މެލޭޝިޔާގެ އެތައް ހާސް ރައްޔިތުން ބަނގުރޫޓުވުމާ ދިމާއަށް

Loading

Facebook
Twitter
WhatsApp

މެލޭޝިޔާގެ ސަރުކާރުން މިހާރު ކުރިޔަށް ގެންދާ މާއްދީ އެހީތެރިކަމުގެ ޕްރޮގްރާމްތައް ހުއްޓާލައިފި ނަމަ އެ ގައުމުގައި ދިރިއުޅެމުންދާ އެތައް ބަޔަކު ބަނގުރޫޓުވުމަކީ އެކަށީގެންވާ ކަމެއްކަމަށް މެލޭޝިޔަން އެސޯސިއޭޝަން އޮފް ބޮރޮވާސް އެންޑް ކޮންސިއުމާސް ސޮލިއުޝަންއިން ހަދާފައިވާ ސާރވޭއަކު ވަނީ ހާމަވެފައެވެ.

ސަރުކާރުން ފޯރުކޮށްދެމުންދާ އެހީތެރިކަން އަންނަ މަހުން ފެށިގެން ހުއްޓާލަން ނިންމާފައި ވާއިރު މި ނިންމުމުގެ ސަބަބުން އެންމެ ބޮޑަށް ނޭދެވޭ އަސަރެއް ކުރާނެ ކަމަށް ލަފާކުރެވެނީ ގައުމުގައި ދިރިއުޅެމުންދާ އުމުރުން 30 އާއި 45 އަހަރާ ދެމެދުގެ މީހުންނަށެވެ.

މެލޭޝިޔަން އެސޯސިއޭޝަން އޮފް ބޮރޮވާސް އެންޑް ކޮންސިއުމާސް ސޮލިއުޝަންގެ ރައީސް، ރޮސްލޭންޑް މުޙައްމަދު ޢާޠިފް ވިދާޅުވި ގޮތުގައި ސަރުކާރުގެ އެހީތެރިކަން ނުލިބިއްޖެ ނަމަ ރައްޔިތުން މާއްދީ އެހީތެރިކަމަށް އެދޭނެ ފަރާތެއް ނުލިބޭނެއެވެ. ނަތީޖާއެއްގެ ގޮތުން ގަވައިދާ ޚިލާފަށް ލޯނު ދޫކުރުމާއި ރިބާ ކެއުމުގެ މައްސަލަތައް އިންތިހާއަށް އިތުރުވެގެންދާނެއެވެ.

ރޮސްލޭންޑް ވިދާޅުވި ގޮތުގައި މިހާރުވެސް ދުވާލެއްގެ މައްޗަށް އޭނާއަށް މިފަދަ މައްސަލަތަކާ ގުޅޭ 30 ފޯނުކޯލު އާދެއެވެ. އަދި މަހެއްގެ މައްޗަށް 900 އަށް ވުރެ ގިނަ މައްސަލަ އޭނާއާއި ހަމައަށް އާދެއެވެ. ރޮސްލޭންޑް ވަނީ މިފަދަ ކަންކަން ހައްލު ކުރުމަށް ޕްލޭނެއް ހެދުމަށާއި މާއްދީ އެހީތެރިކަމުގެ ޕްރޮގްރާމް ކުއްލިއަކަށް ހުއްޓާލުމުން ގައުމަށް އަންނާނެ ހަލަބޮލިކަން ކުޑަކުރުމަށްޓަކައި ސަރުކާރުން މަސައްކަތް ކުރުމަށް ގޮވާލައްވާފައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް