އައިޑީކާޑު ދޫކުރުމަށް ހިދުމަތް ދޭ ވަގުތު އިތުރުކޮށްފި

Loading

Facebook
Twitter
WhatsApp

 

ހަވާލުނުކުރެވިހުރި އައިޑީކާޑުތައް ދޫކުރުމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު)އިން ހިދުމަތްދޭ ވަގުތު އިތުރުކޮށްފިއެވެ.

ޑީއެންއާރުން ނެރުނު ބަޔާނެއްގައިވަނީ، އޮންލައިންކޮށް ހުށަހަޅައިގެން ހަދާނިމިފައިވާ ގިނަ ޢަދަދެއްގެ އައިޑީކާޑުތަކެއް ހަވާލުނުކުރެވި އެބަހުރި ކަމަށާ އެ ކާޑުތައް ހަވާލުކުރުމަށް އެ މުއައްސަސާގެ ހިދުމަތް ދޭ ވަގުތު އިތުރުކޮށްފައިވާ ކަމަށެވެ.

އެގޮތުން މިއަދުން ފެށިގެން މިމަހުގެ 30ވަނަ ދުވަހުގެ ނިޔަލަށް ރަސްމީދުވަސްދުވަހުގެ އިރުއޮއްސި 06:00 ވަންދެން އައިޑީކާޑު ދޫކުރުމުގެ ހިދުމަތް ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ.

އަދި އެ ދުވަސްތަކުގެ އިތުރުން، 27 ނޮވެމްބަރ 2021 ވާ ހޮނިހިރު ދުވަހު ހެނދުނު 10:00 އިން ހަވީރު 4:30 އަށް ކާޑު ދޫކުރުމަށް ނިންމާފައިވާ ކަމަށްވެސް ޑީއެންއާރުން ބުނެއެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން އައިޑީ ކާޑުތައް ހެދުމަށް ދަތިތަކެއް ކުރިމަތިވުމުން ސަރުކާރުން ވަނީ ރައްޔިތުންނަށް ގިނަ ލުއިތަކެއް ދީފައެވެ. އެގޮތުން އެކިއެކި ހިދުމަތް ލިބުމުގައި މުއްދަތު ހަމަވެފައިވާ އައިޑީކާތުތައް ބޭނުން ކުރުން ހުއްދަ ކުރުމާއި އޮންލައިންކޮށް އައިޑީކާޑަށް އެދުން ފަދަ ކަންކަމުގައި ލުއިތަކެއް ވަނީ ދީފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް