުނު 18 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

Loading

Facebook
Twitter
WhatsApp

 

 

ވައިގެ މަގުން ރާއްޖެ އަށް އެތެރެކުރަން އުޅުނު 18 ކިލޯގެ މަސްުތުވާތަކެތި އަތުލައިގެންފިއެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނީ ރާއްޖެއަށް އެތެރކުރަން އުޅުނު 18 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތީ މިމަހުގެ ދެވަނަ ދުވަހު އުމުރުން 28 އަހަރުގެ ބްރެޒިލްގެ ފިރިހެނެއްގެ އަތުން ކަމަށެވެ.

ކަސްޓަމްސް ބުނީ އެ އިދާރާގެ އޮފިސަރުންނަށް އޭނާއާ މެދު ޝައްކުކުރެވިގެން އޭނާގެ ލަގެޖު ބަލައި ފާސްކުރުމުން މަސްތުވާތަކެތި ފެނުނީ ލަގެޖު ތެރެއިން ކަމަށެވެ.

އެތަކެތި ޓެސްޓް ކުރުމުން ކޮކެއިން އަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި ފެނުނު މަސްތުވާތަކެތީގެ ޖުމުލަ ބަރުދަނުގައި 18.857 ކިލޯ ގުރާމް ހުރި ކަމަށްވެސް ކަސްޓަމްސް އިން ބުނެއެވެ.

މި މަސްތުވާތަކެތީގެ މަގުމަތީ އަގު 94 މިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ކަސްޓަމްސް އިން ލަފާކުރެ އެވެ.

ކ މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނީ މަސްތުވާތަކެތި ރާއްޖެ އެތެރެކުރި މީހާއާއި އެމީހާގެ އަތުން ފެނުނު ތަކެތި ފުލުހުންނާ ހވާލުކޮށްފައިވާކަމަށެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް