ކެޓުރީނާ ވަގުތީ ގޮތުން ފިލްމީ މަސައްކަތާ ދުރަށް ޖެހިއްޖެ

Loading

Facebook
Twitter
WhatsApp

ހިންދީ ފިލްމީ ދުނިޔޭގެ މަޝްހޫރު ތަރި ކެޓްރީނާ ކައިފް ފިލްމީ ދުނިޔޭގެ މަސައްކަތާ ވަގުތީ ގޮތުން ދުރަށް ޖެހިލައިފިއެވެ.

ޚަބަރު ލިބިފައިވާ ގޮތުގައި ކެޓުރީނާ ވަގުތީ ގޮތުން މަސައްކަތާ ދުރަށް ޖެހިލީ އަލަތު ކައިވެންޏަށް ތައްޔާރުވާން ކުރަމުންދާ މަސައްކަތަށް ވަގުތު ހޯދުމުގެ ގޮތުންނެވެ. މިދުވަސްކޮޅު އޭނާ ދަނީ ވާންއުޅޭ ފިރިމީހާ ވިކީ ކޯޝަލްގެ އާއިލާގެ މީހުންނާއެކު ކައިވެނީގެ ތައްޔާރީތަކުގައި ބުރަކޮށް މަސައްކަތް ކުރަމުންނެވެ.

ކެޓްރީނާގެ ގާތް އެކުވެރިން ހާމަކުރާ ގޮތުގައި ކައިވެނީގެ ކަންތައްތަކަކީ ހަނދާނާއި ތާރީޚަށް ދެމިގެންދާ ކަންތައްތަކެއް ކަމަށް ހެދުމަށް ކެޓްރީނާ ވަނީ އޭނާގެ ހުރިހާ ވަގުތެއް އެކަމަށް ވަރަށް ބޮޑަށް ހުސްކޮށްފައެވެ. ވިކީގެ މަސައްކަތް ހުރިގޮތުން ކައިވެނީގެ ތައްޔާރީތަކުގައި އޭނާއަށް އެކަށީގެންވާގޮތަކަށް ބައިވެރިއެއް ނުވެވެއެވެ.

ޚަބަރު ލިބިފައިވާ ގޮތުގައި ވިކީ އާއި ކައިވެނި ކުރުމަށް ހަމަޖެހިފައި ވަނީ ޑިސެމްބަރު މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައި އިންޑިއާގެ ތާރީޚީ ސަހަރެއް ކަމުގައިވާ ރާޖިސްތާނުގައެވެ.

 

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް